21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

އަބަދު އެންމެން މޮޔައެއް ނުހެއްދޭނެ!

 • ލާދީނީ ފިކުރެކޭ ބުނެ ކުރާ ކެމްޕެއިންގައި ބަރުދަނެއް ނެތް
 • ދީން ހަތިޔާރަކަށް ހަދައިގެން ލިބޭނެ ވޯޓެއް ނެތް، ދެކޮޅުގައި ވެސް ތިބީ މުސްލިމުން
 • ވައުދު ވާންޖެހޭނީ ފަހުން އެ ވާހަކަ ގޮވާނެކަން އެނގި ހުރެ
އަލީ ޔޫސުފް | AliYooosuf

| 18 އޯގަސްޓު 2018 | ހޮނިހިރު 16:33 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


އަބްދުﷲ ޔާމީންގެ ރަނިންގ މޭޓް ޑރ. ޝަހީމް ގދ. ތިނަދަނޫގައި ހުންނަ މިސްކިތު ބޭރުގައި ބަޔަކާ އެކު ފޯޓޯއަކަށް ހުއްޓިވަޑައިގެން: ދީން ހަތިޔާރަކަށް ހަދައިގެން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ -- ސޯޝަލް މީޑިއާ

އެމެރިކާގެ ކުރީގެ ރައީސް އަބްރަހަމް ލިންކަން ވިދާޅުވެފައި ވެއެވެ. "ބައެއް ފަހަރު އެންމެން މޮޔަ ހެއްދިދާނެއެވެ. އަދި ބައެއް މީހުން އަބަދު މޮޔަ ހެއްދިދާނެއެވެ. ނަމަވެސް އަބަދު އެންމެން މޮޔައެއް ނުހެއްދޭނެއެވެ."

މިއީ ވަރަށް ގިނަ ހާލަތްތަކަށް ފެތޭ އިބުރަތްތެރި ބަސްކޮޅެކެވެ. ހާއްސަކޮށް މި ދުވަސްކޮޅަށް ވަރަށް މުހިންމު ބަސްކޮޅެކެވެ. މުޅި ގައުމު ސިޔާސީ އޮއިވަރުގައި ޖެހިފައިވާ މިދަނޑުވަޅުގައި ސިޔާސީ ފަރާތްތަކުން ވެސް ހަނދާން ކުރަންޖެހޭ ބަސްކޮޅެކެވެ. ފައި ބީއްސާލާ ކޮންމެ ރަށެއްގައި ވައުދުތައް ވަމުންދާއިރު މި ބަސްކޮޅާ މެދު ފުންކޮށް ވިސްނާލުން ބުއްދި ވެރިއެވެ. އެހެން ނޫން ނަމަ އަނގައިން ބޭރުކޮށްލާ ބަސް ފަހުން ގައިގާ ދަތް އަޅާނެއެވެ.

ސަރުކާރުން ވެސް އިދިކޮޅު ވެސް ސިޔާސީ ވައުދުތައް ވަމުންދާ އިރު ވިސްނާލަންޖެހެއެވެ. ދެވަނަ ދައުރެއް ދިނުމަށް އެދިވަޑައިގެން މިހާރުގެ ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައިވާ ކެމްޕެއިންގައި ވެސް އެމަނިކުފާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2013 ވަނަ އަހަރުގެ އިންތިޚާބަށް އެމަނިކުފާނު ވެވަޑައިގެންނެވި ބައެއް ވައުދުތަކެވެ. އަލަތު ކައިވެންޏާ އެކު ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުމުގެ ވައުދާއި މަސްވެރިންނަށް ބެޔަސް ނުބެޔަސް 10000ރ. ގެ ވައުދާއި ދަނޑުވެރިންނަށް 8000ރ. ގެ ވައުދާއި މި ނޫން ވެސް އެތައް ވައުދުތަކެއް ލިސްޓްގައި އެބަ ހުއްޓެވެ. އަދި އިންތިހާބުވެ ވަޑައިގެންނެވި ފަހުން ރަށްރަށަށް ކޮށްދޭން ވިދާޅުވި ބައެއް ކަންކަމަކީ ވެސް އެލިސްޓްގައި ހިމެނޭ ކަންކަމެވެ.

އެ ވައުދުތަކުން ހިފައި ދަމަމުން އިދިކޮޅު ފަރާތްތަކުން ހަވާ އަރުވައި އީދު ފާހަގަކުރަމުންދާ އިރު ކުރިއަށް އޮތް އިންތިޚާބަށްޓަކައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރައްވާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް އެ ގެންދަވަނީ ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ. ވިސްނާލަންޖެހޭ ކަމަކީ އެއިން ކޮންމެ ވައުދެއް ރައްޔިތުން ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ ކަމެކެވެ. އެއީ ރަށު ފެންވަރުގައި ވިޔަސް އަދި ގައުމީ ފެންވަރުގެ ވައުދެއް ކަމުގައި ވިޔަސް ކުރިޔާ ހިލާފަށް އެ ވައުދުތައް މިހާރު މަންޒަރުތަކާ އެކު ރެކޯޑްކުރެވޭ ކަމެވެ.

ވައުދުތަކުގެ އިތުރުން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ވެސް ކެންޑިޑޭޓުން ގެންދަނީ ވަރަށް ބޮޑެތި ވާހަކަތައް ދައްކަމުންނެވެ. ހާއްސަކޮށް ސަރުކާރަށް ކުރިމަތިވެފައިވާ ތަފާތު ފާޑުކިޔުންތަކާ ހުރެ އެކަންކަމުން ރެކުމަށްޓަކައި ދައްކާ ވާހަކަތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެއިން ކޮންމެ ކަމެއްގައި ދީން ނިވާފަތްގަނޑަކަށް ހަދައިގެން އަދި ހަތިޔާރެއްގެ ގޮތުގައި ވެސް ދީން ބޭނުން ކުރަމުންދާތަން އެބަ ފެނެއެވެ.

އިދިކޮޅުގައި އޮތީ ލާދީނީ ފިކުރެއް ކަމަށް ބުނާ އިރު 2008 ވަނަ އަހަރު ވެސް ހަމަ އެ ވާހަކަތައް ދެއްކިއެވެ. ނަމަވެސް ރައްޔިތުންގެ ލޮލުގައި އަނދުނެއް ނޭޅުވުނެވެ. އިންތިޚާބު ކާމިޔާބުކުރީ އެ ބުނާ "ލާދީނީ" ފިކުރެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ހަމަ އެ "ލާދިނީ" ހަތިޔާރު ނަގައިގެން ބަޔަކު ދިޔައީ ހަމަލާތައް ދެމުންނެވެ. އިންތިޚާބުގައި ހެދި ގޮތެއް ހަދައިގެން ވިޔަސް އެ ފަހަރު އެ ފިކުރުގެ މައްޗަށް "އެހެން" ފިކުރެއް ކުރި ހޯދިއެވެ. ނަމަވެސް ވޯޓުލީ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އެ ބުނާ "ލާދީނީ" ފިކުރަށް ތާއީދުކުރިއެވެ. މާނައަކީ 105000 މީހުންނަކީ "ލާދީނީ" ފިކުރުގައި ތިބި މީހުންނެވެ.

ދިވެހިންނަކީ މިއަދު ވަރަށް ހޭލުންތެރި ބައެކެވެ. ގައުމެއްގެ އާބާދީގެ ނިސްބަތުން ވެސް އެންމެ ޓެކްނޮލޮޖީއާ ރައްޓެހީ ދިވެހިންނޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. ކޮންމެ މީހެއްގެ އަތުގައި ވެސް ޓެކްނޮލޮޖީގެ އާލާތެއް އޮވެއެވެ. ފޯނު މެދުވެރިކޮށް ޚަބަރުތައް ވަރަށް ހަލުވިކަމާ އެކު ފެތުރެއެވެ. އަދި ގިނައީ އިވޭ ކޮންމެ ވާހަކައެއް ގަބޫލުކުރުމުގެ ބަދަލުގައި އެކަމުގެ ތެދު ދޮގު ބަލައި ހަގީގަތް ހޯދާ މީހުންނެވެ. އެހެންކަމުން ސިޔާސީ މީހުން ދައްކާ ކޮންމެ ވާހަކައެއް ގަބޫލުކޮށްގެން ވޯޓު ދޭނެ ދިވެހިން މިހާރު މަދެވެ. މިވެނި މީހަކަށް ވޯޓު ދީފި ނަމަ އިސްލާމް ދީން މި ގައުމުން ފޮހެވިގެންދާނެ ކަމާއި އިދިކޮޅުގައި އޮތީ ލާދީނީ ފިކުރެއް ކަމާއި "މަށާއި މަގޭ އާއިލާ ވެސް ލާދީނީ ފިކުރަށް ވޯޓު ނުދޭނެ" ކަމަށް ބުނެ ކުރާ ކެމްޕެއިންތަކުގައި ބުރަދަނެއް ނެތެވެ. ދީން ހަތިޔާރަކަށް ހަދައިގެން އަބަދު އެންމެން ގުނބޯ ހެއްދޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކެމެވެ. ހަގީގަތަކީ ލިންކަން ވިދާޅުވެފައިވާ ގޮތަށް އަބަދަކު އެންމެން މޮޔަ ނުހެއްދޭނެ ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިސީ

6 މަސް ކުރިން

މިހާރު ތިޔަފެންނަނީ ދީނޭކިޔައިގެން އުޅޭ މީހާގެ އަސްލުސިފަ އޭނާއަކީ އެއްވެސް އިރެއްގައި ދީނީ މިހެއްނޫން އެއީ ފައިސާޔާހެދި މޮޔަވެފައިވާ މީހެއް

0
0
ގަލޮޅު މީހާ

6 މަސް ކުރިން

ވަރަށް ފުރިހަމަ ތެދެއް ތިރީނދޫ ހުން ޖައްސާ ވައިރަސްތައް ނައްތާލާނެ

0
0
Shiyam

6 މަސް ކުރިން

އަބަދަކު އެންމެނަކު މޮޔަ ނުހެއްދޭނެ އަންނި ދެމި ހާސަރެއް

0
0