24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ދިރާގުގެ ޕެކޭޖްތައް

ދިރާގުން ބޮޑު އީދަށް ބޮޑު ޑޭޓާ ޕެކް ތަކެއް!

  • ދިރާގުން ވަނީ ދެ ޑޭޓާ ޕެކޭޖެއް ތައާރަފް ކޮށްފައި
  • ޕެކޭޖްތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮ ކޮށްފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 17 އޯގަސްޓު 2018 | ހުކުރު 17:26 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ދިރާގުގެ ހެޑް އޮފީސް -- ގޫގުލް

ދިވެހިރާއްޖޭގައި މުއާސަލާތީ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ބޮޑު އީދާ ދިމާކޮށް ޑޭޓާ ޕެކްތަކެއް ތައާރަފް ކޮށްފިއެވެ.

އެގޮތުން ދިރާގުން އީދަށް މުޅިން އާ ދެ ޕެކޭޖެއް ވަނީ ތައާރަފް ކޮށްފައެވެ. އަދި އެ ޕެކޭޖްތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. އެގޮތުން ދިރާގުގެ ފުރަތަމަ ޕެކޭޖްއި 250 ރުފިޔާއަށް 5 ޖީބީގެ ޑޭޓާ ލިބޭއިރު ދެވަނަ ޕެކޭޖްއިން 350 ރުފިޔާއަށް 10 ޖީބީގެ ޑޭޓާ ލިބެއެވެ.

އެ ޑޭޓާ ޕެކް ތައް ބައްލަވައިގަތުމަށް ދިރާގު އެޕް ބޭނުން ކުރެވޭނެއެވެ. އަދި #*123*6*5 އަށް ގުޅައިގެން ނުވަތަ ADD (space) Keyword ޖެއްސެވުމަށް ފަހު 343 އަށް އެސް އެމް އެސް ކުރައްވައިގެންވެސް އެ ޑޭޓާ ޕެކްތައް ގަނެވޭނެއެވެ. ފަސް ޖީބީގެ ޑޭޓާ ގަތުމަށް ބޭނުންކުރާ ކީވޯޑަކީ "EID 5GB" އަދި 10 ޖީބީގެ ޑޭޓާ ގަތުމަށް ބޭނުންކުރާ ކީވޯޑަކީ "EID 10GB" އެވެ.

އެ ޑޭޓާ ޕެކްތައް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް އަދި ދިރާގު އައު ޕްރީޕެއިޑް ގެންގުޅުއްވާ ކަސްޓަމަރުންގެ އިތުރުން ޝޭރާ (ބަންގްލަދޭޝް) ސިމްކާޑު ގެންގުޅޭ ފަރާތްތަކަށް 17 އޮގަސްޓްއިން ފެށިގެން 20 އޮގަސްޓްގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް އެ ޑޭޓާ ޕެކްތައް 30 އޮގަސްޓް 2018ގެ ނިޔަލަށް ބޭނުން ކުރެވޭނެއެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކް އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ބޭނުން ކުރެވޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް inf[email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް