19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ބެރޯ ގައުމަށް

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

  • ބެރޯއަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ޖަމާވި
ރުޝްދާ ރަޝީދު | rushdhar

| 27 ޖެނުއަރީ 2017 | ހުކުރު 14:39 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ގެމްބިއާގެ ރައީސް އެޑަމާ ބެރޯ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ގެމްބިއާގެ ރައީސް އެޑަމާ ބެރޯ ގައުމަށް އަނބުރާ ވަޑައިގަންނަވައިފި އެވެ.

ބެރޯ އަށް މަރުހަބާ ކިޔުމަށް އެގައުމުގެ ގިނަ ރައްޔިތުން ވަނީ އެއާޕޯޓަށް ޖަމާވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް މަގާމުގައި ދެމިހުންނެވުމަށް މަސައްކަތް ކުރެއްވުމުން ކުރީގެ ރައީސް ޔަހްޔާ ޖަމްމޭހް ވަކި ކުރެވުނީ އަވަށްޓެރި ގައުމުތަކުން މެދުވެރިއެއްގެ ރޯލު އަދާކޮށް ވާހަކަ ދައްކައިގެން އަދި އަސްކަރީ ބިރު ދައްކައިގެންނެވެ. އިންތިހާބުން ކާމިޔާބު ހޯއްދެވި ބެރޯ މަގާމުގެ ހުވާ ކުރައްވާފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސެނެގާލްގަ އެވެ.

ގައުމަށް އަނބުރާ ވަޑައިގެންނެވުމަށްފަހު، އެސޯސިއޭޓެޑް ޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ބެރޯ ވިދާޅުވީ އެނާ މިހާރު އެންމެ ބޮޑު އަހައްމިއްޔަތެއް ދެއްވާނި ކެބިނެޓް އެކުލަވާލާ ގައުމުގެ ކަންކަން ހަމައަކަށް އެޅުވުމަށް ކަމަށެވެ.

އާ ސަރުކާރު ގާއިމްކޮށް، ކަންކަން ހަމައަކަށް އެޅުވުމަށް ހަ މަސްދުވަހުގެ މުއްދަތެއް ބޭނުންވާނޭ ކަމަށާއި އެ މުއްދަތަށް ގައުމުގައި މިހާރު ގާއިމްވެފައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ތިބޭނެ ކަމަށްވެސް ބެރޯ ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޔަހްޔާ ޖަމްމޭހް ވެރިކަމުން ފައިބާވަޑައިގެން ގައުމު ދޫކުރައްވާ ވަޑައިގެންނެވިއިރު ޚަޒާނާއިން 11 މިލިއަން އެމެރިކާ ޑޮލަރު މަދު ކަމަށް ދެކެވޭ ވާހަކަތައް ތަހުގީގުކުރާނޭ ކަމަށް ބެރޯ ވަނީ މީގެ ކުރިން އިއުލާންކުރައްވާފަ އެވެ. ގައުމުގެ ހަޒާނާ އިން 11 މިލިއަން ޑޮލަރު މަދުކަމަށް ދެކެވޭ ވާހަކައަށް ޖަމްމޭހް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް