14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:59
އަސްރު 15:25
މެންދުރު 12:05
އިރުއަރާ 06:02
ފަތިސް 04:45

އޭވީސީ ސެންޓްރަލް ޒޯން

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

  • ރާއްޖޭގައި ކުރިން ކުޅުމުން އަދި ރާއްޖޭ ކުޅުންތެރިންގެ ކުޅުން އެނގޭތީ އެކަމުގެ އެޑްވާންޓޭޖް ނެގުނު: ޕްރަތީބާ
  • ނޭޕާލް އަތުން ރާއްޖެ ބަލިވީ މެޗު އެކްސްޕީރިއަންސް މަދުވުމުން: ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު
  • ރާއްޖެއާ ދެކޮޅަށް ނޭޕާލް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުން
މުހަންމަދު ވިސާމް | sampathmasiw

| 28 ޖެނުއަރީ 2017 | ހޮނިހިރު 00:34 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  6. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  7. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  8. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން


ރާއްޖޭ އަންހެން ވޮލީ ޓީމު -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އެފްއައިވީބީ ވުމެންސް ވޯލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން 2018 ގައި ސީދާ ތިން ސެޓުން ރާއްޖެ ބަލިކުރުމަށް ފަހު، ނޭޕާލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

 

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެޓްގައި ނޭޕާލް ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން މި ސެޓް ކާމިޔާބުކުރީ 17-25 އިންނެވެ.

 

ދެވަނަ ސެޓް ފަށައިގެން ރާއްޖެއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް ނޭޕާލުން ވަނީ ފަހަތުން އަރާ ޕޮއިންޓްތައް ހޯދައިގެން ދެވަނަ ސެޓު ވެސް 17-25 އިން ކާމިޔާބުކޮށްފައެވެ.

 

ތިންވަނަ ސެޓަށް ރާއްޖޭގެ ޓީމު ނިކުތީ އިތުރު ހިތްވަރަކާ އެކުގައެވެ. އެހެން ނަމަވެސް ރާއްޖެއިން ރަނގަޅަށް ތިންވަނަ ސެޓުގައި ކުޅެމުންދަނިކޮށް ނޭޕާލުން ވަނީ ބޮޑު ލީޑަކާއެކު މެޗު ކާމިޔާބުކޮށްފައެވެ. ތިން ވަނަ ސެޓް ނޭޕާލުން ކާމިޔާބުކުރީ 12-25 އިންނެވެ.

 

 

Graphic Content

ދިގު އަދި ވަރުގަދަ ކުޅުންތެރިން ތިބި ނޭޕާލާ ދެކޮޅަށް ރާއްޖޭގެ ޓީމު ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، ނޭޕާލު ކުޅުންތެރިން ނަގާ ބާރު ޝޮޓްތައް ވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ. މީގެ އިރުން ރާއްޖޭގެ ހައްވާ ރާޝިދާ ވަނީ މި މެޗުގައި ގިނަ ޕޮއިންޓް ހޯދައިދީފައެވެ. އޭނާ ވެސް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

 

މެޗަށް ފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު އަހުމަދު އަދީލް ބުނީ މެޗުން ބަލިވީ ރާއްޖޭގެ ކުޅުންތެރިން މެޗު އެކްސްޕީރިއަންސް މަދުވުމުން ކަމަށާއި، ރަނގަޅު ކުޅުމެއް ކުޅުންތެރިން ދައްކާފައިވާ ކަމަށެވެ.

 

އެގޮތުން އޭނާ ބުނީ މެޗުގައި ރާއްޖޭގެ ކުޅުންތެރިން ރަނގަޅު ބްލޮކްތަކެއް ކޮށްފައިވާއިރު، ނޭޕާލާ ދެކޮޅަށް ރަނގަޅު ފައިޓެއް ދީފައިވާ ކަމަށް ވެސް ގަބޫލުކުރާ ކަމަށެވެ.

 

މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައި ވަނީ ނޭޕާލް ޓީމުގެ ޕްރަތީބާ މާލީ އެވެ. މީގެކުރިން ރާއްޖޭގެ ޓީމުތަކަށް ކުޅެފައިވާ ޕްރަތީބާ ބުނީ ރާއްޖެއާ ދެކޮޅަށް އެ ގައުމުގެ ދަނޑުގައި ކުޅެ މޮޅުވުމުން އެކަމާ ހިތްހަމަޖެހޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ ކުޅުންތެރިންނަށް މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާ ކަމަށެވެ.

 

މީގެ އިތުރުން އޭނާ ބުނީ ރާއްޖޭގައި މީގެ ކުރިން ކުޅުމުން އެކަމުގެ ފައިދާ ލިބުނު ކަމަށާއި، ރާއްޖޭ ބައެއް ކުޅުންތެރިން ކުޅޭ ސްޓައިލް ވެސް އެނގޭ ކަމަށެވެ. އިރާން މެޗަށް އެކަށީގެންވާ ވަގުތު އޮތްކަން ފާހަގަކުރަމުން ޕްރަތީބާ ބުނީ އެ މެޗުގައި ނެރެވެން އޮތް އެންމެ ރަނގަޅު ނަތީޖާ ނެރޭނެ ކަމަށެވެ.

 

މުބާރާތުގައި ދެން މެޗެއް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލް އަދި އީރާނެވެ. އީރާނަކީ އޭޝިއާގެ 8 ވަނަ އަށް އެންމެ މޮޅު އަންހެން ވޮލީ ޓީމެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް