15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ފަތުރުވެރިކަމުގެ ދާއިރާ

މިދިޔަ މަހުވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން

  • ޔޫރަޕް މާކެޓުން 12.8 ޕަސެންޓް ކުރިއެރުމެއް ލިބުނު
  • ޗައިނާ ހިމެނޭ އޭޝިއާ އަދި ޕެސިފިކް މާކެޓުން ވެސް 6.5 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވޭ
ސިމާހާ ނަސީމް | sim_kamana

| 18 އޯގަސްޓު 2018 | ހޮނިހިރު 18:43 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސީލައިފްއިން އޮޅުވާލައިގެން ފްލެޓް ވިއްކި 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި


ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް -- ބުކިންގ.ކޮމް

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާ އިން 33،277 ފަތުރުވެރިން އައިސްފައިވެއެވެ. އެކަމަކު ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 3.1 ޕަސެންޓް ދަށްވެފައެވެ.

ޔޫރަޕް މާކެޓުން އެންމެ ގިނަ ފަތުރުވެރިން އިނގިރޭސިވިލާތުން އައިސްފައިވާއިރު އެ ގައުމުން 8،421 ޓޫރިސްޓުން މިދިޔަ މަހު އައިސްފައިވެއެވެ. މިއީ 9.3 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޔޫރަޕް މާކެޓުން 12.8 ޕަސެންޓް ކުރިއެރުމެއް ލިބުނުއިރު ޗައިނާ ހިމެނޭ އޭޝިއާ އަދި ޕެސިފިކް މާކެޓުން ވެސް 6.5 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 122،332 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ޖުލައި މަސް ނިމުނުއިރު ޖުމްލަ 848،847 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.1 ޕަސެންޓްގެ ކުރިއެރުމެކެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް އިތުރުވެ ރާއްޖެއަށް 993.5 މިލިއަން ޑޮލަރު (15.3 ބިލިޔަން ރުފިޔާ) ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަނީ ލަފާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް