14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އިޓަލީ

އިޓަލީގެ ޖެނޯއާގެ ބްރިޖް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 41 އަށް އަރައިފި

  • ބްރިޖް އިން ފްރާންސް ގެ ދެކުނު އައްސޭރިފަށަށް ވެސް ދަތުރު ކުރެވޭ
އަހުމަދު އަނޫޝު | IamAhmedAnoosh

| 18 އޯގަސްޓު 2018 | ހޮނިހިރު 20:00 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ބްރިޖް ވެއްޓުނު ސަރަހައްދު -- އޭޕީ

އިޓަލީގެ ސިޓީއެއް ކަމަށްވާ ޖެނޯއާ ގައި އަންގާރަ ދުވަހު ހިނގި ބްރިޖް ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 41 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ. 

ރިޕޯޓުތައް ބުނާގޮތުން، ހުކުރު ދުވަހުގެ ރޭ އޮފިޝަލުން ވަނީ އެއް އާއިލާއެއްގެ މަރުވެފައިވާ ތިން މީހެއްގެ ހަށިތައް، ވެއްޓިފައިވާ ބްރިޖުގެ ކުުނިބުނިތަކުގެ ދަށުން ހޯދާފައެވެ. 

އަދިވެސް 20 އާއި 30 އާ ދެތެރޭ އަދަދަކަށް މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ހާދިސާ ހިނގިއިރު ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ވެއްޓުނު ސަސްޕެންޝަން ބްރިޖް ހިފަހައްޓައިދޭ އެއް ޓަވަރު މޫސުން ގޯސްވުމުގެ ސަބަބުން ވެއްޓޭތަން ފެނެއެވެ. ބްރިޖުން ވެއްޓުނު ބައިތަކާއި އަދި ވެހިކަލްތައް ވެއްޓިފައި ވަނީ ތިރިން ރޭލު ދަތުރުކުރާ ރޭލު ޓްރެކަަށެވެ. 

އަންގާރަ ދުވަހު ހިނގި ހާދިސާ އާއި ބެހޭގޮތުން އިޓަލީގެ ޓްރާންސްޕޯޓު މިނިސްޓަރު ޑަނިލޯ ޓޮނިނެލީ ވިދާޅުވީ "ހިނގި ހާދިސާ ހަކީ ވަރަށް ބޮޑު ހާދިސާއެއް ކަމަަށެވެ."

ހާދިސާ އާއި ބެހޭގޮތުން އިޓަލީގެ ޑެޕިއުޓީ ޓްރާންސްޕޯޓު މިނިސްޓަރު އެޑުއާޑޯ ވިދާޅުވެފައި ވަނީ "މުހިއްމު ބްރިޖެއް ވެއްޓުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި...އެ ބްރިޖް ބިނާކޮށްފައި ވަނީ ވެއްޓުން ފަދަ ހާދިސާއެއް ދިމާވެދާނެފަދަ ކަމަކުން ސަލާމަތްވެވޭނެ ގޮތަކަށް ނޫން" ކަމަށެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް