23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އިންޑިއާ

އިންޑިއާ އަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ލިބޭ ގެއްލުންތައް ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް އދ. އިން ބުނެފި

  • ކެރެލާ އަށް ކުރަމުން ގެންދާ ވިއްސާރައާއި ގުޅިގެން 300 އަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވޭ
އަހުމަދު އަނޫޝު | IamAhmedAnoosh

| 18 އޯގަސްޓު 2018 | ހޮނިހިރު 19:13 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ކެރެލާ އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ތެރެއިން -- އޭއެފްޕީ/ގެޓީ

އިންޑިއާގެ ކެރެލާއަށް ކުރަމުން ގެންދާ މޫސުމީ ވިއްސާރާގައި އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ލިބެމުންދާ އެކި ގެއްލުމާ ގުޅިގެން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ހިތާމަފާޅު ކުރައްވާ ލިބެމުންދާ ގެއްލުންތައް "ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް" ވިދާޅުވެއްޖެއެވެ. 

ކެރެލާ އަށް ކުރަމުން ގެންދާ ވިއްސާރައާއި ގުޅިގެން 300 އަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާއިރު، މިއީ ވޭތުވެދިޔަ 100 އަހަރުތެރޭގައި ކެެރެލާ އަށް ބޯކޮށް ވާރޭވެހި ހިނގަމުންދާ އެންމެ ބޮޑު ހާދިސާއެވެ. މިހާތަނަށް 300000 އަށްވުރެ ގިނަ މީހުން ގޯތިގެދޮރު ދޫކޮށް ދާން ޖެހިފައިވާއިރު، 80 ޑޭމެއް ވަނީ ބަންޑުން ޖަހާލާފައެވެ. 

އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާނު ސްޓެފާން ޑުޖަރިކް، ނޫސްވެރިންނަށް ހޮނިހިރު ދުވަހު ވިދާޅުވީ އިންޑިއާއަށް ކުރަމުން ގެެންދާ މޫސުމީ ވިއްސާރަ، އދ. ގެ އިންސާނީ ކާރިސާތަަކާ ބެހޭ އޮފިޝަލުންނާއި އަދި އިންޑިއާގައި ހަަރަކާތްތެރިވާ އދ. ގެ ކަންޓްރީ ޓީމުން ގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި އިންޑިއާއަށް ކުރަމުންގެންދާ ބޯވިއްސާރައާއި ގުޅިގެން ފުރާނަ ގެއްލި، އެތައް ބައެއްގެ ގޯތިގެދޮރު ގެއްލި އަދި ބޮޑެތި ގެއްލުންތައް ލިބެމުންދާތީ ވަރަށް ހިތާމަ ކުރައްވާ ކަމަށް ޑުޖަރިކް ވިދާޅުވިއެވެ.   

އިންޑިއާ އަށް އެހީވުމަށް، އދ. އަށް އެގައުމުން އެދިފައިވާތޯ ނޫސްވެރިން ސުވާލު ކުރުމުން ޑުޖަރިކް ވިދާޅުވީ "އަދި އިންޑިއާ އިން އެފަދަ އެއްވެސް އެހީތެރިކަމަކަމަށް އެދިފައި ނުވާ ކަމަށެވެ." ކެރެލާގެ ސަރުކާރުން ބުނެފައި ވަނީ މަރުވި ގިނަ މީހުން މަރުވެފައި ބިންގަނޑުކަނޑައިގެން ކުނިބުނީގައި ތާށިވެގެން ކަމަށެވެ. 

އަދިވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އަދި ރެޑް އެލާރޓް ވެސް ނެރެފައިވާއިރު، ކެރެލާގެ މައި އެއާރޕޯޓު ވަނީ 26 އޯގަސްޓާ ހަމައަށް ބަންދުކޮށްފައެވެ. 

އެތައް ސަތޭކަ ސިފައިން މީހުންނަށް އެހީވުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާއިރު، ކެރެލާގެ ސަރުކާރުން އާންމުންނަށް އިލްތިމާސްކޮށްފައި ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އަންގާ އެންގުމަށް ބޯލެނބުމަށެވެ

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް