20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

ރިޔާސީ އިންތިހާބު 2018

ހިމަންދޫގެ ރައްޔިތުންނަން ބަނދަރެއްގެ ފަސޭހަކަން ލިބޭނެ: ފައިސަލް

  • ދެ ފަހަރު މަތިން ބަޖެޓްގައި ހިމެންދޫ ބަނދަރު ހިމަނިނަމަވެސް، މަސައްކަތް ކުރިއަކަށް ނުދޭ
  • ނޫ އިގްތިސޯދުގެ ދަށުން ރަށުގައި ތިބެ އާންމުދަނީ ލިބޭނެ މަގު ފަހިވާނެ
  • ހިމަންދޫން ފައިސަލްއަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފަ
މުހަންމަދު ވިސާމް | sampathmasiw

| 16 އޯގަސްޓު 2018 | ބުރާސްފަތި 10:19 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ފައިސަލް ހިމަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ފާލަމުން ކައުންސިލް މެމްބަރުން ވަނީ މަރުޙަބާ ދަންނަވާފަ -- އާކައިވް

ހިމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ހޯދަދިނުމުގެ ގޮތުން ބަނދަރެއްގެ ފަސޭހަކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އެ ރަށުގެ ރައްޔިތުންނަން ލިބިގެންދާނެ ކަމަށް ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އއ އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިމަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އެރަށުގެ ރައްޔިތުންނަން ދިމާވެފައިވާ ބަނދަރުގެ މައްސަލައަށް ހައްލެއް ހޯދަދިނުމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން މުހައްމަދު މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ހިމަންދޫގެ ރައްޔިތުންނަން ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ހޯދާދީފައި ނުވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ހިމަންދޫގެ ރައްޔިތުންނަން ބަނދަރެއްގެ ފަސޭހަކަން ލިބިގެން ދާނެ ކަމަށެވެ.

"އަޅުގަނޑު ހަނދާނަށް އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި އަޅުގަނޑުވެސް ހުންނަން، މިދާއިރާގެ އިއްޒަތްތެރި މެމްބަރު ބަޖެޓް ކޮމެޓީގައި އާއި ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި، އަޅުގަނޑުމެންނަން އިނގޭ ދެ ތިން ހަތަރު ފަހަރެއްގެ މަތިން މި ރަށުގެ ބަނދަރުގެ ވާހަކަ ބަޖެޓް ފޮތުގައި ޖެހިގެން ދިޔަކަން، ހަމަ އެއާއި އެކު ދެތިން ފަހަރު ފެނިފަ ގެއްލިގެން ދިޔަކަން ވެސް، ހަމަ އެއާއި އެކު ވައުދެއްގެ ގޮތުގައި އެއީ ވެފަ އޮތް ވައުދެއްކަންވެސް، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ސަރުކާރުން އެންމެ ފުރަތަމަ ކުރާ ކަންކަމުގެ ތެރޭގައި ކުރަން މި ޖެހެނީ އެހެން ބަޔަކު ވައުދު ވިނަމަވެސް، ރައްޔިތުންނަން ވަރަށް މުހިންމު އަސާސީ، ރައްކާތެރިކަމާއި އެކު ރަށަށް އެރޭނެ ފަދަ، ނިޒާމެއް އޮތުމުގެ ގޮތުންނާއި، މިރަށުގެ ރައްޔިތުންނަންޓަކައި ބަނދަރެއްގެ ފަސޭހަކަން ހޯދައިދިނުން" އެމްޑީޕީގެ ހަރުގޭގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

ހިމަންދޫ ރައްޔިތުންނާއި ބައްދަލުކުކުރައްވާ ފައިސަލް ވާހަކަފުޅު ދައްކަވަނީ

ޖަޒީރާ މެނިފެސްޓޯ ބަހާލެވިފައި ވަނީ ފަސް ކަމެއްގެ މައްޗަށްކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ ޖަޒީރާ މެނިފެސްޓޯގައިވާ ކަންކަން ހާސިލް ކުރެވޭނީ އޯގާތި ސަރުކާރެއް އައިސްގެން ކަމަށެވެ. ޖަރީރާ މެނެފިސްޓޯގެ ނޫ އިގްތިސޯދުގެ ދަށުން ރަށުގެ ތިބެގެން އާންމުދަނީ ލިބޭނެ ގޮތް މަގުފަހި ކުރުން އެއީ މަގަްސަދެއް ކަމަށާ، ބޭސްފަރުވާއަށް ސަލާން ޖެހުން ފަދަ ކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވައުދަކީ ދިވެހި ރައްޔިތުން އެންމެ ބޭނުންވާ ކަންތައް ކަމަށްވާ އިންސާފު ގާއިމް ކުރުން "ފައިސަލް ވިދާޅުވިއެވެ.

އާބާދީގައި ގާތްގަނޑަކަށް 800 އެއްހާ މީހުން ދިރިއުޅޭ ހިމަންދޫއަށް ފައިސަލް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ހިމަންދޫ އަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ކައުންސިލްގެ ތިން ގޮނޑި އެމްޑީޕީން ކާމިޔާބުކުރި، އެ ޕާޓީއަށް ބޮޑު ތާއީދެއް އޮންނަ ރަށެއްކަން ފާޙަގަ ކޮށްލެވެއެވެ.

މި ދަތުރުފުޅުގައި ފައިސަލް ދެން ވަޑައިގަންވާނީ އެ އަތޮޅު މާޅޮސް އަށެވެ. އެއަށް ފަހު އ ފެރިދޫ، މަތިވެރިއަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ ހާލު ބެއްލެވުމުގެ ގޮތުން ދޮރުން ދޮރަން ކެމްޕެއިން ފައިސަލް ކުރިއަށް ގެންދަވާއިރު ބުރާސްފަތި ދުވަހުގެ ރޭ ފައިސަލްގެ ޓީމުން އއ އަތޮޅުގައި ބާއްވާ ޖަލްސާ އޮންނާނީ މަތިވެރީގަ އެވެ،

 

ހިމަންދޫން ފައިސަލް އަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފަ

ހުކުރު ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ބޮޑު ފޮޅުދޫއަށެވެ. އެއަށް ފަހު އެ އަތޮޅު އުކުޅަހާއި، ރަސްދޫ، ތޮއްޑޫއަށް ވަޑައިގަންނަވާނެއެވެ. ހުކުރު ދުވަހު ހަވީރު ތޮއްޑޫއަށް ފައިސަލް ވަޑައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ އެމަނިކުފާނު ހުޅުއްވާ ދެއްވާއިރު، ހުކުރު ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ ވެސް ބާއްވަން ނިންމާފައި ވަނީ ތޮއްޑޫގައެވެ.

ފައިސަލް އާއި އެކު މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނާއި، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާކަން ފާހަގަ ކޮށްލެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް