23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އެމެރިކާ އެމްބަސީގެ މައްސަލަ

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

  • އދ އިން އިޒްރޭލް ސަސްޕެންޑް ކުރުމުގެ ގަރާރެއް އދ ގެ އާންމު މަޖިލިހަށް ވައްދާނެ
ރުޝްދާ ރަޝީދު | rushdhar

| 27 ޖެނުއަރީ 2017 | ހުކުރު 15:20 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ްިއިޒްރޭލް ފަލަސްތީނުގެ މައްސަލަ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އިޒްރޭލްގައި ހުންނަ އެމެރިކާ އެމްބަސީ ތޮލް އަވީވްއިން ޖެރޫސަލެމަށް ބަދަލުކޮށްފިނަމަ، އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނާނެ ކަމަށް ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ޗީފް ނެގޯޝިއޭޓަރ ސާއިބް އުރައިކާތް ވިދާޅުވެއްޖެ އެވެ.

ސީއެންއެންގައި ވާހަކަފުޅު ދައްކަވަމުން އުރައިކާތް ވިދާޅުވީ މިކަމަކީ އެއްވެސް ގޮތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޓްރަމްޕް ވަނީ އެމްބަސީ ޖެރޫސަލެމަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖެރޫސަލެމް އަކީ ވެރިރަށް ކަމަށް އިޒްރޭލާއި ފަލަސްތީނުންވެސް ދައުވާ ކުރެ އެވެ. އެމެރިކާގެ އެމްބަސީ ޖެރޫސަލެމަށް ބަދަލުކޮށްފި ނަމަ، އޭގެން ދޭހަ ވެގެންދަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުުރުމަށް އެމެރިކާ އިން ތަރުހީބު ނުދޭކަން ކަމަށް އުރައިކާތު ވިދާޅުވި އެވެ.

އިޒްރޭލުން އދ. އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޑެނީ ޑެނޯން ވަނީ ޓްރަމްޕްގެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. ޑެނޯން ވިދާޅުވީ ޖެރޫސަލެމް އަކީ އަބަދުވެސް އިޒްރޭލުގެ ވެރިރަށް ކަމަށާއި އެކަން އެއްވެސް ގޮތަކަށް ބަދަލުނުކުރެވޭނެ ކަމަށެވެ.

އެމެރިކާ އިން އެފަދަ ނިންމުމެއް ނިންމައިފިނަމަ، އދ އިން އިޒްރޭލް ސަސްޕެންޑް ކުރުމުގެ ގަރާރެއް އދ ގެ އާންމު މަޖިލިހަށް ވައްދާނޭ ކަމުގެ އިންޒާރުވެސް އުރައިކާތް ވަނީ ދެއެްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް