15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ޕީޕީއެމް

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

 • މިއަދު 34 ރަށެއްގައި ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ދާނެ
 • ވޯޓްލުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިއަދު މެންދުރު ފަހު
 • ޕްރައިމަރީގައި ވޯޓް ލެވެނީ ޑިސެންބަރު މަހުގެ 15 ކުރިން ޕީޕީއެމްގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަން
މުހަންމަދު ވިސާމް | sampathmasiw

| 27 ޖެނުއަރީ 2017 | ހުކުރު 06:08 | |

މަގުބޫލް

 1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
 2. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
 3. ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!
 4. މިހާރު އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރައްވާފައިވާފައިވާ ފަނޑިޔާރުންތަކެއް: ސިރާޖް
 5. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
 6. ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަންފަށައިފި
 7. ނާޒިމް ބޭނުންވަނީ އަނިޔާ ދިން މީހުނަށް ހައްގު އަދަބު ލިބެން
 8. ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!


ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީސް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ލޯކަލް ކައުންސިލް އިންތިހާބްގައި ޕީޕީއެމްގެ ޓިކެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މިއަދު މެންދުރު ފަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ އިންތިހާބާ ބެހޭ ކޮމެޓީން ބުނީ ހުކުރު ދުވަހު 34 ރަށެއްގައި ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ދާނެ ކަމަށެވެ.

ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން ފެށިގެން 6:00  އަށެވެ.

މާލޭގެ ފަސް ސަރަހައްދެއްގައި ވޯޓް ފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު އަތޮޅުތަކަށް ހާއްސަކޮށްގެން 12 ވޯޓެއް ބަހައްޓާނެ ކަމަށް އިންތިހާބާ ބެހޭ ކޮމެޓީން ބުނެ އެވެ. ވަކި ވަކި ރަށްތަކުގައި 17 ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށާއި މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަން ވޯޓް ލުމުގެ އިންތިޒާމް ދަރުބާރުގޭގައި ހަމަޖެހިފައިވާނެ ކަމަށް ވެސް އެ ކޮމެޓީން ބުންޏެއެވެ.

ޕްރައިމަރީގައި ވޯޓް ލެވޭނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 15 ކުރިން ޕީޕީއެމްގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށެވެ. ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށް ވޯޓްލާ ދާއިރާތަކުން ފޯކަލް ޕޮއިންޓް ތަކެއް ވެސް ވަނީ އެކުލަވާލާފައެވެ.

ޕީޕީއެމްގެ ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދަނީ އެޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ. ޕީޕީއެމްގެ އެތެރޭގައި ކޯޅުން ބޮޑުވެ ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމުން ތައްޔާރުނުވެވޭ ކަމަށް ބުނެ ސިވިލް ކޯޓަށް ރައީސް ޔާމީންގެ ފެކްޝަނުން ހުށައެޅި މައްސަލައާއި ގުޅިގެން އެކޯޓުން ވަނީ އިންތިހާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުންގެ މައްޗަށް އަމުރުކޮށްފައެވެ. އިކެލްޝަން ކޮމިޝަނުން އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އިންތިހާބު ބާއްވާނެކަން އިއުލާންކޮށްފައިވާއިރު ރައީސް މައުމޫންގެ ފެކްޝަނުން ދަނީ އެކޮމިޝަންގެ އިންސާފްވެރިކަމާއި މެދު ސުވާލު އުފައްދަމުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް