22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ބޮލީވުޑް

އެންގޭޖްމެންޓް ޕާޓީ އަށް ނިކް ގެ އާއިލާ އިންޑިއާއަށް!

  • ނިކް ގެ އާއިލާ އިންޑިއާއަށް ދިއުމަށް ހަމަޖެހިފައި މިވަނީ އިންޑިއާގެ ސަގާފަތާއި އެއޮގޮތަށް ކައިވެނީގެ ހަފްލާ ކުރިއަށް ގެންދިއުމަށް
  • މާދަމާއިން ފެށިގެން މެހެމާނުން އަންނަން ފަށާނެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 16 އޯގަސްޓު 2018 | ބުރާސްފަތި 12:17 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ނިކް ޖީނަސް އާއި ޕްރިޔަންކާ ޗޯޕްރާ -- ގޫގުލް

އިނގިރޭސި ލަވަކިއުންތެރިޔާ ނިކް ޖޯނަސް އާއިލާ އާއި އެކު އެންގޭޖްމަންޓް ޕާޓީއަށް މި ހަފްތާ ބަންދުގައި އިންޑިއާއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ނިކް ގެ އާއިލާ އިންޑިއާއަށް ދިއުމަށް ހަމަޖެހިފައި މިވަނީ އިންޑިއާގެ ސަގާފަތާއި އެއޮގޮތަށް ޕްރިޔަންކާގެ ކައިވެނީގެ ހަފްލާ ކުރިއަށް ގެންދިއުމަށްޓަކައި ކައިވެނީގެ ކުރިން ޕްރިޔަންކާގެ އާއިލާ އާއި ބައްދަލު ކުރުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އަދި ޕްރިޔަންކާ ބޭނުންވަނީ އޭނާގެ އާއިލާގެ އުސޫލުތަކަށް އިހުތިރާމް ކުރުމަށް، އިންޑިއާގައި ކައިވެނި ކުރާ ސަގާފަތާއި އެއްގޮތަށް އިންޑިއާވަންތަ ކައިވެންޏެއް ބާއްވަން ކަމަށް އާއިލާއާއި ގާތް މީހަކާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މި ކައިވެނީގެ ހުރިހާ ތައްޔާރީތަކެއް ސިއްރުން ކުރިއަށް ގެންދާއިރު މާދަމާއިން ފެށިގެން މެހެމާނުން އަންނަން ފަށާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ޕްރިޔަންކާ އާއި ނިކް ވެސް ކައިވެނީގެ ހަފްލާ އެހާ ދިގު ދަންމަން ބޭނުން ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕްރިޔަންކާއާއި ޖޯނާސް ތިބީ އެންމެނާ ބައްދަލުވެ ކައިވެނިގެ އުފާ ފާޅުކުރެވޭތީ ވަރަށް އުފަލުން. ހުރިހާކަމެއްވެސް ގެންދަނީ ވަރަށް ސިއްރުން އެކަމަކު މާދަމާއިން ފެށިގެން މެހެމާނުން އަންނަށް ފަށާނެ ކަމަށް ބެލެވޭ. ހުރިހާކަމެއް ވެސް ދަނީ ވަރަށް ބާރަށް އަދި ޕްރިޔަންކާއާއި ނިކް ބޭނުމެއްނުވޭ އެންގޭޖުވެ ގިނަ ދުވަހު ތިބޭކަށް" އާއިލާ ގެ ގާތް މީހަކާ ހަވާލާދީ އީ އޮންލައިންގައި ބުނެފައި ވެއެވެ.

މި ދެމީހުން އެންގޭޖް ކުރިކަމުގެ އަޑު ފެތުރެން ފަށާފައިވަނީ "ބާރަތް" ގެ ޕްރޮޑިއުސަރ އަލީ އައްބާސް ޒަފަރު އޭނާގެ އަންނަން އޮތް ފިލްމް "ބާރަތް" ޕްރިޔަންކާ ދޫކޮށްލި ކަން ކުއްލި ގޮތަކަށް އަންގާފައިވާ ކަމަށާއި "ބާރަތް" ދޫކޮށްލީ ވަރަށް ޚާއްސަ ސަބަބަކާއި ހުރެ ކަމަށް ބުނުމުންނެވެ.

މީގެ ކުރިން ދެފަހަރެއްގެ މަތިން ޕްރިޔަންކާވަނީ އޭނާގެ އެންގޭޖްމަންޓް ރިންގް މީޑިއާ އަށް ފޮރުވަން މަސައްކަތް ކޮށްފައެވެ.

އުމުރުން 36 އަހަރުގެ ޕްރިޔަންކާއާއި ނިކް، 25ފުރަތަމަ ފަހަރަށް އެއްކޮށް ފެނިފައިވަނީ 2017 ވަނަ އަހަރު މެޓް ގާލާ އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް