15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ފަލަސުރުޙީ

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

  • ކޮރަޕްޝަންގެ އަމަލު ހިންގުމުގައި ބައިވެރި ވަނީ ދިވެހި ރައްޔިތުން
  • ރިޔާސީ އިންތިހާބުގައި ރައްޔިތުން ހޭލާ ތިބެންޖެހޭނެ
  • ގާޒީންނަން ރިޝްވަތު ވެސް ދެނީ ރައްޔިތުން
މުހަންމަދު ވިސާމް | sampathmasiw

| 27 ޖެނުއަރީ 2017 | ހުކުރު 22:39 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  3. ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!
  4. މިހާރު އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރައްވާފައިވާފައިވާ ފަނޑިޔާރުންތަކެއް: ސިރާޖް
  5. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  6. ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަންފަށައިފި
  7. ނާޒިމް ބޭނުންވަނީ އަނިޔާ ދިން މީހުނަށް ހައްގު އަދަބު ލިބެން
  8. ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!


ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ޝެއިހް ހުސެއިން ރަޝީދު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނީ ރައްޔިތުން އަނިޔާވެރިވުމުން ކަމަށް ޝައިހް ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

 

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހުސެއިން ރަޝީދު ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން ގަބޫލުކުރަންޖެހޭ ޙަގީގަތަކީ ރައްޔިތުންގެ ތެރޭގައި އަނިޔާވެރިކަން ދެމިއޮތިއްޖެ ނަމަ އެބައެއްގެ މައްޗަށް މާތް ﷲ ފާޅުކުރައްވާނީ އަނިޔާވެރިވެރިއެއް ކަން ކަމަށެވެ. މިއަދު ދިވެހި ރާއްޖޭގައި ކުށްކުރާ މީހުން ގިނަ ކަމަށާއި ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދައްކާއިރު ކޮރަޕްޝަންގެ އަމަލު ހިންގުމުގައި ވެސް ބައިވެރި ވަނީ ދިވެހި ރައްޔިތުން ކަމަށް ޝައިޚް ހުސައިން ރަޝީދު ވިދާޅުވިއެވެ.

 

މިސާލު ޖައްސަވަމުން ޝައިހް ހުސެއިން ވިދާޅުވީ ދިވެހި ރާއްޖޭގެ އަދުލުއިންސާފް ނިޒާމް އިންސާފްވެރި ނޫން ކަމުގެ ވާހަކަ ދައްކާއިރު ގާޒީންނަން ރިޝްވަތު ވެސް ދެނީ ދިވެހި ރައްޔިތުން ކަމަށެވެ. އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ކަންކަން ދިވެހި ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިއަސް ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

 

ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިފައިވާ ޙައްގަކަށް ވާއިރު ފެނިގެންދަނީ ވަކި ސިޔާސީ ޕާޓީއަކަށް މަގުމަތީގައި ހަރަކާތް ބޭއްވުމަށް ފުލުހުން ފުރުސަތު ދޭ ތަން ކަމަށެވެ. ޕީޕީއެމްގެ ޖަލްސާތަށް މަގުތައް ބަންދުކޮށްގެން ބާއްވާއިރު އެމްޑީޕީއަށް އެ ފުރުސަތު ނުލިބޭތީ ކަންބޮޑުވާ ކަމަށް އެނާ ވިދާޅުވިއެވެ.

 

ޝައިހް ވިދާޅުވީ ކާޑުގެ އަގު ދެގުނައަށް ބޮޑުކޮށް ކަރަންޓްގެ އަގު ބޮޑުކުރުމުން ވެސް ދިވެހި ރައްޔިތުންނަން އެކަން އިހްސާސް ނުކުރެވޭ ކަމަށެވެ. މިއަދު ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނު ފާސްކުރުމުން ރައްޔިތުންގެ ޙައްގުތަކުގެ ވާހަކަ ދައްކަން މަގުމައްޗަށް ނުކުތުމުގެ ފުރުސަތު ނެތް ކަމަށް ބުނާ ވާހަކަ ގާބޫލުނުކުރައްވާ ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

 

ދިވެހި ރައްޔިތުންގެ ތެރޭގައި ދިވެހި ފުލުހުންނާއި ސިފައިން އަދި ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތްކުރާ ފަރާތްތައް ވެސް ހިމެނޭ ކަމަށާއި އެފަރާތަކުގެ ސިކުޑި އިސްލާހް ނުވަނީސް މި އަނިޔާވެރިކަން ނުނިމޭނެ ކަމަށް ޝައިޚް ހުސެއިން ވިދާޅުވިއެވެ.

 

ޝެއިހް ހުސެއިން ވިދާޅުވީ ދިވެހި ރައްޔިތުންގެ ބޯމަތީގައި ވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު އޮތްއިރު ރައްޔިތުން ހޭލާ ތިބެންޖެހޭނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް