17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރިޔާސީ އިންތިޚާބު 2018

ފޯމު ހުށަނާޅަނީސް ރިރަޖިސްޓްރީ ކޮށްފައިވާ މައްސަލަ ޕާޓީތަކުން ހުށަހަޅައިފި

  • މައްސަލަ ހުށަހެޅީ އޭގެ ހެކިތަކާވެސް އެކުގައި
އަހުމަދު މުހުސިނު | dhonbandaara

| 16 އޯގަސްޓު 2018 | ބުރާސްފަތި 18:33 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ގުޅިފައިވާ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ރީރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަނާޅާ ބަޔަކު ރަޖިސްޓްރީކޮށްފައިވާ މައްސަލަ، ގުޅިފައިވާ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަމުގައި ގުޅިފައިވާ ޕާޓީތަކުން އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން މައްސަލަ ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށްވެސް އެކަން ފާހަގަ ކުރެވިފައިވާތީ ބަލަމުންދާ ކަމަށް ކޮމިޝަންގެ މެމްބަރުން ވިދާޅުވިކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިދާރީ ޢަލީ ނިޔާޒު ވިދާޅުވީ ރީރަޖިސްޓްރޭޝަންގެ މަރުހަލާގައި ވަރަށް ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށާއި ރަށުގައި އަބަދު ދިރިއުޅެމުންދާ މީހުން ވެސް ދުނިޔޭގެ އެތައް މިތަނަށް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. 

ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް އެމައްސަލަ ހުށަހެޅީ އޭގެ ހެކިތަކާ އެކުގައި ކަމަށެވެ. 

"ޝަރީފް ވިދާޅުވި މިކަން ބަލަމުންދާކަމަށް. އަދި އެކޮމިޝަންގެ ސަމާލުކަމަށްވެސް އެކަން އައިސްފައިވާ ކަމަށް. ވިދާޅުވި އެހެންވާން ދިމާވި ސަބަބެއް ކަމަށްވާނީ ކޮންމެވެސް މީހަކު ފޯމެއް ހުށަހެޅުމުން ކަމަށް. މާނައަކީ ވަގު ފޯމްތަކެއް މިތާ އުޅެނިއްޔޭ އެހެންބަޔަކު ހުށަހަޅައިގެން. އަޅުގަނޑުމެން ދެންނެވިން އެއީ އެއް ނޫނޭ ހަމައެކަނި އަޅުގަނޑުމެން ޝައްކު ކުރާ މައްސަލައަކީ. އިލެކްޝަންސް ކޮމިޝަންގެ ސާވަރ ތެރެއަށް ނުވަތަ ޑޭޓާބޭސް ތެރެއަށް ބަޔަކު ވަންނަނީކަމަށް ޝައްކު ކުރެވޭކަމަށް ދެންނެވިން. ޔަޤީންކަން ދެއްވަނީ އެކަން ނުވާނެ ކަމަށް،" ނިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ އިންތިޚާބާ ގުޅޭ ހުވަދު އަތޮޅު ކޯޑިނޭޓަރ އަދި ކުރީގެ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ރަޖިސްޓްރީ ނުކުރާ މީހުންނާއި ރަޖިސްޓްރީ ނުކުރާ ތަންތަނަށް ރަޖިސްޓްރީކޮށްފައިވާ 40 މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިދަނީ މިއަހަރު މި ބޭއްވޭ ރިޔާސީ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނާ އަދި ވޯޓު ލުމާއި ވޯޓު ގުނުމުގެ ތެރޭގައި ސަރުކާރު ހިންގަވާ ޕާޓީގެ ބޭފުޅުންގެ ނުފޫޒާއެކީގައި ވަރަށް ބޮޑަށް އޮޅުވާލުމުގެ ކަންކަން އެބަކުރައްވައޭ. އަޅުގަނޑުމެން ދައްކަމުން އައި ވާހަކައެއް ވަރަށް ބޮޑަށް ފެންމަތި ވެގެން މިދިޔައީ. އަޅުގަނޑުމެން މިއެދެނީ ހުރިހާ ބޭފުޅުންވެސް އަމިއްލަފުޅަށް ޔަޤީން ކުރައްވާށޭ އެބޭފުޅަކު ވޯޓުލުމަށް އޮތް ތަނެއް. ފޯމު ލިޔަސް ނުލިއަސް 1414 އަށް މެސެޖްކޮށްގެން އެކަން ބައްލަވާށޭ" އަސްލަމް ވިދާލުވިއެވެ.

އަސްލަމް ވިދާޅުވީ ދިމާވެގެން މިއުޅެނީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަންކުރި ބަޔަކާމެދު ފިޔަވަޅު އެޅި ޖިނާއީ ކުށެއްގެ އަދަބު ލިބެން ޖެހޭނެކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަހުމަދު ސަމީރު ވިދާޅުވީ  މައްސަލަތައް ހުރި ފޯމްތައް ހާމަކުރާއިރު އައިޑީކާޑް ނަމްބަރާއެކު ހާމަކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ފޯމްތައް ޗެކްކުރުމާއި މައްސަލަތައް ދެނެގަތުމަށް ފަސޭހަ ގޮތްތަކެއް ހަދައިދިނުމަށް އެދިފައިވާނޭ ކަމަށް ސަމީރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަހުމަދު

6 މަސް ކުރިން

ކަމެއްވެގެންދޯ އެތަނުގެ އައި.ޓީ ޑިރެކްޓަރ އެލެކްޝަން ކޮމިޝަނނުގެ މެމްބަރުކަމަށް ގެނައީ

0
0