24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

މަގޭ ރިޕޯޓް

ދަރުސަކަށް ފަހު ދަރުސެކޭ

  • ދުނިޔެއިން ލިބެނީ ފިލާވަޅަކަށް ފަހު ފިލާވަޅެއް
ހުޝާމް މުހަޢްމަދް | hirigaahusham

| 15 އޯގަސްޓު 2018 | ބުދަ 18:59 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟


ރައީސް ޔާމީން -- އާކައިވް

ދަރުސުތައް ގިނަގުނަ މިސާލުން ދައްކަމުންދާ އާލަމުން

    ދަރުސަކަށް ފަހު ދަރުސެކޭ އެނގެމުން އޮޅުން ފިލަމުންދަނީ

ދުނިޔެއަކީ އަޖައިބެއް ފަދަ ތަނެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަނީ އެކަމަށް ޖަދަލު ކުރުމެއް ނެތި ހެޔޮހިތުންނެވެ. އިއްޔެ އުފަލުން ހެމުން ހިނިތުންވަމުން ނަށަމުން ދިޔަ ކިތަންމެ މީހެއް މިއަދު މާޔޫސްކަމާ، މަޑުމޮޅިކަމުގެ ސާލު ލައިގެން އެތެރެ ކޮޓަރީގެ ކަނަކަށް ކުރިމަތިލައިގެން އިންނަ ހިސާބަށް ކަންތައް ގޮސްފައި އެބަހުއްޓެވެ. ގުދުރަތީ ގާނޫނުގެ ފުރިހަމަކަމެވެ. އޭގެ ފުރިހަމަ ކަމާމެދު ބަހުސް ކުރާކަށް ޖާގައެއް ނެތެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް ޔާމީން އަބުދުލްގައްޔޫމް ވަޑައިގަތުމުގެ ކުރިން ރިޔާސީ އިންތިހާބުގައި މިޖީލަށް އުފަން ދިވެހިން އެތައް ބުރަކަށް ވޯޓުލާން ޖެހުނެވެ. ކޯޓުން ނެރުނު ގައިޑްލައިނަށް އެދުވަހު އިންސާނަކު ވިސްނައިފިނަމަ އުމުރު ކުރުވާހާވެއެވެ. ބޮޑު އިންތިހާބެއް އިލެކްޝަން ކޮމިޝަނުން ބޭނުންވާ ހަލުއިކަމާއެކު ފުރިހަމަ އިހްތިޔާރުގައި އެދުވަހު ކުރިޔަށް ނުގެންދެވުނު ކަމީ އެ ކޮމިޝަނުގެ މެމްބަރުންގެ މާޔޫސްކަން އިތުރުވެގެން ދިޔަ ކަމެކެވެ.

ކަންތައްތައް އެދުވަހު ނިއުޅި އޮޅެމުން ދިޔަ ނަމަވެސް އިންތިހާބު ކާމިޔާބު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމެވެ. ވެރިކަމުގެ ބާރު ލިބިވަޑައިގެން ފަހުން ގާނޫނުތަކަށް ގެނެވުނު ބަދަލުތަކުން އެ ގާނޫނުތަކުގެ ބާރުކެނޑުނު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ބަސް ގަބޫލު ކޮށްފައެއް ނެތެވެ. ގާނޫނު އަސާސީގައި ދިވެހިންނަށް ލިބުނު އަސާސީ ހައްގުތަކާ މިނިވަންކަން ގެއްލިގެން ހަނިވެގެން ދިޔައީ ބުއްދި ގަބޫލު ކުރުމަށް ދެކޮޅު ހަދަމުން ދަނިކޮށެވެ.

ފަސްއަހަރުގެ ދައުރު ހަމަނުވަނީސް މިސަރުކާރުގެ ކޮރަޕްޝަނާ ބޭއިންސާފުގެ ވާހަކަ ދިވެހިންނަށް ސިއްރެއް ނުވިއެވެ. ހަމަހަމަކަމާއެކު ރައްޔިތުންގެ މައްޗަށް ވެރިކަމެއް ކުރަން ވެރިއަކަށް ލިބިވަޑައިގެންނެވި ފުރުސަތު ގެއްލި އެދަނީ ކާކުގެ ކުށަކުން ހެއްޔެވެ. ކާކުގެ ސަރުކާރެއް ކަންފަތި ކޮށްގެން ހެއްޔެވެ.

މިއަދު ދިވެހިންގެ ރާގާ ކިޔަމުންދިޔަ އަންބާ ބަދަލުވެއްޖެއެވެ. ހަގީގަތަކީ ދިވެހިންނަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ނުވަނީސް ކުރަންޖެހުނު ތަޖްރިބާއެވެ. އަނިޔާވެރިކަމުގެ މައްޗަށް ދިވެހިން ގަދަވެގެން އަންނާނީ ލެވޭ ވޯޓަކުން ކަމަށް ބުނާ އަޑު މުޅި ގައުމުގައި ގުގުމައިލައިފިއެވެ. ދިވެހިން ކުރި ހިތްދަތި ތަޖްރިބާއާ ބޭއިންސާފު ގާދޫ ކޮލުން ނެރެ ބޭރުކުރުމުގެ މަސައްކަތް މިގައުމުގައި މިއަދު އޮތީ ފެށިފައެވެ. މިއީ ދުނިޔެއެވެ. މިދުނިޔޭގެ ދަތުރަކީ ރަގަޅު ފިލާވަޅަކަށް ފުދޭނެ އެއްޗެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް