22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މަގޭ ރިޕޯޓް

ކަރަށް ރާއަޅަން އުޅުމުންވެސް ދިވެހިން އިސްލާމް ދީނުގައި. ޔާމީނެއް ޝަހީމެއް ނެތް

 • ޕޯޗްގީޒުން ރާއްޖޭގައި 17 އަހަރު ވެރިކަން ކުރި. ރާއްޖޭގައި އޮތީ އިސްލާމްދީން
 • އެހެން ދީން ތަކުގެ މީހުންނަކަށް މިތަނަކަށް ގަދަވެއެއް ނުގަނެވުނު
 • ޤާނޫން އަސާސީގައި ބުނަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް
އަހުމަދު މުހުސިނު | dhonbandaara

| 19 އޯގަސްޓު 2018 | އާދީއްތަ 18:00 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
 5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
 8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ރައީސް ޔާމީނާއި ރަނިންގ މޭޓް ޑރ ޝަހީމް -- ޓްވިޓަރ

ދިވެހިރާއްޖެއިން މާތްވެގެންވާ އިސްލާމްދީން ފުހެވެނީއެވެ. ދިވެހިން ޣައިރު ދީނަށް އެނބުރެނީއެވެ. އެހެން ދީންތައް އައިސް މުޅި ޤައުމު ހަލާކުވަނީއެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ. ބިރުން ރޫރޫ އަޅާވަރުވެއެވެ. ކޮންމެރެއަކު ވެސް ބުރަކަށި އެނދުގައި ޖައްސާލެވެނީ ދެން ހަދާނެ ގޮތެއް ނޭނގިއެވެ. ނިދެނީ ވެސް އެޚިޔާލެއްގައި އޮއްވައެވެ. ދެންވާނެ ގޮތެއް ނޭނގޭތީއެވެ. ﷲ ގެ ގަދަފަދަ ކޯފާއަށް ބިރުންނެވެ. ހޭލެވި ބިމުގައި ފައިއަޅާލެވޭއިރު ވެސް އެޚިޔާލުގެ މައްޗަށެވެ.

މީހަކު ބިރު ނުގަތިއްޔާ ދެރައެވެ. އެވާހަކަ ދައްކަވަނީ މިވަގުތު ރާއްޖޭގެ ވަލިއްޔުލް އަމުރެވެ. ރައީސުލް ޖުމްހޫރިއްޔާއެވެ. ކުރިއަށް އޮތް 5 އަހަރު ވެސް ވެރިކަމުގައި ހުންނެވުމަށް މަސައްކްތް ކުރައްވާ ބޭފުޅާއެވެ. އަރިހުގައި ހުންނަވައިގެން އެވާހަކަ އަޑުހަރުކޮށް ދައްކަވަނީ ބޮޑު ޝައިޚެކެވެ. ދީން ވިދާޅުވެގެން ހުންނެވި އިލްމުވެރިއެކެވެ. މީހަކު ބިރުން ފިތް ނުކެނޑުނިއްޔާ ރަނގަޅެވެ.

އެވެރިން ބުނާތީ އިވެޔެވެ. ރާއްޖޭގައި އިސްލާމީދީނެއް ނޯންނާނެއެވެ. އެހެން ދީންތައް ރާއްޖެއަށް އަންނާނެއެވެ. ރާއްޖޭގައި އޮތް އިސްލާމްދީން ގާދޫކޮލުން ނުކުމެގެން ދާނެއެވެ. ކީއްވެގެންކަން ވެސް ވިދާޅުވެއެވެ. ވަރަށް ސާދާ ސާފު ސަބަބެކެވެ. ރައީސް ޔާމީން ނޫން މީހަކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް އަތުވެއްޖިއްޔާއެވެ. ޚާއްޞަކޮށް އިދިކޮޅު ކެންޑިޑޭޓަކު ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވައިފިނަމަ އެދެން ހަތަރެސްކަން ހަމަވީއެވެ. މިޤައުމުން އިސްލާމްދީން ފުހެވި ރާއްޖެ ޣައިރުދީނަށް ބަދަލުވީއެވެ.

އެކަމަކު މަށަކީވާ އަނގަ ގަދަ މީހެކެވެ. އަދި އެއްޗެއް ބުނާއިރަށް ދޫކޮށްލަން ވަރިހަމަ މީހެއް ނޫނެވެ. ކޮންމެވެސް ވަރަކަށް މިކަމާ ވިސްނާލަން މަޖްބޫރުވީ އެހެން ވެގެންނެވެ.

ދިވެހިން އިސްލާމް ދީނަށް އެނބުރުނުތާ 800 އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. އެދީން ދޫކޮށްލި އަޑެއް ނާހަމެވެ. ޣައިރު މުސްލިމުން އެތައް ފަހަރަކު ރާއްޖެއަށް އަރައިފިއެވެ. ޚާއްޞަކޮށް ޕޯޗުގީޒުން ރާއްޖޭގައި 17 އަހަރު ވަންދެން ވެރިކަން ކުރީއެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފަދަ އެންމެ 5 އަހަރުގެ ދައުރެއް ނޫނެވެ. ގަދަބާރުން އޭގެ 3 ދައުރަށް ވުރެ ގިނަ ދުވަހެވެ. 17 އަހަރެވެ. ކަރަށް ރާވެސް އަޅަން އުޅުނީއެވެ. ބަނޑު ބިންމަތީގައި ޖައްސާ މަޖްބޫރު ވެސް ކުރީއެވެ. އަނބިދަރިންގެ ކުރިމަތީގައި އަތްފައި ބަނދެ އެލުވަން ވެސް އެލުވީއެވެ. އެކަމަކު ދޫކޮށްލީމާ ހަށިފޮޅާލާފައި ތެދުވެ ބުނީ މަމީ ފަޚުރުވެރި އިސްލާމެކޭއެވެ. މަށަކުވާ ދީން ދުލެއް ނުކުރާނަމެވެ. ގައިމު އެދުވަހު ޔާމީނެއް ޝަހީމެއް ނެތެވެ.

ބޭރުގެ މިޝަންތަކުން ލައްކަ ގަނޑުވެސް ގަންފިއެވެ. ފައިސާ ދީގެން ވާނެނަމަ ބަދަލު ކޮށްލެވޭހާ ކުޑަކުޑަ ޤައުމެކެވެ. ވަސީލަތްތައް މަދު ތަނެކެވެ. ވީކަމެއް ހަރާމުން ހަރާމެވެ. އަމުދުން އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ ރައީސް ޔާމީނެވެ. ރާއްޖޭގައި މިފަހުގެ ތާރީޚްގައި ބެހެއްޓި ބުދުތައް ބެހެއްޓީ މަނިކުފާނުގެ ބާރުވެރިކަން އޮތް ދުވަސްވަރެއްގައެވެ. ރައްޔިތުންނަށް އެނގުނީމާ ލަނޑާ ގިރާވަރުން އެތަކެތި ނަގަން މަޖްބޫރުވީވެސް ރައީސް ޔާމީންގެ ބަސް ވިކޭ ދުވަސްވަރެއްގައެވެ. އޭގެ ގާތުގައި އެރިސޯޓުގައި އުޅުނު ކުދިންވެސް ދީން ދޫކޮށްލި އަޑެއް ނާހަމެވެ.

ދާދި މިދާކަށް ދުވަހު ސިއްރު ފެންފުށީގައި ބެހެއްޓި ބޮޑު ބުދުކޯލަކީ ސީދާ މަނިކުފާނުގެ ސަރުކާރުގައި ފެނުނު ކަމެކެވެ. އަދިވެސް އެބުދުތައް ނެގިކަމެއް ނޭނގުނަސް އެކަމަކާ ހުރެ ޣައިރު ދީނަށް އެނބުރުނު މީހެއްގެ ވާހަކައެއް ނާހަމެވެ.

އަމުދުން އެންމެބޮޑަށް ހިނިއަންނަނީ ރައީސް ޔާމީން އެމަޖިލީހެއްގައި އިންނަވައިގެން ޚާއްޞަ މަޖިލީހުން ހެއްދެވި ޤާނޫނު އަސާސީގައި އޮތް އެއްޗެއް ޚުދު މަނިކުފާނު ޤަބޫލު ނުކުރައްވާތީއެވެ. ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އެމާއްދާގެ (ށ) ގައި ބުނަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފް އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށެވެ.

މިއީ ރައީސް ޔާމީންވެސް ވޯޓު ދެއްވައިގެން ފާސްކުރެއްވި ޤާނޫން އަސާސީގައި ކަޅާ ހުދުން ލިޔެފައިވާ ގޮތެވެ. ޤާނޫނީ ވަކީލު ކަމުގެ ފާސް އޮތް ޝައިޚް ޝަހީމަށް ވެސް ސާފުވާނޭ ގޮތަށް ލިޔެފައި އޮތް މާއްދާއެވެ.

ދެން ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ. ރައީސް ޔާމީނަކަސް އަދި އިދިކޮޅުން އިބްރާހީމް މުހައްމަދު ސޯލިހަކަސް ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރައްވާނީ މިޤާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރެއްވުމަށެވެ. މާތް ﷲ ގަންދީ އެކަމަށް އަހުދު ކަށަވަރު ވެގެންނެވެ. ދެން ތިޔަ ވާހަކަ ދައްކަވާތީ ސުވާލު އުފެދެނީ އަޅުގަނޑަކަށް އަދި ދިވެހި ރައްޔިތުންނަކަށް ނޫނެވެ. ޚުދު މަނިކުފާނާމެދުއެވެ. މަނިކުފާނުގެ ރަނިންގ މޭޓާމެދުއެވެ. އަނެއްކާ ވެރިކަން ކުރައްވަން ތިޔަ އުޅުއްވަނީ އެޤާނޫން އަސާސީއާ ޚިލާފަށްތޯއެވެ. ނޫންނަމަ މަނިކުފާނު ނޫން އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގެންފިނަމަ އެޤާނޫން އަސާސީއާ އެއްގޮތަށް ވެރިކަން ކުރައްވަފާނެތީ ކަންބޮޑުވެވަޑައި ގަންނަވަނީތޯއެވެ.

ކޮންމެއަކަސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގ މޭޓް ތިޔަ ދައްކަވާ ވާހަކަ ރައްދުވަނީ ތިޔަފަރާތް ތަކަށެވެ. މިއީ މުސްލިމް ޤައުމެކެވެ. ސައްތައިން ސައްތަ އިސްލާމް ޤައުމެކެވެ. މިނޫން ގޮތަކަށް ކަންކުރައްވަން ނޫޅުއްވާށެވެ. ރައީސް ޔާމީނެއް ކަމަކު އަދި ކިތައްމެވަރަކަށް ދީން އުނގެނިގެން ހުންނެވި ޝަހީމަކަށްވިއަސް އެނޫން ގޮތަކަށް ކަންކުރައްވާކަށް ޖާގައެއް ދެވޭކަށް ނެތެވެ. އެއީ މިދިވެހި ބިމުގެ އެއްވެސް ހިސާބަކުން އެދޭނޭ ކަމެއް ނޫނެވެ. ވަރަށް ބޮޑަށް ސޮރީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިސީ

6 މަސް ކުރިން

ތިޔައީ ވަރައް ބޯޑު ތެދުފުޅެއް ތިތަުން އެކަކުވެސް އެއިރަކުނެއް އެކަމްވެސް ދިވެހިންތިބީ އިސްލާމްދީނުގައި

1
0