18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިޚާބު 2018

އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!

  • ފޮޓޯ ނެންގެވުމަކީ އިބޫގެ ހޮބީއެއް
  • އިބޫ ވަނީ ޕްރޮފެޝަނަލް ފޮޓޯގްރަފީ ކޯހެއްވެސް ފުރިހަމަ ކުރައްވާފައި
  • ނަންގަވާ ފޮޓޯތައް ހިއްސާކުރައްވަނީ އިންސްޓަރގްރާމް މެދުވެރިކޮށް
ނާޒުމީ ސައީދު | NaazmeeS

| 16 އޯގަސްޓު 2018 | ބުރާސްފަތި 09:53 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


އިބްރާހިމް މުހައްމަދު ސޯލިހް އަތޮޅު ތަކަށް ކުރެއްވި ދަތުރުފުޅެއްގައި ފޮޓޯއެއް ނަންގަވަނީ -- ޓްވިޓަރ

ހޮބީއެއްގެ ގޮތުގައި އެކި މީހުން ކޮށް އުޅެނީ އެކި ކަންކަމެވެ. ޝައުގުވެރިވަނީ ވެސް އެކި މަސައްކަތަށެވެ. އެގޮތުން ގައުމުތަކުގައި ސިޔާސީ ލީޑަރުން ހޮބީގެ ގޮތުގައި ވަރަށް ތަފާތުކަންކަމަށް ޝައުގުވެރިކަން ހުރެ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ހޮބީ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

މިއީ އިބޫގެ ހޮބީގެ ވާހަކަ އެވެ. އިބޫ ވިދާޅުވާ ގޮތުގައި ހޮބީއެއްގެ ގޮތުގައި އެންމެ ކުރާ ހިތްވާ ކަމަކީ ފޮޓޯ ނެންގެވުމެވެ.

އިބޫގެ މި ޝައުގު ފެށިފައިވަނީ ސްކޫލް ދައުރުގަ އެވެ. އެ ދުވަސްވަރު ވެސް އަތަށް ހެޔޮވަރު، އޭރާ ބަލާއިރު ރަނގަޅު ކެމެރާއެއް އިބޫ ގެންގުޅުއްވިއެވެ. އެހެންވެ، އިބޫ ވިދާޅުވަނީ އެންމެ ފަހުގެ ކެމެރާއެއް ދިނަސް ހަމަ އެގޮތަށް ފޮޓޯ ނެންގެވޭނެ ކަމަށެވެ. ވިޔަފާރި އުސޫލުން ފޮޓޯ ނެންގެވުމުގެ ޚިދުމަތުގެ ތެރެއަށް ވަދެވަޑައިނުގެންނެވި ނަމަވެސް، ހުންނަ ޝައުގެއްގެ ބޮޑުކަމުން އިބޫ ވަނީ ޕްރޮފެޝަނަލް ފޮޓޯގްރަފީ ކޯހެއްވެސް ފުރިހަމަކުރައްވާފައެވެ.

އިބްރާހިމް މުހައްމަދު ސޯލިހު: ސްކޫލް ދައުރުގައި ފޮޓޯއެއް ނެންގެވުމަށް ކެމެރާ ސެޓްކޮށްގެން

"އަޅުގަނޑު ހޮބީއެއްގެ ގޮތުގައި ކުރާ ކަމެއް އެއީ ފޮޓޯނެގުން. އެންމެ ކުރީއްސުރެވެސް. ޕްރޮފެޝަނަލް ފޮޓޯގްރަފީ ކޯހެއްވެސް އަޅުގަނޑު ހެދިން. ތަންކޮޅެއް ރީއްޗަށް ފޮޓޯ ނަގަންވެސް އިނގޭ. އަޅުގަނޑުގެ އިންސަޓަރގްރާމުގައި ހުންނާނީ އަޅުގަނޑު ނަގާފަ ހުރި ފޮޓޯތައް. އެހެންމަ ފޮޓޯތައް އޭގަ ފެންނާނީ. އެހާ ގޯހެއް ނުވާނެ ފޮޓޯތަކެއް،" ރާއްޖެ ޓީވީގެ "އިބޫ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.

ހަޔާތުގައި ފާހަގަކޮށްލެވޭ ހިނދުކޮޅުތަކާއި ގުދުރަތީ ރީތި މަންޒަރުތައް އެހެން މީހުންނާ ހިއްސާކުރުމުގައި މަގުބޫލް އިންސްޓަގްރާމުގައި، އިބޫ އެކައުންޓެއް ވެސް މިދިޔަ އަހަރު ވަނީ ހުޅުވައިފަ އެވެ. އިބޫ އިންސްޓަގްރާމްކޮށްފައިވާ ފޮޓޯތަކުގެ ތެރޭގައި ގިނައިން ހުރީ ގުދުރަތީ މަންޒަރުތަކެވެ. އިރު އޮއްސޭ ހިންގައިމު މަންޒަރުތަކާއި، ރިސޯޓުތަކުގެ ރީތި ދޮންވެލި ގޮނޑުދޮށްތައް ފެންނަ އެ ފޮޓޯތައް ވަރަށްވެސް ހިތްގައިމެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ އިންސްޓަރގްރާމަށް ޕޯސްޓްކޮށްފައިވާ ފޮޓޯތައް

ކެމްޕެއިން ދަތުރުތަކުގައި މިހާރު ރަށްރަށަށް ވަޑައިގަންނަވާއިރު، ރަށްރަށުގެ މަލަމަތި، އަދި ގުދުރަތީ މަންޒަރުތަކާއި މަރުޚަބާ ކިޔުމަށް އެއްވެފައިވާ މީހުން އެ މެނިކުފާނަށް ފެނިވަޑައިގަންނަވަނީ ފޮޓޯ ނެގުމަށް ކޮމްޕޮސިޝަން ހަމަ ގޮޅިއެއް [ރޫލް އޮފް ތާޑްސް]ގެ ގޮތުގަ އެވެ. މިއީ އެންމެ ޕްރޮފެޝަނަލް މީހުން ވެސް ފޮޓޯ ނެގުމުގައި ބަލާ އެންމެ އަސާސީ މިންގަނޑެވެ. މިކަމުން އެކަނި ވެސް އިބޫގެ ފޮޓޯގްރަފީ ހުނަރު އެނގެ އެވެ.  

އިބްރާހިމް މުހައްމަދު ސޯލިހް އަތޮޅު ތަކަށް ކުރެއްވި ދަތުރުފުޅެއްގައި ފޮޓޯއެއް ނަންގަވަނީ

އެގޮތަށް މަންޒަރުތައް ލޮލުން ފްރޭމްކޮށްލެއްވުމުން، ހާދަ ރީތި ފޮޓޯއެއް ނެންގެވޭނެ އޭ ހިތްޕުޅަށް އަރައިވަޑައިގަންނަވާ ކަމަށް އިޝާރާތާއި އެކު އިބޫ ސިފަކޮށްދެއްވައެވެ. އެފަދަ ބައެއް މަންޒަރުތައް އިބޫގެ ފޯނުން ގެންދަވަނީ ނަންގަވަމުންނެވެ.

އިބޫ ނޫސްވެރިއެއްގެ ގޮތުން ވެސް ފޮޓޯ ނަންގަވާފައި އެބަ ހުއްޓެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި، އެ މަނިކުފާނު ރާއްޖޭން ބޭރަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި އޭރު ނެރަމުން ދިޔަ "ސަންގު" ނޫހަށް ފުރުސަތު ދިނެވެ. ސަންގު ނޫހުގެ ފަރާތުން ވަޑައިގެންނެވީ އޭރު ނޫސްވެރިއަކަށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހެވެ. އިބޫ ހުންނެވީ ފޮޓޯ ގްރާފަރެއްގެ ގޮތުގަ އެވެ. 

އިބްރާހިމް މުހައްމަދު ސޯލިހް އަތޮޅު ތަކަށް ކުރެއްވި ދަތުރުފުޅެއްގައި ފޮޓޯއެއް ނަންގަވަނީ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް