13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ދިރާގު

ދިރާގު މެދުވެރިކޮށް ސެމްސަންގް ގެލެކްސީ ނޯޓް 9 ފޯނަށް ޕްރީ އޯޑަރ ކުރެވޭނެ!

  • ޕްރީ އޯޑަރ ނަގަން ފަށާފައިވަނީ އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެން
  • ޕޯސްޓްޕެއިޑް ހިދުމަތް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭނަށް ބަހާލައިގެން ފައިސާ ދެއްކޭނެ
  • އްވެސް އެގްރީމަންޓަކާއި ނުލާ ފޯނު ގަތުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވޭ
ސިމާހާ ނަސީމް | sim_kamana

| 16 އޯގަސްޓު 2018 | ބުރާސްފަތި 12:37 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


ސެމްސަންގް ގެލެކްސީ ނޯޓް 9 ފޯން -- ދިރާގު

ސެމްސަންގް އިން މި އަހަރު ނެރޭ ފްލެގްޝިޕް ފޯނު ކަމަށްވާ ސެމްސަންގް ގެލެކްސީ ނޯޓް 9 އަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގުން ފޯނަށް ޕްރީ އޯޑަރ ނަގަން ފަށާފައިވަނީ އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެންނެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ހިދުމަތް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭނަށް ބަހާލައިގެން ފައިސާ ދެއްކޭނެ ކަމަށާއި އެއްވެސް އެގްރީމަންޓަކާއި ނުލާ ފޯނު ގަތުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.

12 މަހުގެ އިންސްޓޯލްމަންޓް ޕްލޭންގައި 128 އަދި 512 ޖީބީގެ ފޯނަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ދައްކަން ޖެހެނީ 2,999 ރުފިޔާއެވެ. އަދި އިންސްޓޯލްމަންޓް ޕްލޭންގައި 128 ޖީބީގެ ފޯނަށް މަހު ފީ ގެ ގޮތުގައި 1,059 ރުފިޔާ ދައްކަން ޖެހޭއިރު 512 ޖީބީގެ ފޯނަށް މަހު ފީ ގެ ގޮތުގައި ދައްކަން ޖެހެނީ 1,359 ރުފިޔާއެވެ.

ދިރާގުން އިތުރަށް ބުނީ ވަގުތުން ފޯނު ގަންނަ ކަމުގައިވާނަމަ 128 ޖީބީގެ ފޯނު 15,449 ރުފިޔާ އަށް ލިބޭނެ ކަމަށާއި 512 ޖީބީގެ ފޯނު 18,999 ރުފިޔާ އަށް ލިބޭނެ ކަމަށެވެ.

ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ނޯޓް 9 ގެ އެއް ފޯނަށް ޕްރީ އޯޑަރ ކުރެވޭއިރު ފޯނު ގަތުމާއި އެއްކޮށް 5 ޖީބީގެ ހިލޭ ޑޭޓާ ހަ މަސް ވަންދެން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މީގެ އިތުރުން ފޯނަށް އެންމެ ފުރަތަމަ އޯޑަރު ކުރާ ފަރާތްތަކަށް ހިލޭ އޭކޭޖީ ބްލޫޓޫތް ސްޕީކަރެއް ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 9 ގެ ތެރެއިން ތިން ވައްތަރެއްގެ ކުލައެއްގެ ފޯނު ހިޔާރު ކުރެވެއެވެ. އެ ކުލަތަކުގެ ތެރޭގައި މިޑްނައިޓް ބްލެކް، އޯސަން ބްލޫ، އަދި މެޓަލިކް ކޮޕާ ހިމެނެއެވެ.

ނޯޓް 9 ގައި ހުންނަނީ 6.4 އިންޗްގެ ސުޕަރ އެމޮލެޑް ޑިސްޕްލޭއެކެވެ. ހަމައެހެންމެ މުޅި ދުވަހު ބޭނުން ކުރެވޭވަރުގެ 4000 އެމްއޭއެޗްގެ ބެޓަރިއަކާއެކު ފޯނު އަންނައިރު 8 ޖީބީގެ ރެމް ހުންނާނެއެވެ. ހަމައެހެންމެ 512 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ހުންނައިރު 512 ޖީބީގެ އެކްސްޓާނަލް ސްޓޯރޭޖްއަށް ވެސް ސަޕޯޓް ކުރާނެއެވެ. މިއާއެކު ނޯޓް 9 ވެގެންދާނީ ފްލެގްޝިޕް ފޯނުތަކުގެ ތެރެއިން 1 ޓީބީގެ ސްޓޯރޭޖް ހުންނަ ފުރަތަމަ ފޯނަށެވެ.

މިދިޔަ އަހަރުގެ ނޯޓް 8 އެކޭ އެއްގޮތަށް ނޯޓް 9 ގައި ވެސް ޑުއަލް ކެމެރާ ހުންނައިރު ދެ ކެމެރާއަކީ ވެސް 12 މެގަޕިކްސެލް ޑުއަލް އެޕަރޗަރގެ ކެމެރާތަކެކެވެ. ނޯޓް 9 އިން ސުޕަރ ސްލޯ މޯޝަން ވީޑިއޯ ރެކޯޑް ކުރެވޭނެއެވެ.

މިފަހަރުގެ ނޯޓްއާއެކު އަންނަ އެސް ޕެންއަށް ވެސް ވަނީ ބޮޑު ކުރިއެެރުންތަކެއް ގެނެސްފައެވެ. އެސް ޕެންއަށް ބުލޫޓޫތު ސަޕޯޓް ކުރާއިރު ފޯނާއި 30 ފޫޓު ދުރުން އެސް ޕެން ބޭނުން ކުރެވޭނެއެވެ. މިއަހަރު ވެސް ނޯޓް 9 އަކަށް ފާސްޓް ޗާޖިން އަދި ފާސްޓް ވަޔަލެސް ޗާޖިން ސަޕޯޓްކުރާނެއެވެ.

އެމެރިކާ އަދި އިންގްލޭންޑްގެ މާކެޓަށް ނޯޓް 9 އެއް ރިލީޒް ކުރާނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް