17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އަލްހާ އީދު

ބޮޑު އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށާއި، ރާއްޖޭން ބޭރަށް

  • އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރާ އޮޑިފަހަރު ވަނީ ފުރި ބާރުވެފައި
އަމްނާ އިމާދު | @amnabinthimad

| 16 އޯގަސްޓު 2018 | ބުރާސްފަތި 19:02 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


އީދު ބަންދަށް ގިނަ ބަޔަކު ފުރަނީ -- ރާއްޖެއެމްވީ

ދިވެހިންނަކީ އަބަދުވެސް ޚާއްސަ ސަމާލުކަމެއްދީގެން ކޮންމެ އަހަރެއްގެ އަލްހާ އީދު ފާހަގަކުރަމުން އަންނަ ބައެކެވެ. މިއަހަރުގެ އަލްހާ އީދުގެ ބަންދަށް ގިނަ ދުވަސްތަކެއް ލިބޭތީ ގިނަ އަދަދެއްގެ ބަޔަކު މިވަނީ މާލެ ރަށްރަށަށް ފުރަން ފަށައިފައެވެ.

މިމަހުގެ 20 ވަނަ ދުވަހަކީ އީދު ދުވަހެވެ. ބުރާސްފަތި ދުވަހަށް ފަހު ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވަނީ އީދަށް ބަންދުކޮށްފަ އެވެ. އެހެންވެ، ރަށްރަށަށް ފުރާ މީހުން ގިނަވެ، ބަނދަރުމަތި ވަނީ ތޮއްޖެހިފަ އެވެ. 

އީދު ބަންދަށް ގިނަ ބަޔަކު ފުރަނީ 

ރާއްޖެއެމްވީއާ ވާހަކަދެއްކި ބައެއް މީހުން ބުނީ އީދު ފުރިހަމައަށް ފާހަގަ ކުރެވެނީ އުފަން ރަށަށް، ނުވަތަ އެހެން ރަށަކަށް ނަމަވެސް ގޮސްގެންނެވެ.

ކޮންމެ ބޮޑު އީދެއްގައި ވެސް ރަށްރަށުގައި ތަފާތު ކުޅިވަރުތައް ކުޅެ އެވެ. ސަގާފީ ކުޅިވަރުތައް އޮވެ އެވެ. އެހެންވެ ތޮއްޖެހިފައިވާ މި މާލޭގައި އިތުރު ހާސްކަމެއް މީހުން ބޭނުމެއް ނުވެ އެވެ.

ރަށްރަށަށް ދާ މީހުން ގިނަވުމުގެ ސަބަބުން މާލެ ދަތުރުކުރާ ބޯޓު ފަހަރުންނާއި ފެރީ ލޯންޗް ފަހަރުން ވެސް މި ދުވަސްވަރު ޖާގައެއް މިހާރު ނުލިބެ އެވެ. އަދި ލޯންޗް ފަހަރު ވަކިން ކުއްޔަށް ނެގުމަށް ވެސް ފަސޭހައެއް ނޫނެވެ. އެހާ ވެސް ބާރު ބޮޑެވެ އެވެ. 

ވައިގެ މަގުން ރަށްރަށަށް ދިއުމަށް ޓިކެޓް ހޯދުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާއިރު، އަވައްޓެރި އިންޑިއާ އަދި ސްރީ ލަންކާ އާއި މެލޭޝިއާ އާއި ބެންކޮކަށް ވެސް ޓިކެޓް ލިބުން ފަސޭހައެއް ނޫނެވެ. ލިބެން ހުރި ސީޓްތަކުގެ އަގުތައް އެހާމެ ބޮޑެވެ. 

 

އީދަށް ރަށްރަށަށް ފުރާ މީހުންނާއެކު މުޅި ބަނދަރު މަތީ ފުރާލާފައި 

ގިނަ ބަޔަކު ކަނޑު ދަތުރު ފަތުރު ކުރާ މިފަދަ ދުވަސްވަރެއްގައި ދަތުރުކުރާ ފަރާތްތަކުން ކަނޑުމަތީގެ ސަލާމަތީ ކަންކަމަށް ސަމާލުވެގެން ދަތުރު ކުރުމަށް ކަމާގުޅޭ ފަރާތްތަކުން ކޮންމެ ފަހަރަކުވެސް ހަނދާންކޮށްދެއެވެ. އީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުނޅަދު ފަހަރު ބަލާ ފާސް ކުރުމަށް އެމްއެންޑީއެފް ކޯސްޓް ގާރޑުން ޚާއްސަ އޮޕްރޭޝަނެއް ވެސް ވަނީ ފަށާފައެވެ. އެއީ ކޮންމެ އީދު ބަންދެއްގައި ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސް ވަރަކަށް ވާތީ، ދަތުރުވެރިނާއި އުނޅަދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ. 

ބުރާސްފަތި ދުވަހުން ފެށިގެން އީދު ބަންދަށް އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށްފައިވާއިރު، ދެން ހުޅުވޭނީ މި މަހުގެ 26ގަ އެވެ. އުފާވެރި އީދަކަށް އެދެމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް