18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ބީޓީބީ ބަޔާން ހުށަހަޅަން ނުޖެހ

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

  • މީރާއިން އެގޮތަށް ހަމަޖައްސަފައިވަނީ ބީޕީޓީގެ ގަވާއިދަށް ގެނައި އިސްލާހެއްގެ ދަށުން
  • އައު އިސްލާހުގައިވާގޮތުން އެ އަދަދު ވަނީ އެއް މިލިޔަން ރުފިޔާއަށް ބޮޑުކޮށްފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 27 ޖެނުއަރީ 2017 | ހުކުރު 18:01 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު
  8. އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ވަކި ފަރުދެއްގެ ނުވަތަ ޕާރޓްނަރޝިޕެއްގެ ޖުމްލަ އާމްދަނީ އަހަރެއްގެ މައްޗަށް އެއް މިލިޔަން ރުފިޔާއަށް ވުރެން އިތުރުނުވާނަމަ އަދި ޓެކްސް ބިނާ ކުރެވޭ ފައިދާ 500،000 ރުފިޔާއަށް ވުރެން އިތުރުނުވާނަމަ ،އެއަހަރަށް އެފަރާތަކުން ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފިއެވެ.

މީރާއިން އެގޮތަށް ހަމަޖައްސަފައިވަނީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ނުވަތަ ބީޕީޓީގެ ގަވާއިދަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.

ޖުމުލަ 750،000 ރުފިޔާއަށް ވުރެން އިތުރަށް އާމްދަނީ ލިބޭނަމަ ކުރިން ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ކަނޑައަޅާފައި އޮތް ނަމަވެސް އައު އިސްލާހުގައިވާގޮތުން އެ އަދަދު ވަނީ އެއް މިލިޔަން ރުފިޔާއަށް ބޮޑުކޮށްފައެވެ.

މީރާއިން ބުނީ މި ލުއިގެ ސަބަބުން ކުދި ވިޔަފާރިތައް ހިންގާ އަމިއްލަ ފަރުދުންނާއި ޕާޓްނަރޝިޕް ތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކުދި ވިޔަފާރިތަކަށް މީރައިން ދެމުންދާ ލުއިތަކުގެ ތެރެއިން 10 މިލިއަން ރުފިޔައަށް ވުރެން މަދުން އާމްދަނީ ލިބޭ ފަރާތްތަކުން ހިސާބުތައް ބެލެހެއްޓުމުގައި " ކޭޝް ބޭސިސް" ޚިޔާރު ކުރުމުގެ ފުރުސަތުދީ އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ވަނީ ހަމަޖައްސާފައެވެ.

އޮޑިޓް ކުރަންޖެހޭ ކުދި ވިޔަފާރިތަކަށްވެސް އޮޑިޓަރުން ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮޑީޓަރުން އައްޔަން ކުރުމުގައި ވިޔަފާރިތައް ގިންތި ކުރެވިފައިވާ ގޮތަށްވެސް މީރައިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް