16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ދިވެހި އަންހެން ފުޓްބޯޅަ

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

  • ރިޓަޔާމެންޓް އިއުލާން ކޮށްފައިވަނީ އޭނާ ގެ ފޭސްބުކް ޕޭޖްގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 27 ޖެނުއަރީ 2017 | ހުކުރު 16:16 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މަރިޔަމް މިރުފަތު -- ރާއްޖެއެމްވީ

 ދިހަ އަހަރަށްވުރެ ގިނަ ދުވަހު ގައުމީޓީމަށް ކުޅުމަށްފަހު ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން އަދި މިހާރުގެ ވައިސް ކެޕްޓަން މަރިޔަމް މިރުފަތު ރިޓަޔާކޮށްފިއެވެ.

ހަތަރުވަނަ ސާފް ވުމަންސް ޗެމްޕިއަންޝިޕަށްފަހު ރިޓަޔާވުމަށް މިރުފަތު ނިންމާފައި އޮތްނަމަވެސް، އޭނާގެ ރިޓަޔާމެންޓް އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހު އޭނާ ގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

މިރުފަތުގެ  އެފްބީ ޕޯސްޓްގައި ބުނެފައިވަނީ ގައުމީ އަންހެން ޓީމަށް ގިނަ ދުވަސްތަކަކު ކުޅެފައިވާއިރު، އެ ދަތުރުގައި އޭނާއަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ. ޚާއްސަކޮށް އޭނާގެ ކާމިޔާބީތަކާއި ނާކާމިޔާބީތަކުގެ ދަނޑިވަޅުތަކުގައިވެސް އާއިލާއާއި އެކުގައި ކުޅުނު ކުޅުންތެރިންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި ހިތްވަރު މިރްފަތުވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުންވެސް ގައުމީ އަންހެން ޓީމަށް ކޯޗުކަން ކޮށްދިން ކޯޗުންނަށާއި، ޓީމުގެ މެނޭޖްމަންޓަށް މިރްފަތުވަނީ ޝުކުރު އަދާކޮށްފައެވެ. މިއާއެކު މިރްފަތުގެ އެންމެ ޚާއްސަ ޝުކުރެއް އަދާކޮށްފައިވަނީ އަބަދުވެސް ހެޔޮއެދޭ ސަޕޯޓަރުންނަށެވެ.

މިރްފަތުގެ ޕޯސްޓްގައި ރާއްޖޭގެ ގައުމީ އަންހެން ޓީމް 17-0 އިން ބަލިވި ހަނދާން އެބަހުރިކަމަށް ބުނެފައިވާއިރު، މިއަދު ޓީމު މޮޅުވެ ކުރިއަރަމުންދާތަން ފެނުމުން އޭނާއަށް ޓީމާއެކު ކުރެވިފައިވާ މަސައްކަތް ފެންނަކަމަށް ބުނެފައިވެއެވެ. މިރްފަތުގެ ޕޯސްޓް ނިންމާލަމުން ބުނެފައިވަނީ ގައުމީ ޓީމާއެކު ހޭދަކުރި ކޮންމެ ވަގުތަކީ އުފަލާއެކު ހަނދާނުގައި ހުންނާނެ ވަގުތަކެއް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް