15 އޮކްޓޯބަރ 2018 | ހޯމަ | 12 ހިތަ
06 ޞަފަރު 1440
އިޝާ 19:06
މަޣްރިބް 17:55
އަސްރު 15:10
މެންދުރު 11:56
އިރުއަރާ 05:49
ފަތިސް 04:38

ލޯކަލް ކައުންސިލް އިންތިހާބު

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

  • މާސްޓަރ ޓްރެއިނަރުން ހޯދުމަށް ފުރުސަތު ހުޅުވާލީ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތި ނުލުމުން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 27 ޖެނުއަރީ 2017 | ހުކުރު 17:40 | |

މަގުބޫލް

  1. ކަަމަދޫ ކައުންސިލްގެ ރައީސް ރޭ ޕީޕީއެމްގެ މުޒާހަރާގައި، މިއަދު ފުލުހުންގެ ހައްޔަރުގައި!
  2. ޔަހްޔާ އާއި ޔާމީނާ ތަފާތެއް އެބަ ހުރިތަ؟
  3. އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!
  4. ޓީވީއެމްގެ ކުރީގެ މުވައްޒަފުން އިންތިޚާބީ ރައީސް ސޯލިޙަށް މަރުހަބާ ދަންނަވައިފި
  5. ރައްޔިތުންގެ ވޯޓް ފޭރިގެންފި ނަމަ މަޑަކުން ނުތިބޭނެ: ހަސަން ލަތީފް
  6. ތިން ގަޑިއިރު ކުރިން ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިއު ހަދައިފި
  7. ޕީޕީއެމް ކެމްޕެއިންގ އަށް އެޗްޑީސީން 30 މިލިއަނަށް ވުރެ ގިނަ އިން ހަރަދުކުރިކަން ހާމަވެއްޖެ!
  8. ޮޫވޯޓު އޮޅުވާލުމަށް ގެނައި އަނގޮޓިތައް ޕީޕީއެމްގެ އެކްޓިވިސްޓުންގެ އަތުގައި މިހާރު ވެސް އެބަހުރި: ސިނާން


އިލެކްޝަންސް ކޮމިޝަނުގެ އިދާރާ -- ގޫގުލް

އިލެކްޝަންސް ކޮމިޝަނުން އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ހިންގުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައިނުވާތީ އަލުން އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ހިންގުމަށް ކޮންމެ އަތޮޅަކުން މާސްޓަރ ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރާނެ ތިނެއް ނުވަތަ ހަތަރު މީހުން ހޯދަން އިއުލާނުކުރުމުން އަތޮޅުތަކުން ބޭނުންވާ އަދަދަށް މީހުން ލިބިފައިނުވާ ކަމަށެވެ. އެހެން ކަމުން އަނެއްކާވެސް އެއަތޮޅުތަކަށް ޓެރެއިނަރުން ހޯދުމަށް އެ ކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާސްޓަރ ޓްރެއިނަރެއްގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކަށް އަންނަ މާރޗު މަހުގެ 17 އިން 25 އަށް ޓްރެއިނިންއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ޓްރެއިނިންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

 މިގޮތަށް ތަމްރީނު ކުރުމަށް ފަހުގައި މާރޗު 26 އިން އޭޕްރީލް 6 އަށް މާލެއާއި އަތޮޅުތަކުގައި ޓްރެނިން ޕްރޮގްރާމުތައް ހިންގުމުގައި މި ފަރާތްތައް ހަރަކާތްތެރިވާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މާސްޓަރ ޓްރެއިނަރަށް ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިއަ ހަފްތާގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލް ކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ވެސް އަވަސްކޮށްފަ އެވެ. އެގޮތުން އޮފިޝަލުންނަށް ވުމަށް އެދި ކުރިމަތިލާ އެންމެ ފަހު ތާރީހަކީ މިމަހުގެ 31 ވަނަ ދުވަހެވެ.

ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އޮތް ކައުންސިލް އިންތިހާބް ދެ މަސް ދުވަސް ފަސްކުރީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އަދި މިހާރު ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އެޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް