21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ނެޓްބޯލް

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

  • ނެޓްބޯޅަ ކުޅޭނެ ތަނުގެ ޖާގައިގެ ދަތިކަން ބޮޑު: ޝާޒް
  • ހުރިހާ ސްކޫލުތަކުން އަދި ބެލެނިވެރިންގެ ސަޕޯޓް ބޮޑު
ލީވާން އަލީ | MrLeevaan

| 27 ޖެނުއަރީ 2017 | ހުކުރު 03:19 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ނެޓްބޯލް ވައިޑީޕީ ޕްރޮގްރާމުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ނެޓްބޯލް ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެހެން ނަމަވެސް މި ކުޅިވަރު ކުޅުމަށް ލިބިފައިވާ ޖާގައިގެ ދަތިކަމާއެކު އެންމެ އެކަށީގެންވާ ގޮތުގައި ޕްރޮގްރާމު ހިންގުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން (ޝާޒް) ވިދާޅުވެއްޖެ އެވެ.

ނެޓްބޯލް ވައިޑީޕީ ހަރަކާތްތައް މި މަހުގެ 22 ވަނަ ދުވަހު ފަށައިގެން ކުރިއަށްދާ އިރު، މިހާރުވެސް ކޮންމެ އުމުރުފުރާއަކުން 100 އަށްވުރެން ގިނަ ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް ޝާޒް ވިދާޅުވި އެވެ.

ޝާޒް ވިދާޅުވީ ފާއިތުވި އަހަރު ވެސް ނެޓްބޯލް ވައިޑީޕީ ޕްރޮގްރާމް ފުޅާކޮށް ހިންގިފައިވާ ކަމަށާއި އަދި އެ އަހަރު ބައިވެރި ކުދިންނާއެކު މިއަހަރު އިތުރު ކުދިން ހޯދުމަށް ހުޅުވާލި ރީ- ރެޖިސްޓްރޭޝަންގެ ފުރުސަތުގައި ހުރިހާ ސްކޫލްތަކަކުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ގިނަ ކުދިންތަކެއް ބައިވެރިކޮށްދިނުމަށް ސްކޫލްތަކާއި ބެލެނިވެރިންވެސް އެދެމުން އަންނަ ކަމަށް ޝާޒް ވިދާޅުވި އެވެ.

މިއަހަރުގެ ނިޔަލަށް ކުރިއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި މިހާތަނަށް ޖުމްލަ 385 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ދިހަ އަހަރުން ދަށުގެ 160 ކުދިންނާއި ބާރަ އަހަރުން ދަށުގެ 125 ކުދިންގެ އިތުރުން ސާދަ އަހަރުން ދަށުގެ 100 ކުދިން ހިމެނެ އެވެ. އަދި 11 ވައިޑީޕީ ކޯޗުން މި ކަމުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ނެޓްބޯލް އެސޯސިއޭޝަނުން މައޫލޫމާތުދެ އެވެ.

ޝާޒް ވިދާޅުވީ އެކި އުމުރުފުރާތަކުން ބައިވެރިވާ ކުދިންގެ ނިސްބަތަށް ބަލާއިރު، އެހާ ގިނަ ކުދިންނަށް އެއްފަހަރާ ޕްރޮގްރާމު ހިންގުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެހެން ކަމުން އުމުރުފުރާތަކުން ބައިވެރިވެފައިވާ ކުދިންގެ އަދަދަށް ބެލުމަށްފަހު އެކި ދަންފަޅިތަކުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ގްރޫޕްތަކަކަށް ބަހާލެވިފައިވާ ކަމަށެވެ.

ޝާޒް ވިދާޅުވި ގޮތުގައި މިހުރިހާ ކަމެއް ކުރުމަށް ވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވެފައި ވަނީ ފަރިތަކުރުންތައް ކުރިއަށްގެންދާނެ ތަނެއް ލިބުމުގެ ދަތިކަމެވެ. އެގޮތުން މިހާރުވެސް އޮފީސް މުބާރާތަށް ތައްޔާރުވުމަށްޓަކައި ނެޓްބޯލް ކޯޓުގައި ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށްގެންދާ އިރު، ވައިޑީޕީ އަށް ލިބިގެންދަނީ މަދު ވަގުތު ކޮޅެއް ކަމަށް ވެސް ޝާޒް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް