16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޤަތަރުގެ މައްސަލަ

ޤަތަރުގެ ރައްޔިތުންނަށް ހައްޖުވުމުގެ ފުރުސަތު ނުލިބޭ ކަމަށް އެގައުމުން ބުނެފި

  • ގަތަރުގެ ވާހަކަތައް ސައުދީ އަރަބިއްޔާއިން ދޮގުކުރޭ
  • ޤަތަރުގެ 1،200 އެއްހާ މީހުން ހައްޖުވުމަށް ސައުދީއަށް ވަނުމުގެ ހުއްދަ ދިން
އަބުދުﷲ މުހައްމަދު | 8Abbo

| 19 އޯގަސްޓު 2018 | އާދީއްތަ 08:34 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކޮށްފި


މި އަހަރުގެ ހައްޖުދުވަހަކީ އޯގަސްޓްމަހުގެ 20 ދުވަސް -- އެސްޕީއޭ

ގަތަރުގެ ރައްޔިތުން ހައްޖުވުމަށް ސައުދީ އަރަބިއްޔާއިން މަނާކުރަމުންދާކަމަށް ގަތަރުން ބުނެފިއެވެ.

ގަތަރުގެ މި ތުހުމަތު ސައުދީ އަރަބިއްޔާގެ އޮފިޝަލުން ދޮގުކުރެއެވެ.

ސައުދީއިން ކަނޑައަޅާފައި އޮންނަ ކޯޓާ ނިޒާމުގެ ތެރެއިން ޤަތަރުގެ 1،200 އެއްހާ މީހުން ހައްޖުވުމަށް ސައުދީއަށް ވަނުމުގެ ހުއްދަ ދިން ނަމަވެސް ހައްޖުވުމަށް ރަޖިސްޓްރީ ނުކުރެވޭކަމަށް ޤަތަރުގެ އޮފިޝަލަކު ވިދާޅުވެއެވެ.

ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި، ބަހްރެއިން އަދި މިސްރުން 2017 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ގުޅުން ކަނޑާލައި ގަތަރަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އެ ގައުމު ޓެރެރިޒަމަށް ވާގިދޭކަމަށް ބުނެއެވެ.

ޤަތަރުގެ ރައްޔިތުން ސައުދީއަށް ދަތުރުކުރުންވެސް މަނާކުރެވިފައި އޮންނައިރު ސައުދީއިން ބުނެފައިވާ ގޮތުގައި ހައްޖުވުމަށް ކުރާ ދަތުރު އިސްތިސްނާވާނެއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖުން ޖޫން މަހުވަނީ ޤަތަރުގެ ރައްޔިތުން ހައްޖަށް ދިއުމަށް ރަޖިސްޓްރީ ވުމަށް ވެބްސައިޓެއް ހުޅުވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް ޤަތަރުން ބުނަމުންދަނީ ރެޖިސްޓްރީ ވުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

ޤަތަރުގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޓީގެ ބޭފުޅެއްކަމަށްވާ އަބްދުﷲ އަލް ކާބީ ބުނީ ހުއްދަ ހޯދުމަށް ގަތަރުގެ ޓްރެވެލް އޭޖެންސީތަކުން ބޭނުންކުރާ ސިސްޓަމް ސައުދީ އަރަބިއްޔާއިންވަނީ ބްލޮކް ކޮށްލާފައިކަމަށެވެ.

"ޤަތަރުގެ ރައްޔިތުންނާއި ގަތަރުގައި ދިރިއުޅޭ ރައްޔިތުންނަށް މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތެއް ނެތް" ރޮއިޓަރސް ނޫސް އޭޖެންސީގައި އޭނާ ވިދާޅުވިއެވެ.

"ގަތަރުން ހައްޖުވެރިން ރަޖިސްޓްރީވުން ބަންދުކުރެވިފައި، އަނެއްކާ ގަތަރުގައި ޑިޕްލޮމެޓިކް މިޝަންއެއް ނުހުންނައިރު ޤަތަރުގެ ރައްޔިތުންނަކަށް ވިސާއެއް ނުލިބޭ"

ރޮއިޓަރސްއިން ބުނެފައިވާ ގޮތުގައި ދޯހާގައި ހުންނަ ތިން ޓްރެވަލް އޭޖެންސީއަކުންވަނީ ހައްޖު ޕެކޭޖްތައް ވިއްކޭތޯ އުޅުން ހުއްޓާލާފައެވެ.

ރިޔާޟުން މިދިޔަ އަހަރުވަނީ ގަތަރުގެ ހައްޖުވެރިންނަށް ޚާއްސަކޮށްގެން އެއްގަމު މަހުން ސަރަހައްދީ ރޮނގު ހުޅުވާލާފައެވެ. ނަމަވެސް މި އަހަރު މިހާތަނަށް އެކަން ކޮށްފައެއް ނުވެއެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އޯގަސްޓްމަހުގެ 20ވާ ހޯމަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް