22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ދީން ހަތިޔާރަކަށް ނަގައިގެން ސިކުނޑިތަކަށް ސަވާރެއް ނުވެވޭނެ: ފައިސަލް

 • ހުކުރު ޙުތުބާ ސިޔާސީއެއް ނުކުރާނަން
 • މިސްކިތްތަށް މަރާމާތު ކުރުމަށް އެކަށީގެންވާ ހޭދައެއް ނުކުރޭ
 • މި ޖަލްސާއަކީ އއ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމުގެ ގޮތުން ބޭއްވި ޖަލްސާއެއް
މުހަންމަދު ވިސާމް | sampathmasiw

| 17 އޯގަސްޓު 2018 | ހުކުރު 23:06 | |

މަގުބޫލް

 1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
 2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
 4. އަލިދީގެ ތާއީދު އިބޫއަށް!
 5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
 6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
 7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
 8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ކޯލިޝަން ކެނޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އިންތިހާބުގެ ކެމްޕެއިން ކުރުމަށް ދީން ހަތިޔާރަކަށް ނަގައިގެން ދިވެހިންގެ ސިކުނޑިތަކަށް ސަވާރުވުމަށް މަސައްކަތް ކުރިނަމަވެސް އެކަމެއް ކާމިޔާބެއް ނުވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އއ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމުގެ ގޮތުން އެ އަތޮޅު ތޮއްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އިންތިހާބާއި ދީނާއި ގުޅުވައިގެން ޕީޕީއެމުން ވާހަކަ ދައްކަވާއިރު ރާއްޖޭގެ މިސްކިތްތަކުގެ މަރާމާތަށް ހޭދަ ކުރަނީ ކިހާވަރެއްތޯ ސުވާލު އުފައްދަވާފައެވެ. ރައީސް ޔާމީންގެ ސަރުކާރުން މިސްކިތްތަކުގެ މަރާމާތަށް އެކަށީގެންވާ ހޭދައެއް ނުކުރާކަން ފާހަގަކޮށް ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މިއަދު ދީން ހަތިޔާރަކަށް ނަގައިގެން ދިވެހިންގެ ސިކުނޑިތަކަށް ސަވާރުވުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ގުޅުފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އިސްލާމިކް މިނިސްޓަރީ މެދުވެރިކޮށް ހުކުރު ޙުތުބާ ސިޔާސީ ނުކުރާނެ ކަމަށެވެ.

ތޮއްޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން 

މީގެ އިތުރުން ފައިސަލް ވިދާޅުވީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ދިވެހިންނަށް ލިބިގެންވާ ފުރުސަތު ގެއްލުވާނުލުމަށެވެ. މި އިންތިހާބު ގުޅިފައިވަނީ ރައްޔިތުންގެ މުސްތަގުބަލާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ސަރުކާރުގެ އިސްބޭފުޅުންނަށް، ވެރިކަމަށް ވަޑައިގަންވަނީ ކޮންކަމެއް ކޮށްދެއްވަންތޯ ވެސް ހަދާންނެތް ކަމަށެވެ. އެކަން ތޮއްޑޫގެ ހަލާކުވެފައިވާ ބަނދަރާއި، ރަށުގެ މަގުތަކަށް ބަލާލުމުންވެސް ހާމަވާ ކަމަށެވެ.

ތޮއްޑޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވެ. ބުރާސްފަތި ދުވަހު ފައިސަލް ފެއްޓެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ. ހިމަންދޫއަށެވެ. އެއަށް ފަހު ދެން ވަޑައިގަތީ އެ އަތޮޅު މާޅޮސް، ފެރިދޫ އަދި މަތިވެރިއަށެވެ. ހުކުރު ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގެންނެވީ ބޮޑުފުޅުދޫއަށެވެ. އެއަށްފަހު އެ އަތޮޅު އުކުޅަހާއި، ރަސްދޫ އަދި ތޮއްޑޫއަށް ވަޑައިގެންނެވިއެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ޖުމްލަ އަށް ރަށަކަށް ވަޑައިގެންނެވުމަށްފަހު ތޮއްޑޫ ޖަލްސާއަށްފަހު ފައިސަލް މާލެ ވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް