15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ސަރުކާރާމެދު ހިތްހަމަ ނުޖެހުން

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

  • ނުރުހުން ފާޅުކޮށް ލިޔެފައިވާ ޕޯސްޓަރުތައް ބަނދަރު ސަރަހައްދުގައި ބެހެއްޓުން
  • މެންބަރު އިލްހާމް ދާއިރާއަށް ވަޑައިނުގެންނެވުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 27 ޖެނުއަރީ 2017 | ހުކުރު 17:04 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  3. ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!
  4. މިހާރު އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރައްވާފައިވާފައިވާ ފަނޑިޔާރުންތަކެއް: ސިރާޖް
  5. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  6. ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަންފަށައިފި
  7. ނާޒިމް ބޭނުންވަނީ އަނިޔާ ދިން މީހުނަށް ހައްގު އަދަބު ލިބެން
  8. ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!


މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައިވެސް އިހްތިޖާޖަށް ތައްޔާރު ވެފައި -- ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އދ. ދަނގެއްޗަށް ވަޑައިގަންނަވާތީ އެރަށުގައި އިހްތިޖާޖު ކުރުމަށް ތައްޔާރު ވެއްޖެ އެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލްގެ މެންބަރަކު ވިދާޅުވީ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ މަޖިލިސް ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާފައި ނުވާތީ އެކަމުގެ ނުރުހުން ފާޅުކޮށް ލިޔެފައި ހުރި ޕޯސްޓަރުތަކާއި ބެނާތައް ބުރާސްފަތި ދުވަހުގެރޭ ދަންވަރު އެރަށު ބަނދަރު ސަރަހައްދުގައި ބަޔަކު ދަމަހައިފައިވާ ކަމަށެވެ.

 

ބެނާތަކުގައި ލިޔެފައިވަނީ ރަށުގެ ބަނދަރު ހަދައިނުދިނުމާއި ބޮޑު ހިލަ ނުޖެހުމާއި ދޯނި އެހެލާ ޔާޑު ހަދާފައި ނުވުމާއި ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކޮށްދީފައި ނުވާތީ އެކަން ފާހަގަ ކޮށްފައެވެ. އަދި ކާޑުގެ އަގުބޮޑުވުމާއި ތަކެތީގެ އަގު އުފުލިފައިވާތީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރުމަށް، ތިން ކާޑު ގޯނި އެލުވާފައިވެ އެވެ.

 

މީގެއިތުރުން ރަށުގެ ސިއްޚީ ދާއިރާގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށާއި ކައުންސިލަށް ޒިންމާ ނުއުފުލޭ ނަމަ ރަށު ކައުންސިލްގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފައެވެ.

2013 ވަނަ އަހަރު މަޖިލިސް ކެމްޕޭންގެ ފަހުން ދާއިރާގެ މެންބަރު އިލްހާމް ދާއިރާއަށް ވަޑައިގެންފައި ނުވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

 

ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގަންނަވާ ޓީމުގައި މިނިސްޓަރު ތޯރިގްގެ އިތުރުން ބައެއް މަޖިލީސް މެންބަރުން ވެސް ހިމެނި ވަޑައިގަންނަވައެވެ.

 

އެޓީމު ދަނގެއްޗަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 5:30 ގައި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އެ ޓީމު ބުރާސްފަތި ދުވަހު އިލްހާމްގެ ދާއިރާގައި ހިމެނޭ އދ. އޮމަދޫއަށް ވަޑައިގަތުމުން އެރަށުގައި ވެސް ގިނަ އދަދެއްގެ މީހުން ވަނީ އިޚްތިޖާޖު ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް