17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ނިކް - ޕްރިޔަންކާ

ޕްރިޔަންކާއަކީ ނިކް ރަށްޓެހިވި ހަމަ އެކަނި 'ޕަރްދޭސީ' ނުވަތަ ރީތީގެ ރާނީއެއް ނޫން!

  • ނިކްއާއި ޕްރިޔަންކާ އެންގޭޖްވެފައިވަނީ އާއިލާއާއި ރަށްޓެހިންނާ އެކު ހޮނިހިރު ދުވަހު ބޭއްވި އިންޑިއާގެ ސަގާފީ ހަފްލާއެއްގަ
  • ޕްރިޔަންކާއާއި ނިކް ރަށްޓެހިވެގެން އުޅޭ ވާހަކަ ފުރަތަމަ ފެށިފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހު
  • ވަރަށް އަވަހަށް ކައިވެނި ކުރާނެކަމަށް ބެލެވޭ
އައިޝަތު ޝާނީ | Shaaknee

| 19 އޯގަސްޓު 2018 | އާދީއްތަ 11:31 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ނިކް ޖޯނަސްއާއި ޕްރިޔަންކާ ޗޯޕްރާ -- ގޫގުލް

މުނިފޫހި ފިލުވުމުގެ ދުނިޔޭގައި މިއަދު އެންމެ ދެކެވޭ ވާހަކައަކީ އިންޑިއާގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާއާއި ހޮލީވުޑްގެ ތަރި ނިކް ޖޯނަސްގެ ކައިވެނީގެ ވާހަކައެވެ.

ދެ މީހުން ރަސްމީކޮށް އެންގޭޖްވެފައިވަނީ އާއިލާއާއި ރަށްޓެހިންނާ އެކު ހޮނިހިރު ދުވަހު ބޭއްވި އިންޑިއާގެ ސަގާފީ ހަފްލާއެއްގައެވެ.

ޕްރިޔަންކާއާއި ނިކް ރަށްޓެހިވެގެން އުޅޭ ވާހަކަ ފުރަތަމަ ފެށިފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގައެވެ. އެއީ އެކުގައި މެޓް ގާލާއަށް ދިއުމަށް ފަހެވެ. ނަމަވެސް ދެ މީހުން ވެސް ވަނީ 'އެއީ އެކަހަލަ ކަމެއް ނޫން'ކަން ދޭހަވާ ގޮތަކަށް ވާހަކަ ދައްކާފައެވެ. އަދި 2017 ވަނަ އަހަރުގެ މެޓް ގާލާއަށް އެކުގައި ދިޔަ ސަބަބަކީ ދެ މީހުންގެ ކޮސްޓިއުމް ޑިޒައިން ކުރީ އެކަކު ކަމަށްވުން ކަމަށް އެމީހުން ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް ދެ މީހުންގެ ގުޅުމުގެ ވާހަކަ އަނެއްކާ މި އަހަރުގެ ޖޫން ހިސާބުގައި ފެށުނެވެ. ދެން ޕްރިޔަންކާގެ އުފަންދުވަހު، ޖުލައި 18ގައި ކައިވެނި ކުރުމަށް ނިކް އަހާފައިވާ ވާހަކަ ފެތުރެން ފެށިއެވެ. މި މީހުންނާ ގުޅުން ހުރި އެއްވެސް ފަރާތެއް އޭރު މި ވާހަކަތައް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އޭގެ ބަރާބަރު އެއް މަސް ފަހުން ދެ މީހުން މިވަނީ އެކަންތައް ހާމަކޮށްފައެވެ.

2000 ވަނަ އަހަރުގެ މިސް ވާރލްޑްކަމުން ފެށި ޕްރިޔަންކާއަކީ މިހާރު ހޮލީވުޑްގައި ވެސް ފާހަގަކޮށްލެވޭ ފަންނާނެކެވެ. އަދި އޭނާއަކީ ރާއްޖޭގައި ވެސް ވަރަށް މަގުބޫލު ފަންނާނެކެވެ. ދިވެހިންގެ މެދުގައި އޭނާއަށް އޮންނަ ލޯތްބަކާއި ފަހުރެއްގެ ސަބަބުން އޭނާއަކީ ދިވެއްސެއް ހެން ހީވާ ފަހަރުވެސް އާދެއެވެ. އަދި ގިނަ ފަހަރު މަތިން އޭނާ ރާއްޖެ ދަތުރުކޮށްފައިވާ އިރު، 2015 ވަނަ އަހަރުގެ ޓުއަރިސްޓް ކައުންޓްޑައުން ފެސްޓިވަލްގައި އޭނާ ބައިވެރިވެފައިވެއެވެ.

އެހެންކަމުން، ޕްރިޔަންކާ ކައިވެނި ކުރާ ނިކްއަކީ ކާކުތޯ ބަލާލަން އެބަ ޖެހެއެވެ.

25 އަހަރުގެ ނިކް އެންމެ ފުރަތަމަ ދުނިޔެއަށް ފެނިފައިވަނީ 2000 ވަނަ އަހަރު އުމުރުން ހަތް އަހަރުގައެވެ. ދެން، 2005 ވަނަ އަހަރު އޭނާގެ ބޭބެމެން ކެވިންއާއި ޖޯއާ އެކު 'ޖޯނަސް ބްރަދަރސް' ބޭންޑްފެށިއެވެ. ބޭންޑްގެ ލަވަތަކާއި ޑިޒްނީއާއެކު ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކުގެ ސަބަބުން ހާއްސަކޮށް ޅަފުރައިގެ އަންހެން ކުދިންގެ ތެރޭގައި މަގްބޫލުވެ ނިކް 'ޓީން ހާޓްތްރޮބް' އަކަށް ވެގެން ދިޔައެވެ.

ކުދި ކާމިޔާބީތަކަށް ފަހު 2013 ވަނަ އަހަރު ބޭންޑް ވަކިވެ، ނިކް ސޯލޯ ކެރިއަރއެއް ފެށިއެވެ. އެއަށް ފަހު ޑްވޭން 'ދަ ރޮކް' ޖޯންސަން ފަދަ ތަރިންނާ އެކު ފިލްމްތަކުން ފެންނަން ފެށިއެވެ. ދަ ރޮކް ބުނެފައިވާ ގޮތުން ނިކްއާއި ޕްރިޔަންކާ ތައާރަފް ކޮށްދިނީ އޭނާއެވެ. އޭނާގެ ފިލްމް 'ބޭވޮޗް' ގައި ވިލަނެއްގެ ރޯލުން ޕްރިޔަންކާ ފެނިގެން ދެއެވެ.

ނިކް އަބަދުވެސް ފެނިފައިވަނީ ލޯތްބަށް ލޯބި ކުރާ ފަރާތެއްގެ ގޮތުގައެވެ. ބަލާ ބެލުމަށް އޭނާގެ މުޅި އާއިލާވެސް އެފަދައެވެ. ބޭބެ ކެވިން،30، ކައިވެނިކޮށްފައިވަނީ އުމުރުން 21 އަހަރުގައެވެ. އަނެއް ބޭބެ ޖޯވެސް އޭނާގެ ލޯބިވެރިޔާ، ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ ޓަރނަރ ގާތު ކައިވެނި ކުރަން އަހާފައިވަނީ ރަށްޓެހިވެގެން މަސްތަކެއް ފަހުންނެވެ.

ޕްރިޔަންކާގެ ކުރިން ނިކް ރަށްޓެހިވި ފަރާތްތަކުގެ ތެރޭގައި ޑިޒްނީން މަޝްހޫރުވެގެން ދިޔަ ސެލީނާ ގޮމޭޒްއާއި މައިލީ ސައިރަސް ހިމެނެއެވެ. އެއީ އެ މީހުން ވަރަށް ޅައިރެވެ.

(މަތި)- ނިކް ޖޯނަސް، ސެލީނާ ގޮމޭޒް. (ތިރި)- ނިކް ޖޯނަސް، މައިލީ ސައިރަސް

މީގެ އިތުރުން، އޭނާ ވަރަށް ސީރިއަސް ދެ ރިލޭޝަންޝިޕެއްގައި އުޅުނެވެ.

ފުރަތަމަ ފަރާތަކީ އޭނާއަށް ވުރެ އަށް އަހަރު ދޮށި، އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑެލްޓާ ގުޑްރެމްއެވެ. އެކުގައި އުޅުމަށްފަހު ދެ މީހުން ވަކިވެފައިވަނީ 2011ގައެވެ. އޭރު ނިކްގެ އުމުރުން 18އެވެ. އަދި ޑެލްޓާ ނިކްއާ އެކު އޮތް ގުޅުން އަލުން ފަށަން ބޭނުންވި ކަމަށާއި، ނިކްއާއި ޕްރިޔަންކާގެ ގުޅުމުގެ ސަބަބުން އޭނާގެ ހިތް ހަލާކު ވެފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ނިކް ޖޯނަސްއާއި ޑެލްޓާ ގުޑްރެމް

ނިކްގެ ކުރީގެ ލޯބިވެރިންގެ ތެރެއިން ދެން ފާހަގަ ކުރެވެނީ އޮލިވިއާ ކަލްޕޯއެވެ. 2013 ވަނަ އަހަރު ރަށްޓެހިވި މި ދެ މީހުން ދެ އަހަރު އެކުގައި އުޅުނެވެ. ނިކް އޭނާއާ ކައިވެނު ކުރަން އުޅޭ ހަބަރުތަކެއް ވެސް ފެތުރުނެވެ. ނިކްގެ އެންމެ ކާމިޔާބު އެއް ލަވަ ކަމަށްވާ 'ޖެލަސް'އަކީ އޮލިވިއާއަށް ލިޔެފައިވާ ލަވައެކެވެ. އެމެރިކާއަށް ނިސްބަތްވާ އޮލިވިއާ އަކީ 2012 ވަނަ އަހަރުގެ މިސް ޔުނިވރަރސްއެވެ.

ނިކް ޖޯނަސް އާއި އޮލިވިއާ ކަލްޕޯ

ނިކްއާއި ޕްރިޔަންކާ ކައިވެނި ކުރަން ތައްޔާރު ވަމުންދާއިރު، ކައިވެނި ކުރާ ދުވަހެއް އިއުލާން ކޮށްފައެއް ނުވެއެވެ. ޕްރިންސް ހެރީއާއި މޭގަން މާކަލްގެ ކައިވެންޏަށް ފަހު މިއީ މިއަހަރުގެ އެންމެ ގިނަ މީހުން އިންތިޒާރު ކުރާ ހަފްލާކަމަށް ވެސް ވެދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް