19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ކެރެލާގައި ފެންބޮޑުވުން

ކެރެލާގައި ފެންބޮޑުވި ސަރަހައްދުތަކަށް ބޮޑުވަޒީރު މޯދީ ވަޑައިގެންފި

  •  324 މީހުން ވަނީ މަރުވެފައި
  • 200،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައި
އަބުދުﷲ މުހައްމަދު | 8Abbo

| 18 އޯގަސްޓު 2018 | ހޮނިހިރު 09:34 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ބޮޑުވަޒީރު ނަރެންދުރަ މޯދީ 18 އޯގަސްޓް 2018 ވަނަ ދުވަހު ކޮޗިންއަށް ވަޑައިގަންނަވަނީ -- އިންޑިއާ ސަރުކާރު

އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކެރެލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ލިބިފައިވާ ގެއްލުންތައް އަމިއްލަފުޅަށް ބައްލަވާލެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ސްޓޭޓަށް ހުކުރު ދުވަހު ވަޑައިގެންފިއެވެ.

އޮފިޝަލުން ބުނާ ގޮތުގައި މިއީ ގަރުނެއްހާ ދުވަހުގެ ތެރޭގައި އެގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ފެންބޮޑުވުމުގެ ހާދިސާއެވެ.

ހަފްތާއެއްހާ ދުވަހު ކުރި ވިއްސާރައިގައި ކެރެލާގައި ފެންބޮޑުވެ ބިންގަޑު ކަނޑައިގެންގޮސް  324 މީހުން މަރުވެ 200،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.

އަސްކަރީ ހެލިކޮޕްޓަރުތައް ވެސް ބޭނުންކޮށްގެން މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. އަދިވެސް ވާރޭ ވެހޭނެ ކަމަށް ލާފާކުރެވިފައިވާއިރު އެ ސަރަހައްދަށް ވަނީ ރެޑް އެލަރޓް ނެރެފައެވެ. ހޮނިހިރު އަދި އާދީއްތަ ދުވަހު ވައިބާރު ވާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ.

ޖޫން މަހު ފެށުނު މި އަހަރުގެ ވިއްސާރަ މޫސުމުގައި އިންޑިއާގެ އެކި ހިސާބުތަކުން 1،000 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ކުއްލި އެހީގެ ގޮތުގައި ބޭނުންވާ ސާމާނު ހެލިކޮޕްޓަރުގައި އެތައް ސަރަހައްދަކަށް ގެންދެވިފައިވާއިރު ޚާއްސަ ރޭލެއްގައި ބޯފެން ވަނީ ފޮނުވާފައެވެ.

ކެރެލާގެ 14 ޑިސްޓްރިކްޓެއްގައި ސްކޫލްތައް ބަންދުކޮށްފައިވާއިރު ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކުގެ ސަބަބުން ޓޫރިސްޓުން ޒިޔާރަތްކުރު ވަނީ މަނާކުރެވިފައެވެ.

ބޮޑުވަޒީރު މޯދީ ކެރެލާއަށް ކުރައްވާ ޒިޔާރަތުގައި ހުކުރުދުވަހު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރިވަނަންތަ ޕޫރަމަށެވެ، އެ އަށް ފަހު ހޮނިހިރު ދުވަހު އެމަނިކުފާނު ދަތުރުފުޅު ފެއްޓެވީ ކޮޗިންއަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް