
| 17 އޯގަސްޓު 2018 | ހުކުރު 00:41 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދާދިފަހުން ދިން ދެ ހަމަލާއަކީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ހަމަލާ ކަމަށް އެޖަމާއަތުން ބުނެފިއެވެ.
ބުދަ ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޓިއުޝަން ސެންޓަރަކަށް ދިން ހަމަލާގައި 48 މީހަކު މަރުވެފައިވާއިރު، މަރުވެދިޔައީ ގިނައިން ކިޔަވާ ކުދިންނެވެ. އަދި ބުރާސްފަތި ދުވަހު ވަނީ އަފްޣާނިސްތާނުގެ އިންޓެލިޖެންސް ޚިދުމަތުގެ ޓްރެއިނިން ސެންޓަރަކަށްވެސް ހަމަލާދީފައެވެ.
އައިއެސް އިން ބުނެފައި ވަނީ ބަޔާން ކުރެވުނު ދެހަމަލާ އަކީ އެ ޖަމާއަތުގެ "ކޮމާންޑޯ" އޮޕަރޭޝަނެއް ކަމަށެވެ. މިހަމަލާތަކާ ގުޅިގެން އަފްޣާނިސްތާނުގެ އޮފިޝަލުން ބުނެފައި ވަނީ ހަނގުރާމަވެރިންގެ ދެ މީހަކު މަރާލާފައިވާ ކަަމަށެވެ. ހަމަލާތަކުގެ ޒިންމާ އައިއެސް އިން ނަގާފައި ވަނީ އެ ޖަމާއަތުގެ މީޑިއާ އައުޓްލެޓް، އަމަގް މެދުވެރިކޮށެވެ. ބުރާސްފަތި ދުވަހު ދިން ހަމަލާތަކާ ބެހޭގޮތުން ހަނގުރާމަވެރިން ބުނެފައި ވަނީ 110 މީހުން މަރު ނޫނީ ޒަޚަމްވެފައިވާ ކަމަށެވެ.
ހަނގުރާމަވެރި ޖަމާއަތްތަކުން ފާއިތުވެދިޔަ ދުވަސްތަކުގައި އަފްޣާނިސްތާނުގައި ހަމަލާތައް ދިނުން އިތުރުކޮށްފައިވާއިރު، ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ޣަޒްނީ އަށް ވަރުގަދަ ހަމަލާއެއް ދާދިފަހުން ދީފައެވެ. އޮފިޝަލުން ބުނެފައި ވަނީ ޣަޒްނީ އަށް ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އަފްޣާނިސްތާނުގެ 100 ސިފައިން މަރުވެފައިވާ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް