21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ޓީވީން ފެންނަ އިބޫ ބޭބެ ފެނި، ޖުނާނާ ދޫކޮށްލާކަށް ބޭނުމެއް ނުވި

  • އިބޫ އާއި ދިމާވީ ދޮރުން ދޮރަން ކެމްޕެއިންގައި އުޅުއްވަނިކޮށް
  • އިބޫ އަރިހުގައި ތިއްބެވި ބޭފުޅުން އިބޫ އަދި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމުން ގަބޫލެއް ނުކުރޭ
މުހަންމަދު ވިސާމް | sampathmasiw

| 15 އޯގަސްޓު 2018 | ބުދަ 19:23 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ޖުނާނާ އިބޫގައިން ދޫކޮށްލާކަށް ބޭނުމެއް ނުވި -- ފޮޓޯ: ރާއްޖެ އެމްވީ

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިން ނިންމާލެއްވުމަށް ފަހު އިބޫ ވަޑައިގެންނެވީ މީޑިއާއަށް މައުލޫމާތު ދެއްވުމަށެވެ. އެ ވަގުތު ޖަމާލުންދީން ސްކޫލު ކައިރީގައި ރައްދެބައިމަގު ކަންމައްޗަށް ވާގޮތަށް ބައެއް މީހުން ނުކުމެތިބިއެވެ. އާދަކާދައިގެ މަތިން ހަވީރުގެ ވަގުތު ކަމަށް ވުމުން  އެ ސަރަހައްދުގައި މީހުން މަޑުކޮށްލައިގެން ތިބީއެވެ. އިބޫ އެ ސަރަހައްދަށް ވަޑައިގެން އެތަނުގައި ތިބި އާންމުންނާއި ސަލާމް ކުރައްވަން ފެއްޓެވިއެވެ. އެތަނުގައި ތިބި އާންމުން ކައިރީގައި އިބޫ މަޑުކޮށްލެއްވުމަށް ފަހު ވާހަކަ ދައްކަވަން ފެއްޓެވިއިރު، ތުއްތު ކުއްޖެއް ކަމަށްވާ ޖުނާނާ ބަލަހައްޓައިގެން ހުއްޓެވެ. ކުއްލިއަކަށް އެ ކުއްޖާ އިބޫގައިގައި ބައްދާލިއެވެ. އެއަށް ފަހު ދޫކޮށްލާން ވެސް ބޭނުމެއް ނުވިއެވެ.

ފަހަކަށް އައިސް އިބޫ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެންނެވުމުން ވެސް ކުޑަދިންގެ މެދުގައި ވެސް އެމަނިކުފާނަކީ މަގުބޫލު ބޭފުޅެއްކަން އިނގެއެވެ. މިފަދަ އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ. ކޮންމެ އަކަސް އެކުއްޖާ އިބޫގައިގައި ބައްދާލީ ޓީވީން ފެންނަ "އިބޫ ބޭބެ" ހަމަލޮލަށް ފެނުމުނެވެ. އިބޫ ބޭބެ ދެކެ ވަރަށް ލޯބިވާ ކަމަށް ޖުނާނާ ބުންޏެވެ.

ކޮންމެއަކަސް އިބޫގައިގައި ބައްދާލުމުން އެވަގުތު އެސަރަހައްދުގައި ތިބި ކެމެރާމުންގެ ސަމާލުކަން ހުއްޓުނީ އެ ކުއްޖާއަށެވެ. ކެމެރާތަކުގެ ފޯކަސް އެކުއްޖާއަށް އަނބުރާލިއެވެ. ގިނަ ފޮޓޯތަކެއް ކެމެރާމަނުން ނެގިއިރުވެސް އެ ކުއްޖާ އިބޫ ދޫކޮށްލަން ބޭނުމެއް ނުވިއެވެ. ދެން ފުރުސަތެއް ނުލިބިދާނެތީއެވެ. އެވަގުތު އިބޫ އަރިހުގައި ތިއްބެވި ބައެއް މީހުން އައިސް އިބޫ އަދި ވަޑައިގަންނަވާނެ ކަމަށް އެ ތުއްތު ކުއްޖާ ކައިރީގައި ބުންޏެވެ. އެހެންނަމަވެސް އިބޫގައިން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.

 

ގަލޮޅުގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން

އެއަށް ފަހު ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބްދުﷲ "ދައްތަ އާއި އެކީ ހިނގާށޭ، ހިނގާލާފަ ދާން" މިހެން ވިދާޅުވިއެވެ. އީވާ އެހެން ވިދާޅުވުމުން އެކުއްޖާ ހިނގައިގަތީ، އިބޫ އާއި އެކުގައެވެ. އިބޫގައިގައި ބައްދާލައިގެން ހުރެ ކުރިއަށް ހިނގައިގަތެވެ. ގާތްގަނޑަކަށް ވިއްސަކަށް ފޫޓަށް އިބޫ ވެސް ހިންގެވިއެވެ. ރައްދެބައި މަގާއި ހިސާބަށެވެ.

އެންމެ ފަހުން މިޑިއާއަށް މައުލޫމާތު ދެއްވަންވެގެން އިބޫ އެ ޖުއްކާ ކައިރީގައި އަދި އަންނާނެ ކަމަށް ވިދާޅުވިއެވެ. އެ ސަރަހައްދުގައި ތިބި އެހެން މީހުން  އެ ކުއްޖާ ކައިރީގައި އެހެން ބުނިނަމަވެސް، އެކަން ގަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް އިބޫ ވިދާޅުވުމުން އެކަން ގަބޫލުކުރިއެވެ.

 

 
ދޮންބިލަތް އަހުމަދު އިބޫ އަދި އަންނާނެ ކަމަށް ކުއްޖާ ކައިރީގައި ބުނަނީ

މިފަދަ އެތައް މަންޒަރެއް އިބޫ ކެމްޕެއިންގައި އުޅުންވާއިރު އެމަނިކުފާނާއި ދިމާވެއެވެ. ތުއްތު ކުދިންގެ މެދުގައި ވެސް އިބޫ ވަނީ މަގުބޫލުބޭފުޅަކަށް ވެފައެވެ. އިބޫގެ ހިތްހެޔޮ ކަމާއި މަޑުމައިތިރި މިޒާޖު މިއަދު އެންމެންނަން ވެސް ކަމުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޔޫސޭ

1 މަސްކުރި

މިހާޜު މައުމޫނު މޮޔަހެއްދިގޮތައް ކުޑަކުދިންވެސްތިކަމުގެތެރެއައްވައްދަނީތަ އެކުދިންގެމައިންބަފައިން ވެސްކުދިންސިޔާސީކޮއްލަނީ ދޯ ބަލަ މައުމޫނުވެސް އަޒުމެއްނުގުޑާނޭ ކިޔާގެންއެސޮރުފަކީރުމުޅިންހަލާކުކޮއްފި އެންމެފަހުން މިހާރުކުޑަކުދިންނާޖެހުނީ

0
2