25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

އެފްސީ ބާސެލޯނާ

ޗެމްޕިއަންސް ލީގު ހޯދުން ވަކި މުހިންމެއް ނޫން: ވަލްވާޑޭ

  • މިދިޔަ ސީޒަނުގައި ބާސާއަށް ޗެމްޕިއަންސް ލީގުގައި މާދުރަށް ދެވިފައެއް ނުވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 18 އޯގަސްޓު 2018 | ހޮނިހިރު 17:00 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި


ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ -- ގެޓީ އިމޭޖާސް

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ ބާސެލޯނާއަށް ވަކި މުހިންމު ކަމެއް ނޫން ކަމަށް އެޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ. 

ފާއިތުވެދިޔަ 10 ސީޒަނުގެ ތެރެއިން ހަތް ސީޒަނުގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ބާސާއިން ހޯދި ނަމަވެސް އެޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގު އެމުއްދަތުގައި މާ ރަނގަޅު ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. އެންމެފަހުން ކުޅުނު ހަތް ޗެމްޕިއަންސް ލީގު ފައިނަލްގެ ތެރެއިން ބާސާއިން ކުޅެފައިވަނީ އެންމެ ފައިނަލެއްގައެވެ. މިދިޔަ ސީޒަނުގެ ލަލީގާ އަދި ސްޕެނިޝް ކަޕް ބާސާއިން ކާމިޔާބުކުރި ނަމަވެސް ޗެމްޕިއަންސް ލީގުގައި މާދުރަށް ދެވިފައެއް ނުވެއެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ބާސާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ރެއާލް މެޑްރިޑްއެވެ. 

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ ކޮންމެ މުބާރާތަކީ ވެސް މުހިންމު މުބާރާތެއް ކަމަށާއި އެގޮތުން ޗެމްޕިއަންސް ލީގު ހޯދުމަށް ވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. ކޮންމެ ސީޒަނެއްގެ ވެސް އަމާޒަކީ އޭގެ ކުރީ ސީޒަނަށްވުރެ މޮޅަށް ކުޅުން ކަމަށާއި އޭރުން ޗެމްޕިއަންްސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

އޭނާ ބުނީ ހުރިހާ ޗެލެންޖެއް ވެސް ރިޕީޓްވާ ކަމަށާއި އެހެން ނަމަވެސް ޗެމްޕިއަންސް ލީގު ހޯދަން ބޭނުންވަނީ ވެސް ލަލީގާއާއެކު ކަމަށެވެ. ޓީމަށް ދިމާވާ ހުރިހާ ކަމެއްގެ ޒިންމާ ނަގާ ކަމަށާއި މިދިޔަ ސީޒަނުގެ ފަހުކޮޅު ދަތިތަކަކާއި ދިމާވި ކަމަށް އޭނާ މި ބައްދަލުވުމުގައި ބުނެފައިވެއެވެ. 

ސީޒަން ހުޅުވުމުގެ ގޮތުން މިރޭ ބާސާ ނުކުންނާނީ ޑިޕޯޓިވޯ އަލާވެސްއާ ދެކޮޅަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް