14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހ

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

  • ކެރޭން މައްސަލައާއި ގުޅިގެން ދައުވާއުފުލުނު މީހުންގެތެރޭގައި ސައުދީ ބިލިއަނަރަކާއި ޕާކިސްތާނާއި، ފިލިޕީންސްއާއި، ކެނެޑާ އަދި އަރަބި ބައެއް ގައުމުތަކުގެ މީހުން ހިމެނޭ
އަހުމަދު އަނޫޝު | IamAhmedAnoosh

| 27 ޖެނުއަރީ 2017 | ހުކުރު 18:45 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ކެރޭން ވެއްޓުނު ހާދިސާ ތެރެއިން -- ގޫގުލް

މީގެ ދެ އަހަރު ކުރިން ހައްޖު މޫސުމުގެ ތެރޭގައި މައްކާގެ ހަރަމްފުޅުގެ މައްޗަ ކެރޭނެއް ވެއްޓި 100 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއާ ގުޅިގެން 13 މީހެއްގެ މައްޗަށް އުފުލުނު ދައުވާތައް ކޯޓުން ބޭރުކޮށްލައިފިއެވެ.

 

ކެރޭނު ވެއްޓުނު ހާދިސާ ވަރަށް ގާތުން ކަވަރު ކުރަމުން ދިޔަ ސައުދީގެ ދުވަހު ނޫހެއް ކަމަށްވާ އޮކާޒް އިން ބުނީ ކޮށްފައިވާ ދައުވާއަކީ ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވުމުގެ ދައުވާއެއް ކަމަށާއި އެހެން ނަމަވެސް ކޯޓުގެ އިހްތިސާސްގެ ތެރޭގައި އެފަދަ މައްސަލަތައް ބެލުން ނުހިމެނޭ ކަމަށް މައްކާގެ ޖިނާއީ ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

 

ކެރޭން މައްސަލައާ ގުޅިގެން ދައުވާ އުފުލުނު މީހުންގެ ތެރޭގައި ސައުދީ ބިލިއަނަރަކާއި ޕާކިސްތާނާއި، ފިލިޕީންސް، ކެނެޑާ އަދި އަރަބި ބައެއް ގައުމުތަކުގެ މީހުން ހިމެނެއެވެ.

 

މައްސަލަ ނުބެލޭނޭ ކަމަށް ކޯޓުން ހުކުމް ކުރުމުން، މައްސަލަ ހުށަހެޅި ދައުލަތުގެ ވަކީލުން ހުކުމާ ދެކޮޅުހެދި ކަމަށާއި އަދި ހުކުމް އިސްތިއުނާފް ކުރާނޭ ކަމަށް ވެސް އޮކާޒް ނޫހުން ބުނެއެވެ.

 

އޮކާޒް ދުވަހު ނޫހާއި، ސައުދީ ގެޒެޓުން ޝަރީއަތް ފެށި ދުވަހު ރިޕޯޓް ކޮށްފައި ވަނީ ޝަރީއަތް ފެށީ 14 މީހެއްގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް މައްކާގެ ޖިނާއީ ކޯޓުން މައްސަލަ ބޭރުކޮށްލިއިރު ބުނެފައިވަނީ 13 މީހެއްގެ ވާހަކައެވެ. އެކަން ވީގޮތެއް އަދި ސާފުނުވާ ކަމަށް އޮކާޒް ނޫހުން ރިޕޯޓު ކުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް