20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިޚާބު 2018

ބޭރުގެ ގައުމުތަކުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނަގާ މަންޒަރު ފެންނާނެ: ސައުދުﷲ

  • ދަރަނި އަދާނުކުރެވޭ ވަރަށް މިސަރުކާރުން ދަނީ ގައުމު ދަރަނިވެރި ކުރަމުން
  • މިސަރުކާރުން ތަރައްގީ ގެނައީ ނުއަގުގައި މަޝްރޫއުތައް ހިނގައިގެން، އޭގެ ގެއްލުން ބޮޑުގޮތަށް
އަމްނާ އިމާދު | @amnabinthimad

| 16 އޯގަސްޓު 2018 | ބުރާސްފަތި 00:36 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި



މިސަރުކާރުން ރާއްޖެއަށް ގެނައި ތަރައްގީގެ ސަބަބުން ބޭރުގެ ގައުމުތަކުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނަގާ މަންޒަރު ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

މ.ކުނޫޒުގައި ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެންބަރު ސައުދުﷲ ވިދާޅުވީ، ރައީސް ޔާމިން ގައުމަށް ގެންނަ ތަރައްގީގެ ސަބަބުން ގައުމު ދަރަނިވެރިވާތަން މިހާރު ނުފެނުނަސް އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ފެންނާނެ ކަމަށެވެ. ސައުދުﷲ ވިދާޅުވީ ދަރަނި އަދާނުކުރެވިގެން ރަށްތަކާއި ފަޅުތައް ބޭރުގައުމުތަކުގެ މީހުން އައިސް ނަގާތަން ފެންނާނެ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ސައުދުﷲ ވިދާޅުވީ މިސަރުކާރުން ތަރައްގީ ގެނައީ އޭގެ ގެއްލުން ބޮޑުގޮތަށް ކަމަށެވެ. މަޝްރޫއެއް ހިންގަން ތޭރަ މިލިއަން ރުފިޔާ ހަރަދުވާނަމަ ލޯނުގެ ގޮތުގައި 23 މިލިއަން ރުފިޔާ ނަގާކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވީ ބާކީ ފައިސާއަށް ވާގޮތް ނޭނގޭ ކަމަށާއި، ބެންކުން ނަގާ ލޯނަށް އިންޓްރަސްޓާއިއެކު 30 މިލިއަން ރުފިޔާ ދައްކަން ޖެހޭނީ ރައްޔިތުންގެ ޖީބުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ނާޒުކު ތިމާވެއްޓެއް އޮތް ބައެއް. މާގިނަ ވާސިލަތްތަކެއް އޮތީއެއް ނޫން. ދުނިޔޭގައި ހަނގުރާމައެއް ފެއްޓުނަސް ބޮމެއް ގޮވިއަސް އަދި އެހެން ކަމެއްވިއަސް އޭގެ އަސަރު އަޅުގަނޑުމެން އިގްތިސާދަށް ކުރޭ. އެހެންވެއްޖެއްޔާ ކިހިނެއްތޯ އެކަން އަޅުގަނޑުމެން ކުރާނީ. މިހާރު އަންނަނީ މަހެއްގެ މައްޗައް ތިން ލައްކަ ފަތުރުވެރިން ކަމަށްވަންޏާ ނޫނިއްޔާ އެއްލައްކަ ފަތުރުވެރިން ކަމަށްވަންޏާ އެކަހަލަ ކަމެއްވެއްޖެއްޔާ އަޅުގަނޑުމެންނަށް ނުލިބޭނެ ވިހިހާސް ފަތުރުވެރިން ވެސް. ދިހަހާސް ފަތުރުވެސް ނުލިބޭނެ. އެހެންކަމަށްވަންޏާ ކިހިނެތްތޯވާނީ. އެހެންވީމަ ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީ ގެންނަންޏާ މައްސަލައެއް ނެތް. މިހާރު ގެނެސްފައި މިއޮތީ ދެމެހެއްޓެނިވި ގޮތަކަށް ނޫން." ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ ތަރައްގީއޭ ކިޔައިގެން ރައީސް ޔާމިނަށް ތާއީދުކުރާ މަދު ބަޔަކު މާލޭގައި ކެންޕޭން ކުރަމުންދާއިރު މާލޭގެ މަގުތަކުގައި އޮތީ ހުސް ނަޖިސްކަމަށެވެ. ގައުމު ވިއްކާގެން ނުއަގުގައި ގެންނަ ތަރައްގީ ދިވެހިން ބަލައި ނުގަންނާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ ރައީސް ޔާމިން ގައުމަށް ގެންނަ ތަރައްގީގެ ސަބަބުން މިގައުމު ވަނީ އިތުރަށް ދަރަނި ކަމަށާއި، ދަރަނި ދައްކާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން މިދަރަނީގެ ކިބައިން ސަލާމަތް ވުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް ނޫނެކޭ ބުނެ މިވެރިކަން ނިންމަންޖެހޭ ކަމަށް އޭނަ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް