16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ބޮލީވުޑް

ރިތިކް އޭނާގެ އަންނަން އޮތް ފިލްމްގެ ފުރަތަމަ ފޮޓޯ ދައްކާލައިފި

  • މި ފިލްމްގައި ރިތިކް އަދާކުރަނީ ޓައިގާގެ މެންޓާރ އެއްގެ ރޯލް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 18 އޯގަސްޓު 2018 | ހޮނިހިރު 14:26 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ރިތިކް ރޯޝަން އަދި ޓައިގަރ ޝްރޮފް -- ގޫގުލް

ރިތިކް ރޯޝަން އޭނާގެ އަންނަން އޮތް ފިލްމްގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

ހުކުރު ދުވަހު ރިތިކް އޭނާގެ ޓްވިޓާގައި ޝެއަރ ކޮށްފައިވާ ފޮޓޯގައި ފެނިގެންދަނީ ރިތިކް އާއި ޓައިގާ ޝްރޯފްގެ އިތުރުން ފިލްމްގެ ޑައިރެކްޓަރ ސިދާތް އާނަންދް އެވެ.

މި ފޮޓޯގެ ކެޕްޝަންގައި ރިތިކް ލިޔެފައިވަނީ" އެންޑް ޕީޕަލް ތޮއުޓް އިޓް ވޯޒް އަ 2 ހީރޯ ފިލްމް. ޖާރނީ ބިގިންސް" މިހެންނެވެ.

އާނަންދު ވެސް އޭނާގެ އިންސްޓަގްރާމްގައި ރިތިކް އާއި ޓައިގާ އާއި އެކު ނަގާފައިވާ ފޮޓޯ ވަނީ ޝެއަރ ކޮށްފައެވެ. އަނަންދު ޝެއަރ ކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި ވަނީ ލުކިން އަހެޑް.ބިހައިންޑް ނޯ މޯ. އެންޑް އިޓް ބިގިންސް" އެވެ.

މި ފިލްމްގައި ރިތިކް އާއި ޓައިގާގެ އިތުރުން ދެން ފެނިގެން ދަނީ ވާނީ ކަޕޫރެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި ރިތިކް އަދާކުރަނީ ޓައިގާގެ މެންޓާރ އެއްގެ ރޯލެވެ. މި ފިލްމުގައި ރިތިކް ޓައިގާގެ މެންޓަރ އެއްގެ ރޯލް އަދާކުރާއިރު ކުރިން ޓައިގާ ދީފައިވާ އިންޓްވިއުއެއްގައި އޭނާ ވަނީ އަސްލު ދިރިއުޅުމުގައިވެސް ރިތިކް އަށް ތައުރީފް ކޮށް ވަރަށް އިހްތިރާމް ކުރާ ކަމަށް ބުނެފައެވެ.

ޔާޝް ރާޖް ފިލްމްއިން ޕްރޮޑިއުސް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެވެ.

ރިތިކް ދަނީ މިދުވަސްކޮޅު އޭނާގެ އަންނަން އޮތް ފިލްމް "ސުޕާ 30" ގެ ނުނިމި ހުރި މަސައްކަތްތައް ކުރަމުންނެވެ.  ޓާއިގާ ޝްރޯފް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމް  " ބާގީ 2" އިންނެވެ.  އަދި މިވަގުތު އޭނާ މަސައްކަތް ކުރަމުންދަނީ ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ 2" ގައެވެ. މި ފިލްމްގައި ޓައިގާ އާއި އެކު ފެނިގެންދާނީ ތާރާ ސުތައިރިއާ އަދި އަނަންޔާ ޕާންޑޭ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް