20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ރިޔާސީ އިންތިޚާބު 2018

އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ ފުރަތަމަ ބިން ހިއްކާ ރަށްތަކުގެ ތެރޭގައި މާފުށި ހިމަނާނަން: އިބޫ

  • ގްރީން ޓެކްސްގެ ބައެއް ކައުންސިލްތަކާ ހަވާލު ކުރާނަން
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 16 އޯގަސްޓު 2018 | ބުރާސްފަތި 14:14 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


މާފުއްޓަށް ވަަޑައިގަތުމުގެ ތެރެއިން:-އެރަށުގައި ބިން ހިއްކާ ދެއްޥާނެ ކަމަށް ވައުދުވެވަޑައިގެންނެވި -- ފޮޓޯ: ރާއްޖެ އެމްވީ

އެމަނިކުފާނުގެ ސަރުކާރުގައި އެންމެ ފުރަތަމަ ބިން ހިއްކާ ރަށްތަކުގެ ތެރޭގައި ކ.މާފުށި ހިމެނޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކ.މާފުއްޓަށް ވަޑައިގެން އިބޫ ވިދާޅުވީ މާފުށީގައި ގޯތި ބޭނުންވާ އެތައް ބަޔަކު ގޯތި ނުލިބިފައި އެބަ ތިބި ކަމަށާއި އެކަން ކުރެވެން އޮތީ ރަށުގެ ބިން ބޮޑު ކޮށްގެން ކަމަށެވެ. އަދި ބިން ހިއްކުމަށް ފަހު ރަށުން ގޯތި ދިނުމަށް ލޭންޑްޔޫސް ޕްލޭން ހަދައި އެ މަސައްކަތް ފެށޭނެ ކަމަށް އިބޫ ފާހަގަ ކުރެއްވި އެވެ.    

ކުރީގެ ރައީސް ނަޝީދު ފެއްޓެވި ގެސްޓް ހައުސްގެ ވިޔަފާރިއާއެކު ރަށް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި އެކަމަށް އެމަނިކުފާނަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެހެންމެ ކުރީގެ ރައީސް މައުމޫނު ތަރައްގީއަށްޓަކައި ކުރެއްވި މަސައްކަތަށް ވެސް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 މާފުށީގައި ވަޒީފާގައި ގިނަ އަދަދެއްގެ މީހުން އުޅެމުންދާއިރު ރަށުގައި ވަޒީފާގައި ނެތް އެކަކުވެސް ނެތް ކަމަށް ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިފަދަ އެހެން ރަށެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި މިހާރު ވެސް  ވަޒީފާގެ ފުރުސަތުތަކަށް އެރަށުގައި މީހުން ބޭނުންވާ ކަމަށް ވެސް އިބޫ ފާހަގަ ކުރެއްވި އެވެ.

މާފުއްޓަކީ ލޯކަލް ޓޫރިޒަމް އެންމެ ރަނގަޅަށް ހިނގާ ރަށް ކަމަށް ވިއަސް މިރަށުގައި ކުނި ނައްތާލެވޭނެ ގޮތެއް ނެތް ކަމަށާއި ގްރީން ޓެކްސް ބޭނުން ކުރެވެން ޖެހޭނީ ތިމާވެށި ހިމާޔަތްކުރުމަށް ކަމަށް އިބޫ ވިދާޅުވި އެވެ.  ވޯޓާސް ސްޕޯޓްސް ކުރިއެރުވުމަށްޓަކައި އެކަމަށް ހާއްސަ ސެންޓަރުތައް ރަށްތަކުގައި ހަދާދޭނެ ކަމަށް މާފުށީގައި ވެސް ވިދާޅުވި އެވެ.  

ގެސްޓް ހައުސްގެ ސިޔާސަތު މުޅި ރާއްޖެއަށް ފެތުރިގެންދާއިރު ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވަދެގެންދާނެ ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ މިހާރު ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ތިން މިލިއަން ޑޮލަރުގެ ހޭދަކުރާއިރު އެމަނިކުފާނުގެ ސަރުކާރުގައި އެ އަދަދު ތިން ގުނަ އަށް އިތުރު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ  ވަކިން ގެސްޓް ހައުސް ޕްރޮމޯޓް ކުރުމަށް ފައިސާ ހޭދަ ކުރައްވާނެ ކަމަށެވެ. 

ސިޔާސީ ބައެއް ބޭފުޅުން ހައްޔަރުކޮށްފައި ތިބި މާފުށީގައި ހުންނަވައިގެން އިބޫ ވިދާޅުވީ އިރާދަ ކުރެއްވިއްޔާ ވެރިކަމުގެ ފުރަތަމަ ދުވަހު މިހާރު ޖަލުގައި ތިބި  ސިޔާސީ ބޭފުޅުން އެ ބޭފުޅުންގެ އާއިލާތައް ކައިރިއަށް ބަދަލު ކުރައްވާނެ ކަމަށެވެ.  މީގެ އިތުރުން ވެސް ވޯޓު ލުމަށް ފަހު ނިންމާލެވެން ނެތް ކަމަށާއި ވޯޓުލުމަށް ފަހު ވޯޓުގެ ނަތީޖާ ހޯދަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ވޯޓު ލުމަށް ފަހު ގެއަށް ވަންނަން ވާނީ ނަތީޖާ އިއުލާން ކުރުމުން ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް