21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޓީސީ ސްޕޯޓްސް ކްލަބު

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

  • ސްޓެވާޓް ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރު
  • ސްޓެވާޓް ފުޓްބޯޅަ ކެރިޔަރު ފެށީ ނިއުވިލް ހޯޕް އިންޓަނޭޝަނަލުން
  • ޓީސީ އަންނަނީ އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ މުބާރާތައް ތައްޔާރުވަމުން
ނާފިއު ރަޝީދު | NaphiuR

| 28 ޖެނުއަރީ 2017 | ހޮނިހިރު 02:25 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ސެންޓް ވިންސެންޓުގެ ގައުމީ ޓީމަށް ކުޅެފައިވާ ކޯނެލިއަސް ސްޓްވާޓް -- ގޫގުލް

އެމެރިކާގެ ދެވަނަ ޑިވިޝަންގެ ދެ ކްލަބް ކަމަށްވާ ވައިޓްކެޕްސް ރެސިޑެންސީ އާއި ވެންކުވާ ވައިޓްކެޕްސްގެ އިތުރުން ސެންޓް ވިންސެންޓުގެ ގައުމީ ޓީމަށް ކުޅެފައިވާ ކޯނެލިއަސް ސްޓްވާޓް ޓީސީއާ ގުޅިއްޖެއެވެ.

 

ކޯނެލިއަސްއަކީ މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށް ސެއިންޓް ވިންސެންޓްގެ ކުޅުންތެރިއެކެވެ. 2008 ވަނަ އަހަރުން ފެށިގެން އެގައުމުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ކޯނެލިއަސްވަނީ އެގައުމުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.

 

އުމުރުން 27 އަހަރުގެ ކޯނެލިއަސްގެ ފުޓްބޯޅަ ކެރިޔަރު ފަށާފައިވަނީ އޭނާގެ އަމިއްލަ ގައުމުގެ ކްލަބެއް ކަމަށްވާ ނިއުވިލް ހޯޕް އިންޓަނޭޝަނަލުން 2007 ވަނަ އަހަރެވެ. އެއަށްފަހު އޭނާ ފެނިގެންދިޔައީ އެމެރިކާގެ ދެވަނަ ޑިވިޝަންގެ ކްލަބުތަކުންނެވެ.

 

ސެއިންޓް ވިންސެންޓަކީ އެއް ލައްކަ މީހުންގެ އާބީދީއެއް އޮންނަ ކުޑަ ގައުމެކެވެ.

 

ރާއްޖޭގެ ޑޮމެސްޓިކް ސީޒަންގެ އިތުރުން ބަންގްލަދޭޝްގައި ބާއްވާ ބައިނަލް އަގުވާމީ މުބާރާތަށް ތައްޔާރުވަމުން އަންނަ ޓީސީން ވަނީ ކޯނެލިއަސްގެ އިތުރުން މިސްރުގެ ޑިފެންޑަރެއް ކަމަށްވާ އީސާ އެލް މަގްރަބީ އާއި، ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމްޝޮން ވެސް ޓީމަށް ގެނެސްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް