22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:53
ފަތިސް 04:37

ޓްރަމްޕް-އޮމަރޯސާ

ޓްރަމްޕްގެ ކެމްޕެއިން ޓީމުން އޮމަރޯސާގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅައިދޭން އެދެފި

  • އޮމަރޯސާގެ ފޮތުގައި ރައީސް ޓްރަމްޕްއަށް ގިނަ ފާޑުކިޔުންތަކެއް
އަބުދުﷲ މުހައްމަދު | 8Abbo

| 15 އޯގަސްޓު 2018 | ބުދަ 02:23 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް
  4. ތިން އަހަރު ވަންދެން ލަހިރު މަދުޝަންކާ ހުރީ ޝޮކެއްގައި: ލަންކާގެ މިނިސްޓަރ ފައިޒަރު މުސްތަފާ
  5. ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
  8. މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި


ރައީސް ޓްރަމްޕްއާއި އޮމަރޯސާއާއި ދެމެދުވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވިފައި -- ބީބީސީ

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ކުރީގެ މުވައްޒަފެއްކަމަށްވާ އަދި ރިއަލިޓީ ޓީވީ ތަރި އޮމަރޯސާ މެނިގަލްޓް ނިއުމަންގެ މައްޗަށް ކޮންޓްރެކްޓާއި ޚިލާފުވީކަމުގެ ތުހުމަތުކޮށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ޑޮނަލްޑް ޖޭ ޓްރަމްޕް ފޮރ ޕްރެޒިޑެންޓް ކޯޕަރޭޝަންގެ ފަރާތުން އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅީ 2016 ވަނަ އަހަރު ހެދި ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ބުނެއެވެ.

ރައީސް ޓްރަމްޕްއާއި އޮމަރޯސާއާއި ދެމެދު މައްސަލަ ހޫނުވެގެން ދިޔައީ އޭނާ ނެެރުނު ފޮތެއްގައި ރައީސް ޓްރަމްޕްއަށް އޮތް އިންތިހާ ފާޑުކިޔުމާއި ހެދިއެވެ.

އަންގާރަ ދުވަހު ރައީސް ޓްރަމްޕްވަނީ އޮމަރޯސާގެ ވާހަކަތައް ރުޅިވެރިކަމާއެކު ދޮގުކުރައްވާފައެވެ.

އޮމަރޯސާ ވަނީ ކަޅު ނަސްލުގެ މީހުންނަށް އަމާޒުކޮށް ނަސްލީގޮތުން ތަފާތުކޮށް، ދެރަކޮށްކުލުމުގެ ގޮތުން ބޭނުން ކުރެވޭ ބަހެއް ވިދާޅުވެ، ރައީސް ޓްރަމްޕް މުޚާތަބުކުރެެއްވި އަޑު ރެކޯޑްކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައިވަނީ" އަޅުގަނޑުގެ ބަސްކޮށާރުގައި އެބަސް ނުވެސް ނެތް، އަދި ނުވެސް އޮންނާނެ" ކަމަށެވެ.

ރައީސް ޓްރަމްޕް 11 އަހަރުވަންދެން ހުށަހަޅުއްވައިދެއްވި ރިއަލިޓީ ޝޯ، އެޕްރެންޓިސްގެ ތަރިއެއްގެ ގޮތުގައ ފެނުނު އޮމަރޯސާވަނީ ވައިޓް ހައުސްގައި ރައީސް ޓްރަމްޕްގެ ސަރުކާރުގައި ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސްގެ މަގާމް ފުރުުއްވާފައެވެ. 

ދެ ބޭފުޅުންގެ ބަހުގެ ހަނގުރާމަ  ވަރުގަދަވެ، ކަލު ނަސްލުގެ މީހުންގެ ތެރެއިން ރައީސް ޓްރަމްޕްއަށް ތާއިދުކުރާ އެންމެ މަޝްހޫރު ސަަޕޯޓަރުގެ ގޮތުގައި ފެނުނު އޮމަރޯސާއަށް "ކުއްތާ"އަށް ގޮވައި ދަށު ދަރަޖައިގެ އާ ފަންތިއަކަށް ރައީސް ޓްރަމްޕްގެ ބަހުރުވަަ ވަނީ ވެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް