22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބޮލީވުޑް

އިންޑިއާގެ މިނިވަންދުވަހު ބާރަތުގެ ޓީޒާރ ދައްކާލައިފި

  • ޓީޒާ މުޅި ދުނިޔެއަށް ދައްކާލާފައި މިވަނީ އިންޑިއާގެ 72 ވަނަ އިންޑިޕެންޑެންސް ޑޭ ގައި
  • ފިލްމްގެ ތަރިންގެ ތެރެއިން ހަމަ އެކަނި ފެނިގެންދަނީ ސަލްމާން ޚާންގެ ނަން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 15 އޯގަސްޓު 2018 | ބުދަ 12:40 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. އަލިދީގެ ތާއީދު އިބޫއަށް!
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ސަލްމާން ޚާން -- ގޫގުލް

ސަލްމާން ޚާން އޭނާގެ އަންނަން އޮތް ފިލްމް " ބާރަތު" ގެ ޓީޒާ ދައްކާލައިފިއެވެ.

"ބާރަތު" ގެ ފުރަތަމަ ޓީޒާ މުޅި ދުނިޔެއަށް ދައްކާލާފައި މިވަނީ އިންޑިއާގެ 72 ވަނަ އިންޑިޕެންޑެންސް ޑޭ ގައެވެ.

ސަލްމާން އޭނާގެ ޓްވިޓަރގައި ޝެއަރ ކޮށްފައިވާ ޓީޒާ ގެ ކެޕްޝަންގައި މިފިލްމާއި ބެހޭގޮތުން ލިޔެފައި ވަނީ " ކުޗް ރިޝްތޭ ޒަމީންސެ ހޯތޭހޭ، ކުޗް ރިޝްތޭ ހޫންސޭ.. މެރެ ޕާސް ދޯނީތީ!" އެވެ.

މި ޓީޒާގައި ފެނިގެންދަނީ ފިލްމްގެ ޕްރޮޑިއުސަރުން ކަމުގައިވާ "ގުލްޝަން ކުމާރު" އެންޑް ޓީ -ސީރީޒް، ފިލްމް ސޫޓޫޑިއޯ ( ސަލްމާން ޚާން ފިލްމްސް އެންޑް ރީލް ލައިފް ޕްރޮޑަކްޝަންސް) އަދި ފިލްމްގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ގެ ނަމެވެ.

ފިލްމްގެ ތަރިންގެ ތެރެއިން މި ޓީޒާގައި ހަމަ އެކަނި ފެނިގެންދަނީ ސަލްމާން ޚާންގެ ނަމެވެ.

ވައްބުރެއްގެ ވަށައިގެންވާ އަލިފާންގަނޑަކާއި އިންޑިއާގެ ޗާޓް ދައްކުވައިދޭ މިޓީޒާގައި ފިލްމް ރިލީޒް ކުރާ ދުވަހަކީ 2019 ވަނަ އަހަރުގެ އީދުގައި ކަމަށް ވަނީ ބުނެފައެވެ.

 "ބާރަތު" ގައި ސަލްމާން ގެ އިތުރުން ދެން ފެނިގެންދާނީ ކެޓްރީނާ ކެއިފް، ދިޝާ ޕަޓާނީ، ނޯރާ ފަތޭހީ، ތައްބޫ އަދި ސުނިލް ގްރޯވާ އެވެ.

މި ފިލްމްގެ ޝެޑިއުލްގައިވާ ފުރަތަމަ ބައިގެ ޝޫޓިންތައް މިމަހުގެ ކުރީކޮޅު ނިންމާފައިވާއިރު ޝެޑިއުލް ކޮށްފައިވާ ދެވަނަ ބައިގެ ޝޫޓިންތައް ފެށުމަށް ކްރޫއިން މިހާރު ވަނީ މަލްޓާއަށް ގޮސްފައެވެ.

މި ފިލްމްގައި ސަލްމާނާއި އެކު ކުރިން ލީޑް ރޯލް ކުޅުމަށް ހަމަޖައްސާފައިވަނީ ޕްރިޔަންކާ ޗޯޕްރާ އެވެ. ނަމަވެސް ޕްރިޔަންކާ މި ފިލްމް ދޫކޮށްލުމުން މި ފިލްމްގެ ލީޑް ރޯލްއަށް ފަހުން ހަމަޖައްސަފައިވަނީ ކެޓްރީނާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް