16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ރެޑްވޭވްގެ މެގަ މޯލް

ރެޑްވޭވްގެ މެގަ މޯލް ހުޅުމާލޭގައި ހުޅުވައިފި

  • ރެޑްވޭވް މެގަ މޯލް އެކުލެވިގެން ވަނީ ހަތަރު ފްލޯގެ މައްޗަށް
  • ހުރިހާ ވައްތަރެއްގެ ސާމާނު ވެސް ލިބެން ހުންނާނެ
  • މޯލް ހުންނާނީ ހުޅުމާލޭގެ ހިތިގަސްމަގުގައި
ސިމާހާ ނަސީމް | sim_kamana

| 16 އޯގަސްޓު 2018 | ބުރާސްފަތި 18:34 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ރެޑްވޭވްގެ މެގަ މޯލްގައި އާންމުންތަކެއް ހަރަކާތްތެރިވަނީ -- ރާއްޖެއެމްވީ

ރާއްޖޭގައި ރިޓެއިލް ވިޔަފާރީގައި އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ ރެޑްވޭވް އިން ބ ރެޑްވޭވް "މެގަ މޯލް" ހުޅުމާލެގައި ހުޅުވައިފިއެވެ.

ރެޑްވޭވް މެގަ މޯލް ހަތަރު ފްލޯގެ މައްޗަށް އެކުލެވިގެންވާ އިރު އެތަން ހުންނާނީ ހުޅުމާލޭގެ ހިތިގަސްމަގުގައެވެ.

ބުރާސްފަތި ދުވަހު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރެޑްވޭވްގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ނާޖިލް ވިދާޅުވީ ރެޑްވޭވްގެ އެންމެ ބޮޑު މަޤްސަދަކީ އާންމު ދިރިއުޅުމުގައި ބޭނުންވާ ހުރިހާ ސާމާނު އެއް ފުރާޅެއްގެ ދަށުން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށާއި ވަކި ވަކި އައިޓަމްތަކަށް ބަލާއިރު މޯލް އިން 10,000 އަށްވުރެ ގިނަ އައިޓަމް ލިބެން ހުންނާނެ ކަމަށެވެ. ނާޖިލް އިތުރަށް ވިދާޅުވީ ރެޑްވޭވްގެ އެހެން އައުޓްލެޓްތަކުގައި ސާމާނު ޖާގައިގެ ދަތިކަމުގެ ސަބަބުން އައިޓަމްތައް ޑިސްޕްލޭ ކުރަން ބޭނުންވާ ވަރަށް ނުކުރެވޭ ކަމަށާއި އެހެންކަމުން ބައެއް އައުޓްލެޓްތަކަށް ވަކި އައިޓަމަކަށް ހާއްސަ އައުޓްލެޓްތަކަށް ހަދަން ޖެހުނު ކަމަށެވެ.

ކުންފުނިން އިމްޕޯޓް ކުރާ ހުރިހާ މުދަލެއް ރެޑްވޭވް މެގަ މޯލް އިން ލިބެން ހުންނާނެ ކަމަށް އެ ފަރާތުން ބުންޏެވެ.

ރެޑްވޭވް މެގަ މޯލް ހަތަރު ފްލޯގެ މައްޗަށް އެކުލެވިގެންވާއިރު ގްރައުންޑް ފްލޯ އިން ގޭތެރަށް ބޭނުންވާ ސާމާނާއި އިލެކްޓްރޯނިކްސް ސާމާނު ލިބެން ހުންނައިރު ފުރަތަމަ ފްލޯ ހާއްސަ ކުރެވިފައިވަނީ ރީތިވާ ސާމާނާއި ކޮސްމެޓިކްސް އައިޓަމްސްތަކަށެވެ. އަދި ދެވަނަ ފްލޯ އާއި ތިން ވަނަ ފްލޯ ހާއްސަ ކުރެވިފައިވަނީ ފަރުނީޗަރަށެވެ.

މޯލްގެ ފުރަތަމަ ފްލޯއަށް އަރައި ފޭބުމަށް ދެ އެކްސްކަލޭޓަރު ހުންނައިރު އެކްސްކަލޭޓަރު ބޭނުން ނުކުރެވޭ ކަސްޓަމަރުންނަށް އެރޭ ގޮތަށް ވަކިން ސިޑިއެއް ވެސް ވަނީ މޯލްގައި ބަހައްޓާފައެވެ.

މިއީ ރެޑްވޭވް އިން މިއީ ހުޅުމާލޭގައި ހުޅުވާ ދެވަނަ ފިހާރައެވެ. އެ ކުންފުނިން ވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅު 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރެޑްވޭވް ސިޓީ ސްކެއާ ހުޅުވާފައެވެ.

ރެޑްވޭވްއަކީ ތަފާތު ސާމާނު ވިއްކަމުން އަންނަ އަދި ހަލުވިކަމާއެކު ކުރި އަރަމުން އަންނަ ކުންފުންޏެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް