18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ސިހުރު ހެދުން

އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފި

  • މިމައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އާއި އިސް މުއައްޒަފެއް
  • ކައުންސިލްގެ ދެމުވައްޒަފުންގެ ބަންދަށް 8 ދުވަސް ޖަހާފައިވާއިރު އާންމުންގެ ދެމީހުންގެ ބަންދަށް 5 ދުވަސް ވަނީ ޖާހަފައި
އަމްނާ އިމާދު | @amnabinthimad

| 17 އޯގަސްޓު 2018 | ހުކުރު 16:55 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ސިހުރު ހަދާކަމަށް ބުނެ ހައްޔަރުކުރި ބައެއް މީހުން މިއަދު މުއްދަތު ޖެހުމަށް ކޯޓަށް ވައްދަނީ :ފޮޓޯ: ރިޔާޒް -- ޓްވިޓަރ

އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ހދ. ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމު ކުޅުދުއްފުށީގެ ކައުންސިލަރު ވިދާޅުވީ ސިހުރު ހަދާކަމުގެ ތުހުމަތުގައި ހުކުުރ ދުވަހު އިތުރު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެތަނުން އެކަކު ހައްޔަރު ކުރީ މިއަދު ފަތިހު ކަމަށެވެ 

މިމައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އާއި އިސް މުއައްޒަފަކެވެ. ކައުންސިލަރަކު ވިދާޅުވީ މިދެމީހުން ހައްޔަރުކުރީ ބުރާސްފަތި ދުވަހު ކައުންސިލް އިދާރާ ބަންދު ކުރިތަނުން ކަމަށެވެ. މިމައްސަލާގައި ހައްޔަރު ކުރެވުނު މިހަތަރު މީހުން މިއަދު ކުޅުދުއްފުށީ ކޯޓަށް މުއްދަތު ޖެހުމަށް ގެންދިޔަ ކަމަށާއި، ކައުންސިލްގެ ދެމުވައްޒަފުންގެ ބަންދަށް 8 ދުވަސް ޖަހާފައިވާއިރު މިއަދު ހައްޔަރުކުރި އާންމުގެ ދެމީހުންގެ ބަންދަށް 5 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. އަދި މިމައްސަލާގެ އިތުރު މައުލޫމާތު ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމީހުން ދިރިއުޅޭ ގޭގެ މީހުން ބުނި އޭގެން ގެންދިޔައީ ތައުލީމީ ދިޔާނާ ފޮތަކާ ދެން ދީނީ ގޮތުން އާންމުން ގެންގުޅޭ މައުލޫމާތު ހުރި ފޮތްތަކެއް ކަމަށް. ސިހުރު ހަދަން ބޭނުންވާ އެއްޗެއް ނޫނީ ފޮތެއް ވެސް ނުގެންދާ ކަމަށް އެއާއިލާތަކުން އަޅުގަނޑުމެންނަށް މައުލޫމާތުދެނީ" ކައުންސިލަރު ވިދާޅުވިއެވެ

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހުން ހައްޔަރުކުރުމުގެ ކުރިން އެމީހުންގެ ފޯނު ވަނީ ފުލުހުން ގެންގޮސްފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައިއެއް ނުވެ އެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ 22:54 ކުޅުދުއްފުށީގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ކޯޓު އަމުރުގައި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކައި ސިހުރު ހާހޫރަ ހަދައި އަދި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވޭތީކަމަށެވެ. އަދި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ އެންމެހައި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވަނީ ކޯޓު އަމުރުގައި ފުލުހުންނަށް ހުއްދަދީފައެވެ.

ފުލުހުން ހޯދަން ބޭނުންވާ ތަކެތިކަމަށް އެ ކޯޓު އަމުރުގައި ބުނެފައިވަނީ ޕެންޑްރައިވެއްގެ އިތުރުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ އެންމެހައި ތަކެތީގެ އިތުރުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ އެންމެހައި ލިޔެކިޔުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ަިޖަހަާ

6 މަސް ކުރިން

ދެން ވެސްް އަތްޖަހާ

0
0
ހަޟަވެރކަން

6 މަސް ކުރިން

ސިހުރު ހަދާ މީހުން ދޭތެރެ ދޭތެރެއިން ހައްޔަރު ކުރި ނަމަވެސް ޤާނުނުލް އުޤޫބާތުގައި ސިހުރު ހެދުން އެއީ ކުށެއް ކަމަށް މިހާރު ބަޔާންކޮށްފައެއް ނޯވެއެވެ. އެހެންކަމުން ސިހުރު ހެދުމަކީ ކުށެއް ކަމަށް ޤާނޫނުލް އުޤޫބާތުގައި ހިމަނަން މިހާރު ސަރުކާރުން ވަަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. ޤާނޫނުލް އުޤޫބާތު އިސްލާހު ކުރުމުގެ ބިލް މިހާރު އޮތީ މަޖިލީހުގެ ކޮމެޓީ މަރުހަލާގައެވެ!؟

0
0
މުޝްތާޤް

6 މަސް ކުރިން

މިދެމީހުން ހައްޔަރު ކޮއްފައިވަނީ ހުލުހުންގެ ސިހުރު ހާހޫރު ޑިޕާރމަންޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން. މިޑިޕާރޓްމެންޓުން ވަނީ ޔާމީނުގެ ރައްކަލަކަށްޓަކައި ވަރަށް ޒިންމާދާރުކަމާއި އެކު ސިހުރު ހާހޫރު މުޅިރާއްޖެ ހިމެނޭ ގޮތަށް ސެކޭނެއް ކޮއްފައި.ހ

0
0
Musthofaa iburaahim

6 މަސް ކުރިން

Konmegotheh hadhaafaves thikankureveytho balaathi

0
0