24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އާޖެންޓީނާގެ ގައުމީ ޓީމު

މެސީއަށް ބްރޭކެއް ބޭނުންވޭ: މެރަޑޯނާ

  • މެސީއަކީ އާޖެންޓީނާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 18 އޯގަސްޓު 2018 | ހޮނިހިރު 16:44 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  7. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  8. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު


އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ -- ގެޓީ އިމޭޖާސް

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ބްރޭކެއް ބޭނުންވާ ކަމަށް އެގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ ބުނެފިއެވެ. 

މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާއިން ވާރލްޑް ކަޕާއި ކުރިމަތިލި ނަމަވެސް އެޓީމަށް މާއެދެވޭ ނަތީޖާއެއް އެމުބާރާތުގައި ހޯދިފައެއް ނުވެއެވެ. އެނަތީޖާއާއެކު މެސީ ގައުމީ ޓީމަށް ކުޅުނު ހުއްޓާލާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ގައުމީ ޓީމުން ރިޓަޔާކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ވަނީ ވަގުތީ ގޮތުން ގައުމީ ޓީމުން ދުރަށް ޖެހިފައެވެ. އެންމެފަހުން އާޖެންޓީނާއިން ނެގި ސްކޮޑްގައި އެކަމުގެ ސަބަބުން އުމުރުން 31 އަހަރުގެ މެސީ ހިމަނާފައެއް ނުވެއެވެ.

1986 ވަނަ އަހަރުގެ ވާރލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން މެރަޑޯނާ ބުނީ މެސީއަށް ކުޑަ ވަގުތުކޮޅެއް ދޭން ޖެހޭ ކަމަށާއި އޭނާގެ ކްލަބާއެކު ޔޫރަޕުގެ ފުޓްބޯޅަ ކުޅެން އަހަންމިއްޔަތުކަންދޭން ޖެހޭ ކަމަށެވެ. އެގޮތުން ގައުމީ ޓީމުން އޭނާ ވަގުތީ ގޮތުން ދުރަށް ޖެހެން ޖެހޭ ކަމަށް މެރަޑޯނާ ބުނެފައިވެއެވެ. ހަމައެހެންމެ މެސީ ކުޅޭނަމަ އާޖެންޓީނާ މޮޅުވުމަކީ އޭނާ ކޮންމެ އެކުވެރިކަމުގެ މެޗެއްގައި ކުޅެން ޖެހޭ ސަބަބެއް ނޫން ކަމަށް މެރަޑޯނާ ބުނެފައިވެއެވެ. 

ހޯސޭ ސަމްޕައޯލީ އާޖެންޓީނާގެ ކޯޗުގެ މަގާމު ދޫކޮށްލާފައިވާއިރު މެސީއާ ނުލައި އެޓީމުން އަންނަނީ މުސްތަގުބަލަށް ތައްޔާރުވަމުންނެވެ. އެކަމަށް އެންމެ މުހިންމު އެއް ކަމަކީ ރަނގަޅު ކޯޗެއް ހޯދުން ކަމަށް މެރަޑޯނާ ދެކެއެވެ. މެރަޑޯނާ ގަބޫލުކުރާ ގޮތުގައި އާޖެންޓީނާގެ ގައުމީ ޓީމަށް ދެން ކޯޗުކަން ކޮށްދޭން ޖެހޭނީ ސެޒަރ މެނޯޓީއެވެ. އޭނާ އެންމެފަހުން ކޯޗިން ދާއިރާއިން ފެނިފައިވަނީ މީގެ 10 އަހަރު ކުރިންނެވެ. މެރަޑޯނާ ބުނީ ޑިއޭގޯ ސިމިއޯނޭ އަދި މައުރީސިއޯ ޕޮޗެޓީނޯ އެމަގާމަށް ގެންނަން އުނދަގޫވާނެ ކަމަށެވެ. 

އާޖެންޓީނާއިން ވަނީ ގުއާޓެމާލާ އަދި ކޮލޮމްބިއާ އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ސްކޮޑް އެކުލަވާލާފައެވެ. މިވަގުތު އެޓީމަށް ވަގުތީ ގޮތުން އިރުޝާދު ދެމުން އަންނަނީ އެޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރި ލިއޮނެލް ސްކަލޯނީއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް