16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މެޑަމް ފާތިމަތު އިބްރާހިމް

މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!

  • މާފަތިތައް ވަކިވަކިން ޗެކްވެސް ކުރި
  • އެކަމަނާގެ ކަރުފުޅުގައި އެޅުވުނީ އެންމެ މާފައްޗެއް
އާމިނަތު ނުޒުހާ | nuzu8121

| 16 އޯގަސްޓު 2018 | ބުރާސްފަތި 17:57 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އެކަމަނާގެ ކަރުގައި އެޅުވުނީ އެންމެ މާފައްޗެއް -- ޓްވިޓަރ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އަށް މަރުޚަބާ ކިޔުމަށް ބ. ހިތާދޫން ޕީޕީއެމްގެ މެމްބަރުން ބަނދަރު ސަރަހައްދަށް ނުކުމެ ތިބީ އުފަލުންނެވެ. ފިޔައިތޮށި ކުލައިގެ ހެދުމެއް ނެތް ނަމަ، ހެނދުން ފަހައިގެން ފިޔައިތޮށި ބުރުގާ އަޅައިގެންނެވެ. ފިރިހެނުން ފިޔައިތޮށި ޓީޝާޓްގަ އެވެ.  ތުއްތު ދަރިފުޅު ވެސް ނަލަހައްދައިގެން ނުކުމެ ތިބީ އެ ރައްޔިތުންގެ މަރުޚަބާ އުފަލުން ބަލައިގަންނާނެ ކަމުގެ އުއްމީދުގަ އެވެ. ކޮންމެ މީހަކަށް ވެސް ލިބޭނެ ޝަރަފެއްގެ ގޮތުގަ އެވެ.

ބުރާސްފަތި ދުވަހު ފާތުމަތު އިބްރާހިމް ދީދީ ހިތާދު އަށް ވަޑައިގެންނެވިއިރު މުޅި ރަށްވެސް އޮތީ ފިޔައިތޮށި ކުލައިން ޒީނަތްތެރިކޮށްފަ އެެވެ. ބަނދަރުމަތީގައި ފިޔައިތޮށި ކުލައެވެ. ފައިބައި ވަޑައިގަތީ ރަތް ދޫލައަށެވެ. ފާތުމަތު އިބްރާހިމް ދީދީ އަށް މަރުޚަބާ ކިޔުމަށް ގިނަ ބަޔަކު ނުކުމެ ތިއްބެވެ. މަރުޚަބާ ކިޔަން ނުކުމެތިބި ކޮންމެ ކަނބަލެއްގެ އަތުގައި ވެސް ފިޔައިތޮށި ކުލައިގެ މާފައްޗެއް އޮތެވެ.  

ލޯންޗްކޮޅު ގާތްކޮށްލުމާއެކު މާފަތިތައް ހިފަހައްޓައިގެން ތިބި ކަނބަލުން ރަނގަޅަށް ތައްޔާރުވެލި އެވެ. އެންމެ ފުރަތަމަ ހުރި މީހާގެ ނަސީބު ރަނގަޅީ އެވެ. ފާތުމަތު އިބްރާހިމްގެ ކަރުފުޅުގައި މާފަތި އެޅުވުނެވެ. ނަމަވެސް ވަގުތުން މާފަތި ނަންގަވައި، ކައިރީގައި ހުރި މީހާގެ އަތަށް ދިނެވެ. އެ މާފަތިތައް ހިފައިގެން ބަނދަރު މައްޗަށް ދިއުމުގެ ކުރިން ސިފައިން އެ މާފަތިތައް ޗެކްވެސް ކުރި އެވެ. ފުރަތަމަ މީހާ އެޅުވި މާފަތި ނެންގެވީ މަރުޚަބާ ބަލައި ނުގަތުމުގެ ގޮތުންކަން ޔަގީން ވެގެން ދިޔައީ، ދެން ފެނިގެންދިޔަ މަންޒަރުންނެވެ.

ދެ ވަނަ މީހާ މާފަތި އެޅުވުމަށް ތައްޔާރުވެލި ވަގުތު، އެ މާފަތި ބަލައިގަތުމަށް ބޭނުންފުޅު ނުވެ، އެ މީހާގެ އަތުގައި މެޑަމް ފާތުމަތު އިބްރާހިމް ދީދީ ހިއްޕެވުމަށް ފަހު ދުރުކުރި އެވެ. އެންމެންގެ މޫނު މައްޗަށް ވެރިވީ ހައިރާންކަމެވެ. އެއަށް ފަހު، އިތުރު މާފައްޗެއް ބަލައިނުގެންނެވި އެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިން މޭޓް ފައިސަލް ނަސީމް ރަށްރަށަށް ވަޑައިގަތުމުން ސަޕޯޓަރުން އަޅުވަމުންދާ މާފަތިތައް ފެނި، އެއަށް ވުރެ ވަރުގަދައަށް މެޑަމް ފާތުންނަށް، ހިތާއި ރޫހުން މަރުޚަބާ ކިޔުމަށް ނުކުމެ ތިބި ހިތާދޫ މީހުން އެނބުރި ގެއަށް ދާންޖެހުނީ ހިތުގައި ޖެހިގެންނެ އެވެ.

މި އަމަލުފުޅާ ގުޅިގެން ގިނަ ބަޔަކު ދަނީ އެ ކަމަނާއަށް ފާޑުކިޔަމުންނެވެ.

ބުދަ ދުވަހު މެޑަމް ފާތުން ބ. ތުޅާދޫއަށް ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ކިއުމަށް ނުކުތް މީހުންނަށްވުރެ ގިނައީ، އެކަމަނާއާއި ދެކޮޅަށް ވަނީ އަޑު ވެސް އުފުލައިފަ އެވެ. އެއްބަޔަކު އެކަމަނާއާއި ނިސްބަތްކޮށް ނުރުހުމުގެ ޝުއޫރުތައް ފާޅުކުރިއިރު އަނެއްބަޔަކު ދިޔައީ އެކަމަނާގެ ފިރިކަލުން ރައީސް އަބުދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

balaa verikan

3 މަސް ކުރިން

Mahaa rehendhi aslu sifa feni kosskoffi...feeling ladh

4
0
Ibrahim

3 މަސް ކުރިން

Vedhaane noontho madam Fathun malah allergic

1
2