23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބޮލީވުޑް

އެންގޭޖްމެންޓް ޕާޓީއަށް ނިކް ޖޯނަސް އާއިލާ އާއި އެކު އިންޑިއާއަށް

  • މި ދެމީހުންގެ ގުޅުން އޮފިޝަލްކޮށް ހާމަ ކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 17 އޯގަސްޓު 2018 | ހުކުރު 12:44 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް -- ގޫގުލް

ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސްގެ އެންގޭޖްމެންޓް ޕާޓީއަށް ނިކް އޭނާގެ މަންމަ އާއި ބައްޕަ އާއި އެކު އިންޑިއާއަށް ގޮސްފިއެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ހުކުރު ދުވަހުގެ ރޭ އިންޑިއާއަށް ދިޔައިރު އޭނާ ރިސީވް ކުރަން ޕްރިޔަންކާ އެއަރޕޯޓަށް ދިޔަ ކަމަށް ޚަބަރުތައް ބުނެއެވެ.

ނިކް އޭނާގެ މަންމަ އާއި ބައްޕަ އާއި އެކު އެއާޕޯޓުން ނުކުންނިކޮށް، ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް ވަނީ ފެނިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނިކް އާއިލާ އާއި އެކު އިންޑިއާއަށް ގޮސްފައި މިވަނީ ޕްރިޔަންކާ އާއި އޭނާގެ އާއިލާ އާއި ބައްދަލު ކުރުމަށެވެ.

އަދި މި ދެމީހުންގެ ގުޅުން އޮފިޝަލްކޮށް ހާމަ ކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ބާއްވާ ޚާއްސަ ހަފްލާއެއްގައެވެ.

އާއިލާއާއި ގާތް މީހަކާއި ހަވާލާދީ އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވަނީ މެހެމާނުންނަށް ޚައްސަކޮށް ހޮޓެލަކުން 200 ރޫމް ޕްރިޔަންކާ ބުކްކޮށްފައިވާ ކަމަށެވެ.

 މިދެމީހުން އެންގޭޖް ކޮށްފައިވަނީ މިދިޔަ ޖުލައި މަހު ޕްރިޔަންކާގެ އުފަންދުވަހު ލަންޑަންގައި ކަމަށް ޚަބަރުތައް ބުނެއެވެ.

ޕްރިޔަންކާގެ އެންގޭޖްމަންޓް ރިންގް އާންމުންނަށް ފުރަތަމަ ފަހަރު ފެނިފައިވަނީ މަނިޝްމަލޯތްރާގެ ޕާޓީގައި ރަވީނާ ތަންޑަން އާއި އެކު ނަގާފައިވާ ސެލްޕީއެއް ގައެވެ. ރަވީނާ އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯގައި ޕްރިޔަންކާގެ ރިންގް ފިންގާގައި އާޅާފައިވަނީ ހަތަރެސްކަން ޑައިމަންޑެއް ޖަހާފައިވާ ސިލްވަރ ކުލައިގެ ރިންގެކެވެ.

މި ދެމީހުން އެންގޭޖް ކުރިކަމުގެ އަޑު ފެތުރެން ފަށާފައިވަނީ "ބާރަތް" ގެ ޕްރޮޑިއުސަރ އަލީ އައްބާސް ޒަފަރު އޭނާގެ އަންނަން އޮތް ފިލްމް "ބާރަތް" ޕްރިޔަންކާ ދޫކޮށްލިކަން ކުއްލި ގޮތަކަށް އަންގާފައިވާ ކަމަށާއި "ބާރަތް" ދޫކޮށްލީ ވަރަށް ޚާއްސަ ސަބަބަކާއި ހުރެ ކަމަށް ބުނުމުންނެވެ.

އުމުރުން 36 އަހަރުގެ ޕްރިޔަންކާއާއި ނިކް، 25 ފުރަތަމަ ފަހަރަށް އެއްކޮށް ފެނިފައިވަނީ 2017 ވަނަ އަހަރު މެޓް ގާލާ އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް