25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

ނޫ އިޤްތިސާދުގައި އިސްރާފު ކަނޑާލާނެ، އާމްދަނީ ހޯދާނެ ވަސީލަތްތައް ކުނިންވެސް ހޯދާނަން: ހަސަން ލަތީފް

 • ކޮންމެ އަތޮޅެއް، އެ އަތޮޅެއްގެ ދުނިން އެތެރޭގައިވާ އިޤްތިސާދީ ވަސީލަތްތަކަކީ އެ އަތޮޅަކަށް އަނބުރާ ހޯދައިދޭނެ ވަސީލަތްތަކެއް
 • ރައީސް ޔާމީން މިހާރު ކުރައްވަން އުޅުއްވާ މަސައްކަތަކީ އިންތިހާބު ޖަހައިގަތުން
 • އަޅުގަނޑުމެން އާމްދަނީ ހޯދާނެ ވަސީލަތްތައް ކުނިންވެސް ހޯދާނަން
ސިމާހާ ނަސީމް | sim_kamana

| 16 އޯގަސްޓު 2018 | ބުރާސްފަތި 23:17 | |

މަގުބޫލް

 1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
 3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
 4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
 6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
 7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
 8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


އއ. މަތިވެރީގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ކޯލަޝަންގެ ވެރިކަމެއްގެ ނޫ އިޤްތިސާދުގައި އިސްރާފު ކަނޑާލާނެ ކަމަށާއި، އާމްދަނީ ހޯދާނެ ވަސީލަތްތައް ކުނިންވެސް ހޯދާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އއ. މަތިވެރީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ޖާޒީރާ ދިވެހިރާއްޖެ އަކީ ނޫ އިގްތިސާދެއްގެ ސިޔާސަތުތައް ތަންފީޒު ކުރާ އޯގާތެރި ސަރުކާރަކުން އިންސާފު ލިއްބައިދޭ، ފަހުރުވެރި ދިވެހި އާއިލާތަކަށް ޖަޒީރާ ދިރިއުޅުމެއް އުޅެވޭނެ ރާއްޖެއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ނޫ އިޤްތިސާދުގައި ވަނީ އިސްރާފު ކަނޑާލާފައި އެއީ އިސްރާފު ކުޑަ އިޤްތިސާދެއް، ބާކީ އަކީ އަކީ އަޅުގަނޑުމެންނަށް ބާކީ އެއް ނޫން އަދި ހަމައެހެންމެ ކުންޏަކީ އަޅުގަނޑުމެންނަށް ކުންޏެއް ވެސް ނޫން، އެ އިޤްތިސާދުގައި ކުންޏަކީ އާމްދަނީ، އަޅުގަނޑުމެން އާމްދަނީ ހޯދާނެ ވަސީލަތްތައް ކުނިންވެސް ހޯދާނަން އަދި މި ދެންނެވިހެން އެއްވެސް ބާކީއެއް އަޅުގަނޑުމެން ބާކީއެއް ނުކުރާނަން" ހަސަން ލަތީފް ވިދާޅުވިއެވެ.

ކޮންމެ އަތޮޅެއް، އެ އަތޮޅެއްގެ ދުނިން އެތެރޭގައިވާ އިޤްތިސާދީ ވަސީލަތްތަކަކީ އެ އަތޮޅަކަށް އަނބުރާ ހޯދައިދޭނެ ވަސީލަތްތަކެއް ކަމަށާއި ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ޖަރީޒާ ފަތުރުވެރިކަން ޤާއިމްކޮށް ހަރުދަނާ ކުރާނެ ކަމަށާއި އުފެއްދުންތެރި ޒުވާނުންގެ ޖީލެއް ކޯލިޝަން ސަރުކާރުން ޤާއިމްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންސާފު ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ކޯލިޝަން ސަރުކާރުން ބައްޓަން ކުރާނެކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ ފަނޑިޔާރު ގެއަށް އިތުބާރު ހިފޭ ކަހަލަ ފަނޑިޔާރު ގެތަކެއް ހޯދައިދޭނެ ކަމަށެވެ.

ރާއްޖެ ސިންގަޕޫރު ފެންވަރަށް ތަރައްޤީ ކުރާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި އެކަން ކުރަން މި ސަރުކާރުން ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުރިހާ ކަމެއް ކުރައްވަން އުޅުއްވަނީ އޮޅުވާލައިގެން ކަމަށާއި އެމަނިކުފާނު މިހާރު ކުރައްވަން އުޅުއްވާ މަސައްކަތަކީ އިންތިހާބު ޖަހައިގަތުން ކަމަށް ހަސަން ލަތީފް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އެކަން އެމަނިކުފާނަށް ނުކުރެއްވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރުން ދާން އުޅޭ ޖަޒީރާ ދިވެހިރާއްޖެއަށް ގެންނަން އުޅެނީ ބޮޑު ބަދަލެއް ކަމަށާއި އެ ބަދަލުގެ ސަބަބުން ފައިދާ ވާނީ ދިވެހި ރައްޔިތުންނަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް