18 ޖެނުއަރީ 2019 | ހުކުރު | 01 ހުވަން
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ހާއްސަ ޑޭޓާ ޕެކޭޖުތައް

އޯޕަން މައިޓީވީ ބެލުމަށް ހާއްސަ ޑޭޓާ ޕެކޭޖުތަކެއް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި

  • އޯޕަން މައިޓީވީ އަކީ މީޑިއާނެޓްގެ އެންމެހާ ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ އެޕެއް
  • މީޑިއާނެޓްގެ ޔޫސާނޭމް އާއި ޕާސްވޯޑު ބޭނުން ކުރައްވައިގެން، ފަސޭހަކަމާއި އެކު އޮންލައިންކޮށް މައިޓީވީއަށް ރަޖިސްޓަރ ކޮށްލެވޭނެ
ސިމާހާ ނަސީމް | sim_kamana

| 16 އޯގަސްޓު 2018 | ބުރާސްފަތި 18:13 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  7. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ
  8. އިނަރ މޯލްޑިވްސްއާ ގުޅިގެން ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް!


އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގެ ތެރެއިން -- އުރީދޫ

ސްމާޓް ޑިވައިސްތައް މެދުވެރިކޮށް ފަސޭހަކަމާއެކު އެންމެ މަޤްބޫލު ޓިވީ ޗެނަލްތައް ބަލާލުމަށް މަގުފަހި ކޮށްދޭ މީޑިއާނެޓްގެ އޯޕަން މައިޓީވީ އަށް ހާއްސަކޮށްގެން އުރީދޫ ޑޭޓާ ޕެކޭޖްތަކެއް ބުރާސްފަތި ދުވަހު ތައާރަފްކޮށްފިއެވެ.

ވަރަށް ހިތްގައިމު ފައިދާތަކާއެކު، އޯޕަން މައިޓީވީ އަށް ހާއްސަ ކުރެވިފައިވާ އުރީދޫގެ މައިޓީވީ ޕެކް ތަކަކީ:

ޕެކޭޖް

ޑޭޓާ

އަގު (ރ.)

މުއްދަތު

މައިޓީވީ 99

4 ޖީބީ

99

30 ދުވަސް

މައިޓީވީ 149

8 ޖީބީ

149

 

"ފާއިތުވި އަހަރުތަކުގެ ތެރޭގައި، ޓީވީ ބެލުމުގެ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ގިނަ ބައެއް ޓިވީ ބަލަމުންގެންދަނީ އޮންލައިންކޮށް ސްޓްރީމް ކޮށްގެން. މިގޮތުން، އޯޕަން މައިޓީވީ އަކީ ސްމާޓް ޑިވައިސްތަކުގައި، މީޑިއާނެޓްގެ 50 ޗެނަލް ލައިވްކޮށް ބަލާލުމަށް ދިވެހި ކަސްޓަމަރުންނަށް މަގުފަހިކޮށްދޭ، އީޖާދީ ޚިދުމަތެއް. މީޑިއާނެޓް އާއި ގުޅިގެން މިއަދު ތައާރަފްކޮށްފައިވާ އުރީދޫ ގެ ޑޭޓާ ޕެކްތަކުގެ އެހީގައި، މައިޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ކަމުދާ ޗެނަލްތައް ބަލާލުން އިތުރަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑު ޔަގީން ކުރަން. މިފަދަ ޕާޓްނަރޝިޕްތަކާއި، އުފެއްދުންތެރި ޚިދުމަތްތައް މެދުވެރިކޮށް ދިވެހި ރައްޔިތުންގެ ޑިޖިޓަލް ޙަޔާތަށް އިތުރު ކުރިއެރުންތައް ގެނެސްދިނުމަށް އުރީދޫ އިން މަސައްކަތް ކުރަމުން ދާނަން." އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

އޯޕަން މައިޓިވީ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެ ޕެކޭޖުތައް ޚިޔާރު ކުރެވޭނެއެވެ. އެގޮތުން، އޯޕަން މައިޓީވީ އަކީ މީޑިއާނެޓްގެ އެންމެހާ ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ އެޕެކެވެ. ސްމާޓްފޯން، ޓެބްލެޓް އަދި އެންޑްރޮއިޑް ޓީވީ ފަދަ ކޮންމެ ސްމާޓް ޑިވައިސްއެއް މެދުވެރިކޮށް މައިޓީވީ ތަޖުރިބާ ކޮށްލެވޭނެއެވެ. ގޫގްލް ޕްލޭ ސްޓޯ އަދި އެޕަލް ސްޓޯ މެދުވެރިކޮށްވެސް ޑައުންލޯޑު ކުރައްވައިގެން، ނުވަތަ www.openmitv.mv މެދުވެރިކޮށްވެސް މައިޓީވީ ބަލާލެވޭނެއެވެ.

"އޯޕަން މައިޓީވީ ފޯރުކޮށްދިނުމުގައި އުރީދޫގެ ބައިވެރިވުމަކީ، ޓީވީ ބަލާލުމުގެ ތަޖުރިބާ ރަގަޅުކޮށް، އިތުރަށް ފަސޭހަ ކޮށްދިނުމަށް މީޑިއާނެޓުން ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް. އަދި މި ޕާޓްނާޝިޕްގެ ސަބަބުން އޯޕަން ޓީވީގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ކަސްޓަމަރުންނަށް އިތުރު ފައިދާ ލިބިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." މީޑިއާނެޓްގެ ހެޑް އޮފް މާކެޓިންގ ޒިހުނީ ރަޝީދު ވިދާޅުވިއެވެ.

މީޑިއާނެޓްގެ ޔޫސާނޭމް އާއި ޕާސްވޯޑު ބޭނުން ކުރައްވައިގެން، ފަސޭހަކަމާއި އެކު އޮންލައިންކޮށް މައިޓީވީއަށް ރަޖިސްޓަރ ކޮށްލެވޭނެއެވެ. އުރީދޫގެ މައިޓީވީ ޕެކްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އުރީދޫ ވެބްސައިޓުން ލިބޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް