17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޕާކިސްތާން

އިމްރާން ޚާން ވިދާޅުވަނީ އާ ޕާކިސްތާނެއް އުފައްދަވާނެ ކަމަށް! ބޮޑު ވަޒީރު ކަމުގެ ހުވާކުރުން އޮތީ ހޮނިހިރު ދުވަހު

  • ގާނޫނު ހަދާ މަޖިލީހުގައި ހުކުރު ދުވަހު ނެގުނު ވޯޓު، އިމްރާން ޚާން ކަމިޔާބު ކުރައްވައިގެން ބޮޑުވަޒީރު ކަަމަށް ވަނީ ހޮވިވަޑައިގެންފައި
  • އިމްރާން ޚާން ގެ ހުވާ ކުރެއްވުން އޮތީ ހޮނިހިރު ދުވަހު
އަހުމަދު އަނޫޝު | IamAhmedAnoosh

| 18 އޯގަސްޓު 2018 | ހޮނިހިރު 00:42 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައިވާ އިމްރާން ޚާން -- އޭއެފްޕީ

ޕާކިސްތާނު ދުނިޔޭގެ މީޑީއާތަކުގެ ސުރުހީ އަށް އަރަނީ ކޮންމެވެސް ގޯސް ސަބަބަކާ ހެދިއެވެ. އެކަކަމާ ޝައްކެއް ނެތެވެ. މިސާލަކަށް ޖާނުންފިދާވެގެން ހަމަލާއެއް ދިނުމެވެ. ސްކޫލެއްގައި ބަޔަކު މަރާލުމުގެ ކޮންމެވެސް ހާދިސާއެކެވެ. ޕާކިސްތާނުގެ އެކި ހަނގުރާމަވެރި ޖަމާއަތްތައް ހަރަކާތްތެރިވާ ވާހަކައެވެ. މިފަދަ ކޮންމެވެސް އެއް ސަބަބެއް އަބަދުވެސް ދިމާވެ ޕާކިސްތާނު އޮންނަނީ ގޯސް ސަބަބުތަކަކަށްޓަކައި މީޑިއާގެ ފަލަ ސުރުހީން ޖާގަ ހޯދާފައެވެ.

ޕާކިސްތާނަށް ހަމަޖެހުން ބޭނުންވެއެވެ. ސުލްހަ ބޭނުންވެއެވެ. ޖުލައި މަހު 25 ވަނަ ދުވަހު ޕާކިސްތާނުގައި އާއްމު އިންތިޚާބެއް ބާއްވައިފިއެވެ. ވޯޓު ލުމުގެ ކުރިން ވެސް ހަމަނުޖެހުމާއި، ހިޔާނާތުގެ ސަބަބުން ކެމްޕެއިނަށް ހިޔަނި އެޅިފައިވާއިރު، ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް "ފާޅުކަން ބޮޑު ގޮތެއްގައި" މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށާއި އަދި ހަތަރު ޕްރޮވިންޝަލް ގާނޫނު ހަދާ މަޖިލީހަކަށް މެމްބަރުން ހޮވުމަށް އާއްމު އިންތިޚާބު ބޭއްވިއިރު، އިންތިޚާބު ބޭއްވުނު ދުވަހުވެސް ބޮމެއް ގޮއްވާލާ 31 މީހަކު މަރާލާފައިވެއެވެ.

ކޮންމެއަކަސް އިންތިޚާބުގެ ނަތީޖާއަށް ބަލާލަމާތޯއެވެ. މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް 151 ގޮނޑި ލިބިފައިވެއެވެ. އިންތިޚާބުގައި އަގުލަބިއްޔަތު ހޯއްދެވިއެވެ. އެހެނަސް މިއީ ސަރުކާރެއް އެކުލަވާލެވޭނެ އަގުލަބިއްޔަތެއް ނޫނެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތެއް ހޯދައި އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމަށްޓަކައި 172 ގޮނޑި ބޭނުންވެއެވެ. އިމްރާން ޚާން ދެން މަސައްކަތްޕުޅު ކުރެއްވީ ކުޑަ އެހެން ޕާޓީތަކާ ކޯލިޝަން ހެއްދެވުމުގެ މަސައްކަތްޕުޅެވެ. އިމްރާން ޚާންގެ ޕީޓީއައި އާ އެންމެ ގާތުން ވާދަކުރެއްވި، މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ލިބިފައި ވަނީ 82 ގޮނޑިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ލިބިފައި ވަނީ 53 ގޮނޑިއެވެ.

އިމްރާން ޚާން އަށް ސަރުކާރެއް އެކުލަވާލެވޭ ވަރަށް އަގުލަބިއްޔަތު ލިބިވަޑައިނުގަތުމުން އެމަނިކުފާނު އެހެން ޕާޓީތަކާ ކޯލިޝަން ހައްދަވާ މަސައްކަތްޕުޅު ކާމިޔާބު ކުރައްވައިފިއެވެ. އެންމެ ފަހުން ހުކުރު ދުވަހު އިވިގެން ދިޔަ އަޑަކީ އިމްރާން ޚާން، އެގައުމުގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް ގާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓު ކާމިޔާބު ކުރައްވައިގެން ހޮވިވަޑައިގަތް ޚަބަރެވެ. ރިޕޯޓުތައް ބުނާގޮތުން އިމްރާން ޚާން ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވާނީ ހޮނިހިރު ދުވަހުއެވެ. ހުކުރު ދުވަހު ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު އިމްރާން ޚާން ކާމިޔާބު ކުރައްވައިފައި ވަނީ 176 މެމްބަރުންގެ ތާއިދު ހޯއްދަވައިގެންނެވެ. އެމަނިކުފާނާއި ވާދަކުރެއްވި، ޕާކިސްތާން މުސްލިމް ލީގް-ނަވާޒް ނުވަތަ ޕީއެމްއެލް-އެން އަށް ގެ ރައީސް ޝެހްބާޒް ޝަރީފް އަށް ލިބިވަޑައިގެންނެވީ 96 ވޯޓެވެ.

2018 ވަނަ އަހަރުގެ އިންތިޚާބުގައި އިމްރާންގެ ސްލޯގަން އަކީ، "އައު ޕާކިސްތާން" އެވެ. އިމްރާން ޚާން އަށް ގައުމު ހިންގެވުމުގައި ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައުމު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަނޑުން ސަލާމަތްކުރެއްވުމެވެ. އެމަނިކުފާނު ވަނީ "އައު ޕާކިސްތާން" އެއް އުފައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ދެން އޮތީ ހަލަބޮލި ޕާކިސްތާން، އެމަނިކުފާނުގެ ދައުރުގައި ގެންނަވާނީ ކިހާ މިންވަރެއްގެ ހަމަޖެހުމެއްތޯ އާއި ގެންނަވާނީ ކިހާ މިންވަރެއްގެ ތަރައްގީއެއްތޯ ބަލަން ތިބުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް