21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ރިޔާސީ އިންތިޚާބު 2018

ތަރައްޤީއަކީ ރައީސް ޔާމީންގެ ހަރުމުދަލެއް ނޫން!

  • ކުދިކުދި ކަންކަންވެސް ތަރައްޤީގެ ގޮތުގައި ދައްކަން ސަރުކާރުން މަސައްކަތްކުރޭ
  • ގިނަ ބަޔަކު ތަރައްޤީއޭ ބުނެ ދައްކާ ވާހަކައާއިމެދު ސުވާލު އުފައްދާ
މިއުވާން މުހައްމަދު | Miuvaan

| 18 އޯގަސްޓު 2018 | ހޮނިހިރު 18:01 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  8. މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ


ރައީސް ޔާމީން އަބްދުލްޤައްޔޫމް -- ރައީސް އޮފީސް

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އިޤްތިޞާދީ މާމޮޅު މާހިރެއްކަމަށް އެމަނިކުފާނު ސިފަކޮށް ކުރެވުނު ކެމްޕެއިނެއްގެ ތެރެއިންނެވެ. އެހެންނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތީ އެބުނާ 'އިޤްތިޞާދީ މާހިރަކަށް' އެމަނިކުފާނު ވެވަޑައިގަތުމުންނެއް ނޫނެވެ. ރައީސް މައުމޫނާއި ޤާސިމް އިބްރާހިމް އެމަނިކުފާނަށް ވޯޓު ދޭން ރައްޔިތުންގެ ކިބައިން އެދިވަޑައިގަތުމުން ރައްޔިތުން ވޯޓު ދިނީއެވެ. އެހެންނަމަވެސް އެދެބޭފުޅުންނާއިމެދު ރައީސް ޔާމީން ކަންތައް ކުރެއްވި ގޮތުން ރައްޔިތުންގެ ގިނަ ބަޔަކު ޚިޔާލު ބަދަލުވެއްޖެކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. 

އިޤްތިޞާދީ މާހިރެއްކަމަށް ވިދާޅުވެ ރައީސް ޔާމީން ވެރިކަމަށް ކެމްޕެއިން ކުރެއްވިނަމަވެސް، އިޤްތިޞާދީ ގޮތުން އެމަނިކުފާނަށް ކުރެއްވުނު މާބޮޑު ކަމެއް ނެތެވެ. ޤައުމުގެ އިޤްތިޞާދަށް އާމްދަނީ އިތުރުވާނެ އައު ކަމެއް ނުކުރެވުނެވެ. ޓެކްސްގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ނުގެނެވުނުތަނުގައި ދައުލަތުގެ ޓެކްސް އިދާރާ ފެނުނީ އާއްމުންނާއި ވިޔަފާރިވެރިންގެ ނަފުރަތު އަމާޒުވި ތަނަކަށެވެ. ދަރަނި އިންތިހާއަށް އުފުލިގެން ދިޔައިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ލޯނެއް ދޭން ފަސްޖެހޭ ހިސާބަށް ހިނގައްޖެއެވެ. ބޮޑެތި ލޯނުތަކެއް ނަގައިގެން، ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މުއާމަލާތްތަކެއްގެ ތެރެއިން އިމާރާތްތަކެއް އެޅުން ފިޔަވައި ކުރެއްވުނު މާބޮޑު ކަމެއް ނެތެވެ. ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޕްރޮޖެކްޓްގެ ތެރެއިން ޗައިނާ ސަރުކާރުގެ ބޭނުމަށް ދިވެހި ސަރުކާރަށް ފޯރުކޮށްދޭ އެހީއަކީ އެއީ ރައީސް ޔާމީންގެ މޮޅުކަމުން ލިބޭ އެހީއެއް ނޫންކަން މިއަދު ރައްޔިތުންނަށް އެނގިއްޖެއެވެ.

ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ތަރައްޤީ ނޫންކަން މިއަދު އެންމެންނަށްވެސް އެނގެއެވެ. ފެނާއި ނަރުދަމާ އަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިނުން ލާޒިމްކުރާ ޚިދުމަތްތަކެވެ. އެޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެއީ ރައީސް ޔާމީންގެ ހެޔޮފުޅުކަމުން ކޮށްދެއްވަން ޖެހޭ ކަންކަމެއް ނޫނެވެ.

އެހެންކަމުން 2018 ވަނަ އަހަރުގެ އިންތިޚާބަށް ރައީސް ޔާމީން ނިކުމެވަޑައިގަތުމަށް 'އިޤްތިޞާދު' ނޫން އެހެން ބަހެއް ބޭނުންވެއްޖެއެވެ. ރައީސް ޔާމީން އަރިހުގައި ތިއްބަވާ ބޭފުޅުންނަށް އެންމެ ކަމުދިޔަ ބަހެއްކަމަށް ފެނުނީ "ތަރައްޤީ"އެވެ. އެހާ ހިސާބުން ކޮންމެ ކަމެއްގެ ތެރެއަށް 'ތަރައްޤީ'، މިބަސް ބޭނުންކުރަން ފެށިއެވެ. ސްކޫލެއްގެ ސިޑީގެ ރެއިލިން ބަދަލުކުރުމަށްވެސް ތަރައްޤީއޭ ކިޔަން ފެށިއެވެ. މިސްކިތުގެ ވަށާ ފާރު ރޭނުމަށްވެސް، ދަނޑުގެ ވަށައިގެން ދާޖެހުމަށްވެސް ތަރައްޤީއޭ ކިޔަން ފެށިއެވެ. ހޮސްޕިޓަލުގެ އެމްބިއުލާންސް ބާއްވާތަން ހިޔާކުރުމަކީވެސް ތަރައްޤީކަމުގައި ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތްކުރިއެވެ. 

ސަރުކާރުގެ ތަރައްޤީގެ ވިސްނުމަކީ ދިވެހި ރައްޔިތު މީހާއަށް ހައްޤު މިންވަރަކީ ސަރުކާރުން އެފޯރުކޮށްދޭ މިންވަރުކަމަށް ރައްޔިތުންނަށް ވިސްނައިދިނުމެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުންނަށް ހައްޤު މިންވަރަކީ އެއީ ނޫންކަން ދިވެހި ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ. ރަށުގައި ހުންނަ ކުޑަކުޑަ އައިޝާއަށް ހައްޤު މިންވަރު ކަނޑައަޅަން ޖެހޭނީ މާލޭގައި ހުންނަ 'މެޑަމް އޮފީހުން' ނޫންކަމަށް އެކުޑަކުޑަ އައިޝާވެސް ޤަބޫލު ކުރެއެވެ.

ތަރައްޤީ، މިބަހަކީ ރައީސް ޔާމީންގެ ހަރު މުދަލެއްކަން ދައްކަން ސަރުކާރުން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ހަޤީޤަތް ބަދަލެއް ނުވާނެއެވެ. އެބަސް މޮނޮޕޮލައިޒް ކުރާހާ މިންވަރަކަށް ރައީސް ޔާމީނަށް މިޤައުމަށް ތަރައްޤީއެއް ނުގެނެވުނެވެ. ޑުބާއީގެ އަމީރު ޝައިޚް މުޙައްމަދު ބުން ރާޝިދު އަލްމަޚްތޫމް އާއި އަބޫދާބީގެ އަމީރު ޝައިޚް ޒައިދު ބިން ސުލްތާން އަލް ނަޙްޔާން ނުވަތަ ސިންގަޕޫރުގެ ލީ ކުއާން ޔޫ ފަދަ ތަރައްޤީގެ ބާނީއަކަށް ރައީސް ޔާމީނަށް ވެވިދާނެކަމަށް އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބައެއް ބޭފުޅުންނަށް ހީފުޅުވިޔަސް، އެކަމެއް އެހެން ވާކަށް ނެތެވެ. އެޤައުމުގެ ވެރިންނާއި ކިތަންމެ ގާތް ގުޅުމެއް ބާއްވަން އުޅުއްވިޔަސް، އެޤައުމުތަކުގެ ވެރިން އެގެންނެވި ތަރައްޤީ ރައީސް ޔާމީނަށް ރާއްޖެއަށް ގެނެވިފައެއް ނެތެވެ. ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް ކުރިއަށް ގެންދެވި ޕްރޮޖެކްޓެއްގެ ވާހަކަ އަޑެއް ނީވެއެވެ. އަމިއްލަފުޅު އިސްނެންގެވުމަކަށް، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ނުހިމެނޭ ޕްރޮޖެކްޓެއް ހިންގެވިފައެއް ނެތެވެ. 

ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ގެންނަވާނެ ތަރައްޤީއެއް ނެތްކަމަށް ރައްޔިތުންނަށް ވިސްނަވައިދެއްވުމަށް ޕީޕީއެމްގެ ބައެއް ބޭފުޅުން އުޅުއްވައެވެ. އެހެންނަމަވެސް ރައްޔިތުން އަދިވެސް އެދި ގޮވަނީ ތަރައްޤީއަށެވެ. 24 ގަޑިއިރުގެ ކަރަންޓަށެވެ. ރަށުބަންދުން ވީއްލި، ފަސޭހަ ރަހުމަތެއްގައި ކައިރި ރަށްރަށަށް ދަތުރުކުރުމަށެވެ. ރަށުގައި ތިބެގެން ބަލިތަކަށް ފަރުވާ ލިބި، މާދުރަށް ނުގޮސް ބޮޑެތި ބަލިތަކަށްވެސް ފަރުވާ ލިބުމަށެވެ. ކޯޓުތަކަކީ އިންސާފު ލިބޭނެ ތަނެއްކަމުގެ ކަށަވަރުކަން ލިބުމަށެވެ. 

ތަރައްޤީއަކީ ރައީސް ޔާމީންގެ ހަރުމުދަލެއް ނޫނެވެ. ދެން ވަޑައިގަންނަވާ ވެރިއަކު މާބޮޑަށްވެސް މިޤައުމަށް ތަރައްޤީ ގެންނަވަން ޖެހެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް