25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ބޮލީވުޑް

ޕްރިޔަންކާ އާއި ނިކް އެންގޭޖްވިކަން ރަސްމީކޮށް އިއުލާން ކޮށްފި

  • ފޮޓޯގައި ދެމީހުން ތިބީ ހިނިއައިސްފައި އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 18 އޯގަސްޓު 2018 | ހޮނިހިރު 16:09 | |

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް -- ގޫގުލް

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އެންގޭޖް ކޮށްފައިވާ ކަމަށް ވާހަކަ ދެކެވެމުންދާތާ މަހެއްހާ ދުވަސް ފަހުން މި ދެމީހުންގެ އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

ހޮނިހިރު ދުވަހު ޕްރިޔަންކާ އާއި ނިކް ވަނީ އެދެމީހުންގެ އެންގޭޖްމަންޓް ހަފްލާގެ ފޮޓޯ އިންސްޓަގްރާމް ކޮށްފައެވެ. މި ދެމީހުން އިންސްޓަގްރާމް ކޮށްފައިވާ ދެ ފޮޓޯގެ ތެރެއިން ޕްރިޔަންކާ އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ " ޓޭކަން ވިތް މައި ހާޓް އެންޑް ސޮއުލް" އެވެ.  ނިކް އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި ވަނީ " ފިއުޗަރ މިސިޒް ޖޯނަސް. މައި ހާޓް. މައި ލަވް" އެވެ.

މި ދެމީހުން އިންސްޓްގްރާމް ކޮށްފައިވާ ދެ ފޮޓޯގައިވެސް ދެމީހުން ތިބީ ހިނިއައިސްފައި އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެންނެވެ.

ޕްރިޔަންކާގެ އެންގޭޖްމަންޓް ހަފްލާ ބަޢްވާފައިވަނީ އާއިލާގެ އުސޫލުތަކަށް އިހުތިރާމް ކުރުމަށް، އިންޑިއާގައި ކައިވެނި ކުރާ ސަގާފަތާއި އެއްގޮތަށެވެ.

ނިކްގެ އާއިލާ ވަނީ ހުކުރު ދުވަހު އިންޑިއާއަށް ގޮސްފައެވެ. އަދި ދެ އައިލާ އެކުގައި ވަނީ ހުކުރު ދުވަހުގެ ރޭގެ ކެއުމަށް އަށް ގޮސްފައެވެ. އުމުރުން 36 އަހަރުގެ ޕްރިޔަންކާއާއި ނިކް، 25، ފުރަތަމަ ފަހަރަށް އެއްކޮށް ފެނިފައިވަނީ 2017 ވަނަ އަހަރު މެޓް ގާލާ އިންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް