21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ކާނަލް ނާޒިމް

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

  • އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ކާނަލް ނާޒިމް އަށް ބަދަލު ދޭން ޖެހޭ
ސަހުބާން ފަހުމީ | sahubaan

| 27 ޖެނުއަރީ 2017 | ހުކުރު 21:25 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  4. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ކާނަލް ނާޒިމް -- ރާއްޖެއެމްވީ

އދ. ގެ ވޯރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންގެ ނިންމުމާ އެއްގޮތަށް ރައީސް ޔާމިންގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ އެޑްވައިސަރ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް މިނިވަން ކުރުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

 

ކާނަލް ނާޒިމް މިނިވަންކޮށް ގެއްލުމުގެ ބަދަލު ދިނުމަށް ދިވެހި ސަރުކާރަށް އަންގާ އދ. ގެ ވޯކިން ގުރޫޕުން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް އަމަލު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

 

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އދ.ގެ ވޯރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަނުން އެމައްސަލަ ނިންމެވުމުގަ ފާހަގަކޮށްފައިވަނީ ސަރުކާރުން ކާނަލް ނާޒިމް ހައްޔަރުކޮށް ޖަލަށްލާފައިވަނީ އެއްވެސް ޤާނޫނީ ހަމައެއް ނެތި ކަމަށާއި އަދި އިންސާފްވެރި ޝަރީއަތެއްގެ ހަމަތަކުގެ މަތިން ނޫން ކަމަށެވެ.

 

ބަޔާނުގައި ބުނެފައިވާ ގޮތުގައި ކާނަލް ނާޒިމް ހައްޔަރު ކޮށްފައި ވަނީ އދ. ގެ އިންސާނީ ޙައްޤުތަކާއިބެހޭ މުއާހަދާގެ 3ވަނަ މާއްދާ އާއި، 9 ވަނަ މާއްދާ އާއި، 10 ވަނަ މާއްދާ އާއި، 11 ވަނަ މާއްދާ އާއި، އަދި 21 ވަނަ މާއްދާ އާއި ކަނޑައެޅިގެން ޚިލާފް ހައްޔަރުކުރުމެއް ކަމަށެވެ. ހަމައެފަދައިން އެ ހައްޔަރުކުރުމަކީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުއާހަދާގެ 9 ވަނަ މާއްދާ އާއި، 14 ވަނަ މާއްދާ އާއި، އަދި 25 ވަނަ މާއްދާއާ ވެސް ކަނޑައެޅިގެން ޚިލާފް ހައްޔަރެއް ކަމަށެވެ.

 

އެހެންކަމުން ކާނަލް ނާޒިމް ވަގުތުން މިނިވަންކުރުމަށާއި އަދި ނުޙައްޤުން ހައްޔަރުކޮށްފައިވުމުގެ ސަބަބުން އެމަނިކުފާނަށް ޙައްޤު ބަދަލު ލިއްބައިދިނުމަށް ވެސް އދ.ގެ ވޯރކިންގ ގްރޫޕުން ސަރުކާރަށް އަންގާފައިވާ އެންގުމާ އެއްގޮތަށް އަމަލު ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް