18 ނޮވެންބަރު 2018 | އާދީއްތަ | 06 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

މި ދައްކަނީ 1800 ގެ އަހަރުތަކަށް ދާ ވާހަކައެއް ނޫން، އަމިއްލަ ރަށުން ހިދުމަތް ލިބޭ ގޮތަށް ތަރައްގީ ކުރެވޭނެ: އިބޫ

 • ޖަޒީރާ ރާއްޖެ ސިޔާސަތު ދަނީ އޮޅުވާލަމުން
 • ޑިޖިޓަލް ޒަމާނުގައި ހިދުމަތްތައް ހޯދަން އެއް ތަނަކަށް ޖަމާވާން ނުޖެހޭ
 • ރާއްޖެ ތަރައްގީ ކުރަން ބޭނުންވަނީ ލާމަރުކަޒީ ގޮތުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 17 އޯގަސްޓު 2018 | ހުކުރު 22:28 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
 6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: މުހައްމަދު ޝަރުހާން

ޖަޒީރާ ރާއްޖެ ސިޔާސަތަކީ ރާއްޖެ 1800 އަހަރުތަަކަށް ގެންދިޔުމުގެ ސިޔާސަތެއް ނޫން ކަމަށާއި އެއީ އެބަޔަކު ތިބި ތަނަކުން ބޭނުންވާ ހިދުމަތް ލިބޭ ގޮތަށް ރާއްޖެ ތަރައްގީ ކުރުމުގެ ސިޔާސަތެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއިން ކޮންމެ ހުކުރު ދުވަހެއްގެ ރޭ ގެނެސްދޭ "އިބޫ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ ޖަޒީރާ ރާއްޖެ ސިޔާސަތު ވަރަށް ބޮޑަށް އޮޅުވާލާ ކަމަށް ވިދާޅުވެފައެވެ. އިބޫ ވިދާޅުވީ މިއީ ޑިޖިޓަލް ޒަމާނެއް ކަމަށާއި އެހެންކަމުން ކޮންމެހެން ވަސީލަތްތައް ނުވަތަ ހިދުމަތްތައް ހޯދަން އެއް ތަނަކަށް ޖަމާވާން ނުޖެހޭ ކަމަށެވެ. އިބޫ ވިދާޅުވީ ކ. މާފުއްޓަކީ އެފަދަ ތަރައްގީގެ ރީތި މިސާލެއް ކަމަށާއި ގުދުރަތީ ގޮތުން ރާއްޖެއަކީ މުއްސަދި ގައުމަކަށްވުމާއެކު ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ. 

"އެރަށެއްގައި ތިބެގެން ލިބެންވާ ހިދުމަތްތައް ލިބޭ ގޮތަށް އަޅުގަނޑުމެން ނިޒާމު ގާއިމު ކޮށްދޭ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އަޅުގަނޑުމެން މި ދައްކަނީކީ މީގެ 1800 އަހަރުތަކުގެ ތެރެއަށް ދާވާހަކައެއް ނޫން. ނޫނިއްޔާ 1700 އަހަރުތަކުގެ ތެރެއަށް އެނބުރި ދާ ވާހަކައެއް ނޫން. އެބަޔަކު ތިބި ތަނެއްގައި ތިބެ، މިއީ ޑިޖިޓަލް ޒަމާނެއް އިނގޭތޯ. ކޮންމެހެން ވަސީލަތްތައް ހިދުމަތްތައް ހޯދާކަށެއް އައިސް އެއް ތަނަކަށް ޖަމާވެ ތިބޭކަށެއް ނުޖެހޭ. ރާއްޖެ ތަރައްގީ ކުރެވޭނެ އެގޮތަށް." މި ޕްރޮގްރާމްއަށް ދެއްވި އިންޓަވިއުގައި އިބޫ ވިދާޅުވިއެވެ. 

އިބޫ ވިދާޅުވީ ރާއްޖެ އުފެދިފައި އޮތީ ޖަޒީރާވަންތަ ގައުމެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ރާއްޖެ ތަރައްގީ ކުރަން ބޭނުންވަނީ ލާމަރުކަޒީ ގޮތުން ކަމަށެވެ. ޖަރީވަންތަކަން ބަދަލުނުކުރެވޭނެކަން އެނގެން ޖެހޭ ކަމަށާއި އުފަން ރަށުގައި ތިބެގެން ލިބެން ޖެހޭ ހިދުމަތްތައް ލިބޭނެ ގޮތަށް ރާއްޖެ ތަރައްގީ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އެފަދަ ހިދުމަތްތައް ހޯދަން ރަށް ދޫކޮށްލުމަށްފަހު އެހެން ތަނެއްގައި ވަޒަންވެރިވާން ނުޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ. 

"އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ އަޅުގަނޑުމެން ދިވެހިރާއްޖެ ތަރައްގީ ކުރަން ބޭނުންވަނީ ޖަޒީރާވަންތަ ޑީސެންޓްރަލައިޒްޑް (ލާމަރުކަޒީ) ސިޔާސަތެއްގެ ތެރެއިންނޭ. އެއީ ރާއްޖެ އުފެދިފައި މިއޮތީ ޖަޒީރާވަންތަ ގައުމެއްގެ ގޮތުގައި. އެއީކީ އަޅުގަނޑުމެންނަށް ބަދަލު ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ އެބަޔަކު ބޭނުންވާ ރަށެއްގައި އުފަން ރަށުގައި އުޅެން ބޭނުން ކަމަށް ވަންޔާ އެފުރުސަތު އަޅުގަނޑުމެން ދޭނަމޭ." އިބޫ ވިދާޅުވިއެވެ. 

ޖަޒީރާ ރާއްޖެއަކީ އިދިކޮޅު ކޯލިޝަންގެ ވައުދު ނާމަ ބިނާވެފައިވާ ސިޔާސަތެވެ. އެހެން ނަމަވެސް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ޖަޒީރާ ރާއްޖެ ސިޔާސަތަކީ ރާއްޖެ 1800 ގެ އަހަރުތަކަށް އަލުން ގެންދިޔުން ކަމަށް ބުނެ އެ ސިޔާސަތު ވަރަށް ބޮޑަށް އޮޅުވާލަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް