16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

މީރާ

ޓެކްސް އިންސްޕެޓްރސް ވިތައުޓް ބޯޑަރސްގެ ފުރަތަމަ މިޝަން މީރާ އިން ފަށައިފި

  • ޕްރޮޖެކްޓް ދެ އަހަރު ދުވަހަށް ކުރިއަށް ގެންދާނެ
  • މިޝަން ކޯޕަރޭޝަން އެގްރީމަންޓުގައި މީރާ އާއި ޓީއައިޑަބްލިއުބީ އިން ވަނީ މި ހަފްތާގައި ސޮއިކޮށްފައި
ސިމާހާ ނަސީމް | sim_kamana

| 15 އޯގަސްޓު 2018 | ބުދަ 19:20 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ޓެކްސް އިންސްޕެޓްރސް ވިތައުޓް ބޯޑަރސްގެ ފުރަތަމަ މިޝަންގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ޓެކްސް އިންސްޕެޓްރސް ވިތައުޓް ބޯޑަރސްގެ ފުރަތަމަ މިޝަން މީރާ އިން ފަށައިފިއެވެ.

މި މިޝަން އަކީ ޓީއައިޑަބްލިއުބީ އަކީ އޯ.އީ.ސީ.ޑީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ޓެކުހާއި ގުޅޭ އޮޑިޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިލްމާއި ހުނަރު ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފަށާފައިވާ ހަރަކާތެކެވެ. އެގޮތުން މިޝަން ކޯޕަރޭޝަން އެގްރީމަންޓުގައި މީރާ އާއި ޓީއައިޑަބްލިއުބީ އިން ވަނީ މި ހަފްތާގައި ސޮއިކޮށްފައެވެ.

ޓީއައިޑަބްލިއުބީގެ ފަރާތުން މީރާގައި މަސައްކަތް ކުރާ ޓެކްސް އޮޑިޓަރުންގެ ފެންވަރު ރަނގަޅު ކުރުމަށާއި ބައިނަލްއަޤްވާމީ ގޮތުން ކުރާ ވިޔަފާރި މުއާމަލާތްތައްކޮށް އޮޑިޓް ކުރުމަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން ވަނީ ޓެކްނިކަލް އެސިސްޓެންޓް ޕްރޮޖެކްޓެއް ފައްޓާފައި ކަމަށް މީރާ އިން ބުނެއެވެ. އެގޮތުން ޕްރޮޖެކްޓް ފެއްޓެވުމުގެ ގޮތުން ޓިއައިޑަބްލިއުބީ ގެ ޕްރޮޖެކްޓް މެނޭޖަރ އަމްނާ ހަލީފާ އާއި ޕްރޮޖެކްޓް ފަންޑުކޮށްފައިވާ ޔޫއެންޑީޕީގެ ފަރާތުން ޓިއައިޑަބްލިއުބީ އަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓް އެޑްވައިޒަރ ރާދާ ކުލްކަރްނީގެ  އިތުރުން ޕްރޮޖެކްޓްގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮވާފައިވާ ޓްރާންސްފަރ ޕްރައިޒިން އެކްސްޕަރޓް ސިލްވިއާ ކަރެލޯވާ ވަނީ ރާއްޖެ ވަޑައިގެން ޕްރޮޖެކްޓް ރަސްމީކޮށް ފައްޓަވައި ދެއްވާ މީރާގެ އޮޑިޓް ޓީމްތަކާއި ބައްދަލު ކުރައްވާފައެވެ.

ޕްރޮޖެކްޓް ދެ އަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ޕްރޮޖެކްޓްގެ ދަށުން މީރާ ޓެކްސް އޮޑިޓަރުން ޓެކުހުގެ މައިދާނުގައި ފެންނަމުންދާ ޓްރާންސްފަރ ޕްރައިޒިންގެ މައްސަލަތައް އޮޑިޓް ކުރުމަށް ތަމްރީނުވެގެންދާނެ ކަމަށް މީރާ އިން ބުނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް